ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމުން ސާފުވެގެން ދިޔައީ ތަހުގީގީ އިދާރާތްތަށް ހަރުދަނާ ކުރުމުގެ މުހިންމު ކަން ކަމަށް ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސީރާޖް މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައިވާއިރު ޔާމީންގެ ސަޕޯޓަރުން ގެންދަނީ އުފާފާޅު ކުރަމުންނެވެ.

ޔާމީނަށްކުރި ހުކުމާ ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުގޭގެ "ހުކުމް ސާފު" ކަމަށެވެ. ހުކުމް ސާފުވީ ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ ކަމާއި ނީއްވޭނެކަން ކަން ކަމަށް ވިދާޅުވިއެވެ.

"ހުކުމުން ސާފުވީ ތަހުގީގީ އިދާރާތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން" ސިރާޖް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޮސް ގިނަކަމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާއި، ހައި ކޯޓުން އެ ހުކުމަށް ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެންޖެހޭ ޗެކެއް ކަމާ މެދު ފާޅުކަން ބޮޑު ސުވާލުތަކެއް އުފެދުމުންނެވެ.

ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ޚިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫން ކަން ކަމަށެވެ.

މި ގޮތުން ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި އެ ނުކުތާ ސާފުކޮށްދެވޭނެ ވާހަކަތަކެއް ދެއްކިފައި ނުވާ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ. އަދި އެ ފުށުއެރުމަކީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ފާހަގަވާން ޖެހޭނެ އެކަމަކު ފާހަގަނުކޮށް އޮތް ފުށުއެރުމެއް ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

"މި ނުކުތާގައި ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެން. މިއީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމާއި މެދު ވަނީ ފާޅުކަން ބޮޑު ސުވާލެއް އުފެދިފައި،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަދުރޭ

    ޙުކުމުން ސާފުވީ އެމްޑީޕީގެ ރައްޔިތުންގެ މަޖްލިސް މެންބަރުން ވަގެކޭ ގޮވުމުން އަދި މީހަކު ވަގަކަށް ނުވާނެކަން. ޤާނޫނުގެ ކުރިމަތީގައި ހެއްކާ ޤަރީނާގެ މައްޗަށްކަން ޙުކުމް ބިނާކުރެވޭނީ

    42
    1
    • ޒައިކް

      ނުބައި ހުކުމް އެއްކޮށް ކިޔާލީމަ އަމިއްލަ މަންފާ އިސްކުރިކަމާ ނުފޫޒު ބޭނުންކުރިކަން ސާފު ތަހުޤީޤު ކުރި ގޮތާ ދަޢުވާ އުފުލުމުގަ ހުރި މައްސަލައަކާ ހެދި ސަލާމަތްވިޔަސް.. އަސްލު ސާފުވި މަންޒަރަކީ ޖުޑިޝިއަރީއަށް އަތް ބާނައޭ ކިޔައިގެން އިދިކޮޅޭމެން ދެއްކީ ރޯ ބުހުތާނު ހޮޅި ވާހަކަ ކަން. ޖުޑިޝިއަރީ މިނިވަންވެފަ އޮތްވަރު ޖަންގިޔާ ފަނޑިޔާރާ ޑީޑީ ބޭމެން ކަހަލަ ކަރަޕްޓް ފަނޑިޔާރުންގެ ކިބައިން ޤައުމު މިންޖު ވެއްޖެކަން

      3
      13
      • އަދުރޭ

        ނުބައޭ ބުނެފިއްޔާ ނުބައިވި ގޮތް ކިއައިދޭން ޖެހެ . އެކަން ބަޔާން ކުރެވިފައެއް ނެތް ކޮމެންޓް ގައި ޙުކުމް ރަނގަޅުވިގޮތް މިކިއައިދެނީ . ދަށު ކޯޓުން ކުރި ޙުކުމް ބިނާ ކޮށްފައި އޮތީ ޔާމީން އެކައުންޓަށް ޖަމާވި އެކެއްގެ މައްޗަށް. ދައުލަތުން ބުނަނީ އެއީ ވޮޑަމުއްލާ ކިއާ ރަށެއް ވިއްކާލާފައި ލިބުނު ފައިސާ ކަމަށް އެ މުޢާމަލާތު ހިންގި އެސް އޯ އެފް ކުންފުނީގެ ޗެކެއް ކަމަށް . ނަމަވެސް ސުޕްރިމް ކޯޓުން ބެލި އިރު އެއީ މޮރިޝަސް ބޭންކްގެ ޗެކެއް . ސުޕްރިމް ކޯޓުން ދައުލަތުގައި އެދުނީ އެއީ އެސް އޯ އެފް ކުންފުނީގެ ޗެކެއް ކަން ސާބިތު ކޮށްދޭން . އެކަމެއް ނުވި . އެހެންވެ ދަޢުވާ ބާތިލް ދަޢުވާ އަކަށް ނުވާނެ ގޮތެއް އޮންނާނެ ތަ ؟ ޙުކުމް ކޮށްފަ އޮތީ އެސް އޯ އެފް ކުންފުނީގެ ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް އަދި އެއީ ވޮޑަމުއްލާ ވިއްކާފަ އެކުންފުންޏަށް ލިބުނު ފައިސާ ޔަށް ވާތީ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީތީ މަނީ ލައުންޑރިންގ ގެ ކުށް ސާބިތުވާ ކަމަށް . މި އަސާސްގެ މައްޗަށް އިއްވާފަ އޮތް ޙުކުމެއް އެ އަސާސް ނެތްކަން ސާބިތުވުމުން ޙުކުމް ދެމިއެއް ނޯންނާނެ.. ފަނޑިޔާރުން ކޮރަޕްޓެއް ނޫން. ދައުލަތުން ވަގަށް ގޮވާފައި އެކަން ޝަރީޢަތަށް ސާބިތުކޮށް ނުދެވުނީމަ ފަނޑިޔާރުން ކުރާނެ ކަމެއް ނޯންނާނެ . އެހެންވިޔަސް ކިޔާފަ ޙުކުމް އިއްވާ ޒަމާނެއް ނޫންމީ ކޮއްކޯ

  2. އިބްރާހީމް

    މާދަމާކަންނޭގެ ތިޔަ ހުކުން އިންވި ގާޒީ ސަސްޕެންޓް ކުރާނީ ހިސާނު

    33
    1
  3. ޚަލީލު

    ތިޔަ މޫސާ ސިރާޖަކީ އަދީބުގެ ވަކީލަކަށް އުޅުނު ތަނެއްދޮރެއް ނުދަންނަ މީހެއް.

    30
    4
  4. މެކް

    އޭ ތަމެން އޮރިޔާން ނިވާކުރޭ އަގަނުތަލާ

    15
    1
  5. އަލްޖިބްރާ

    ޗެކް ނަމްބަރަކާއި އެކައުންޓް ނަމްބަރެއް ދިމާނުވުމަކީ ލިބުނުފައިސާ ޖަމާކުރީ އެމީހާގެ އެކައުންޓް އަށް ނޫންކަން ދައްކާދޭ ހެއްކެއް ނޫން ! އަދި ލިބުނުފައިސާއަކީ ދައުލަތުގެ ފައިސާ ނޫންކަން ސާބިތު ވާނެ ކަމެއްވެސް ނޫން ! އެފައިސާއަކީ ދިވެހިދައުލަތުގެ ފައިސާއަށް ނުވާނެ ހަމައެއްވެސް ގޮތެއް ނޯންނާނެ ! މިޤައުމުގެ ވަލީޔުލް އަމްރަކީ ޤާނޫނީ ގޮތުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރަން ހުއްދައޮތްމީހެއްނޫން ! ދެން އެހުރިހާ ފައިސާއެއް އޭނާގެ އަމިއްލަ އެކައުންޓްއަކަށް ޖަމާވުމަކީ ޤާނޫނީ ބޮޑު ކުށެއް ! ބަޔަކު އުޑުގަޖެހިފަ ބިމުގަ ޖެހުނަސް ފައިސާގެ އެބޮޑު ޖަރީމާ އޭނާވަނީ ހިންގާފަ ! ކޯޓުން ނިންމާފައޮތީ ލިއެކިއުމުން އެކަންސާބިތުނުވާކަމަށް ! އޭނާ އެފައިސާ ބޭނުންނުކުރާކަމަކަށް ނުވާނެ ! އެއީ ދިވެހިރައްޔިތުންގެ ފައިސާ !

    16
  6. އަޙްމަދު

    ހުކުމުން ސާފްވީ ކަލޭމެން ބޭނުންގޮތަކަށް ނުންކަން ސްޕުރީމް ކޯޓުން ހުކުމް ކުރަނީ! އަދި ހުކުމް ކުރަނީ އިންސާފަށްކަން! ޔާމީނަކީ ވަގެއްނޫންކަން!