އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރަން ސުޕްރީމް ކޯޓުން ނިންމުމާއެކު، ރަށްރަށުގައި އުފާފާޅުކުރަން ފަށައިފިއެވެ.
ދެ އަހަރު ފަހުން، ޔާމީން މިއަދު މިނިވަންވުމާއެކު، އެމަނިކުފާނަށް ތާއީދު ކުރައްވާ ސަޕޯޓަރުން ސިފަ ކުރާ ގޮތުގައި މިއީ "ހައްގަށް ނަސްރު" ލިބުނު އުފާވެރި ދުވަހެކެވެ. ރާއްޖެ އަޅުވެތިކަމުގައި އޮއްވައި، އެ އަޅުވެތިކަމުން ސަލާމަތްވާން މި ލިބުނީ އާ ހިތްވަރެއް ކަމަށް ވެސް ސަޕޯޓަރުން ގަބޫލު ކުރެއެވެ.
އިދިކޮޅު ސަޕޯޓަރުންގެ ތައުރީފް މިހާރު އޮހެނީ ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އިންސާފަށް ލޯބިކުރާ، މިނިވަން، މުސްތަގިއްލު އަދި ވަކި އަތަކަށް ބުރަ ނުވެ މަސައްކަތް ކުރައްވާނެ ފަނޑިޔާރުންތަކެއް ކަމަށް އެމީހުން ގަބޫލު ކުރެއެވެ.
މި ކާމިޔާބީއާ އެކުގައި އެކިއެކި ރަށްރަށުގައި އުފާފާޅު ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ބޮނޑިބަތް ކައްކައި ތަފާތު އެކިއެކި ކެއުންތައް ވަނީ ތައްޔާރުވާން ފަށައިފައެވެ. އަދި އިދިކޮޅު ސަޕޯޓަރުން އެއްވެސް ކާމިޔާބުގައި ބައިވެރިވާން ވަނީ ރާވައިފައެވެ.
މިއަދު މެންދުރު ޔާމީންގެ މައްޗަށް އިއްވާފައި އޮތް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުގެ ޕީޕީއެމް ޖަގަހަތަކުގައި ޔާމީންގެ ސަޕޯޓަރުން އުފާފާޅުކުރަން ފެށިއެވެ. ކެއުންތައް ކައްކައި، ތައްޔާރުވާން ފެށިއެވެ. ބައެއް ރަށް ރަށުގައި ބޮނޑިބަތް ކައްކައި ކެއުން ތައްޔާރު ކުރަން ފަށާފައިވަނީ ހަވީރަށެވެ. އެހެން ރަށްތަކުގައި ބޮނޑި ބަތް ކެއުން ތައްޔާރުވަނީ މިރެޔަށެވެ.
ޔާމީން މިނިވަންވުމާއެކު، އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވަނީ ބޮޑު އުފަލެއް ލިބިފައެވެ. ބައެއް ރަށްރަށުގައި ފޮނި ކާތަކެތި ތައްޔާރުކޮށް ގޭގެއަށް ބަަހާފައިވާ ކަމަށްވެއެވެ.
މިއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުން، ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު އުފަލެވެ.
نصر من الله و فتح قريب.
ސާބަހޭ ސާބަހޭ ބޮނޑިބަތް ކައްކާ ސަދަގާތްކުރޭ ރައީސް ޔާމީނު މިނިވަންވުން އެއީ މުޅި އިސްލާމީ އުއްމަތަށްވެސް ލިބުނު ބޮޑު ކާމިޔާބެއް
ޔާމީނަށް ބޮނޑިބަތް އީދަށް ދަޢުވަތު ދީގެން ގެނައިނަމަ ވާނީ ޖުހާގެ އަވަށްޓެރިޔާ ޖުހާ ބޮނޑިބަތް ކާން ގެނައިމަ ވީގޮތް... ރައްޔިތުންނަށް ބޮނޑިބަތް ދޮލަނގުން ހަތަރު ބައިކުޅަ އެއްބައި ކެވޭއިރު ބާކީބަޔަށް ވީނުވީ ނޭނގޭނެ... އަންނި އަށް ދަޢުވަތު ދިނިއްޔާ ބޮނޑިބަތްކޮޅު އެއުޅޭ ކުދިންނަށް ބަހާލާފަ ދޮލަނގަށް ރ ޔޫރަޕަށް ބަޗާނެ..މަޢުމޫނަށް ދައުވަތު ދީގެން ގެނެސްގެން ބޮނޑިބަތް ކަމުގޮއްސިއްޔާ އެ ކެއްކި މީހާ އުފުރާލައިގެން 30 އަހަރު އަޅެއްގެ ގޮތުގަ ބޮނޑިބަތް ކައްކަން ޖައްސާނެ..ގާސިމަށް ދައުވަތު ދިނިއްޔާ ބޮނޑިބަތް އީދު ކައިވެނި ހަފްލާއަކަށްވެ އެކެއްކި ދައިތަގެ ހަގު މަންޖެ ކިޔެވުން ގުރުބާންކުރަން ޖެހިދާނެ... ރަށު ކުދިންނަށް ދީގެން ކައިލީމަ ތިހެދީ ހަމަ ހެޔޮކޮށް..
އއުފާވެރި މަންޒަރުތަކެއއް. އަލްހަމްދު ﷲ
މިކަހަލަ ފޮޓޯތައް ގިނައިން ލިއްޔާ ރައްޔިތުން އުފާވާނެ އަލްޙަމްދުލިއްﷲ