ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެމަނިކުފާނަށް ސެކިއުރިޓީ ދިނުން އެމްއެންޑީއެފަށް މަޖުބޫރުވި ނަމަވެސް ސެކިއުރިޓީ ފޯރުކޮށްދެމުން ނުގެންދާތީ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ.

ޔާމީނަށް ސެކިއުރިޓީ ނުދެނީ ކީއްވެތޯ އެމްއެންޑީއެފް އާއި ނޫސްވެރިން ސުވާލު ކުރުމުން އަދި މިހާތަނަށް އެމްއެންޑީއެފް އިން އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ޔާމީން ކާރުކޮޅުގައި މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ކުޅޭ ކަންމައްޗަށް ވަޑައިގަތުމަށް ފަހު ގެކޮޅާއި ހަމައަށް ވަޑައިގެންނެވީ ހިންގަވާފައެވެ. އަދި ގެކޮޅު ކައިރީގައި ހުންނަވާ ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުން ގެންދަވާތާ މިހާރު ގަޑިއެއްހާއިރު ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އަރިހުގައި ސިފައިނެއް އަދި ފުލުހަކު ވެސް ނެތެވެ.

ޔާމީންގެ ވެރިކަން ނިމުނު ފަހުން، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ހަމައަށް މިސަރުކާރުން ވެސް އެމަނިކުފާނަށް ސެކިއުރިޓީ ދެމުން ގެންދިޔައެވެ.

ޔާމީނަށް ސެކިއުރިޓީ ނުދިނުމުގެ ޝަކުވާ ސަޕޯޓަރުން ކުރަމުން ދާއިރު ޔާމީނަށް ކުރީގެ ރައީސްގެ އިނާޔަތް ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވެސް ފައިސާ ހިމަނާފައެއް ނުވެއެވެ.

ޔާމީނަށް މިއަދު ސެކިއުރިޓީ ދީފައި ނުވިނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާދަޔާއި ހިލާފު ވަރުގަދަ ސެކިއުރިޓީއެއް މިހާރު ދެމުން ގެންދެއެވެ. ނަޝީދު ދަތުރު ކުރައްވާއިރު ބައެއް މަގުތައް ވެސް މިހާރު ބަންދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަދުރޭ

  ﷲ ގެ ސެކުރިޓީ ޔާމީން އަށް ފުދޭ

  142
  1
 2. ކޮވިޑް

  މިސަރުކާރުން ރޔ އަށް ދޭ ސެކިއުރިޓީއާމެދު މިހާރު ސުވާލު އުފެދޭ އިންޑިއާގެ އޯޑަރަށް އެމްއެންދީއެފް ގެ ބައެއް ވެރިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ފަދަ ހާލަތެއްގަ އެމްއެންޑީއެފް މިހާރު އެއޮތީ. ﷲ ރައްކާތެރިކަން ރޔ ދެއްވާށި އާމީން.

  88
  2
 3. ދަންބެރު

  އަޙަރުމެން ރަށްޔަތުން ނުނިދާތިބެވެސް ރައީސްޔާމީނަށް ސެކިއުރިޓީ އަރުވާނަން ވޮލަންޓިއަރުން މިތިބީތަށްޔާރަށް ﷲ އަކުބަރު.

  84
  1
 4. Anonymous

  ގާނޫނާއި އެއްގޮތަށް ރ.ޔާމީނަށް ކަންތައްކުރާނެ ސަރުކާރެއްނަމަ އެމަނިކުފާނަށް ބޭއިންސާފުން 3އަހަރުވަންދެން ދެމުންދިޔަ އަނިޔާވެސް ނުދޭނެ ނޫންތޯ؟؟ ނަމަވެސް މިއަދު އެނގިގެންދިޔައީ ވަގުތުޖެހުމުން މާތްﷲގެ ރަޙްމަތްފުޅާއިއެކު ޙައްޤަށް ނަޞްރުލިބޭނެކަން، އެފަދައިން މިއަނިޔާވެރި ސަރުކާރުން ސެކިއުރިޓީއެއް ނުދިނަސް ﷲގެ ހެޔޮރަޙުމަތްފުޅުން އެމަނިކުފާނުވާނީ ﷲގެ ފުރިހަހަމަ އެއްމެހެޔޮ ރައްކާތެރިކަމުގެ ދަށުގައެވެ. ޢާމީން، ޔާރައްބަލްޢާލަމީން އާމީން.

  70
  1
 5. ހުސެން

  ބަލަސެކިއުރިޓީ ދޭނީ ރައްޔަތުން، އިންޑިއާމީހހުން ގޮހޮރަށް އެރިގެންއުޅޭމީހުން ކާރިން ސެކިއުރިޓީ ބޭނުމެއްނޫން

  63
 6. ދިދަ ދަނޑި

  ހެޔޮ ދުވަހަކު ނުދިނަސް.. ރައްޔިތުން ތިބީ ޔާމީނާއެކު.. އަލްހަމްދުﷲ

  60
  1
 7. ރާއްޖެތެރެ

  މިސަރުކާރުން ރައިސް ޔާމިން ޤައުމުން ބޭރައްދާން އެތަކެއް ފަހަރަކު ރޔާމިން ކައިރީ ބުނި ޔާމިން ނުދިޔައީ.

  45
  2
 8. ތުއްތުބޭބެ

  މިނިވަން ނުވިޔަސް ސެކިޔުރެޓީ ދޭންޖެހޭނެ ދެރަކަމެއް

  36
  1
 9. Anonymous

  ރައީސް ޔާމީން ހެއްދެވި ފަރާތުގެ ސެކިއުރިޓީ އެމަނިކުފާނަށް ފުދޭ.
  ޙަސްބުނަﷲ ވަނިއުމަލް ވަކީލް
  އެމްބަސީއަށް ޙިމާޔަތް ހޯދަން ވަދެ ނުފިލާނެ އިރާދަކުރެއްވިއްޔާ
  އެއަށްވުރެ ގަޓު ހުންނާނެ
  އަހަރެމެންގެ މޭ ފޫއަޅުވާލައި އެމަނިކުފާނާއި ކުޅެވޭނީ. "ތިޔައީ ޒަޢީމޭ އަދުލޮބުވެތި ޤައުމު ފަޚްރުވެރިވާ"

  47