އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވި ކަމުގައި ވިޔަސް، އެމަނިކުފާނާ ދެކޮޅަށް "މަތިމައްޗަށް ދައުވާތައް" އެބައޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އިންޒާރު ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު ވަނީ މިނިވަންވެފައެވެ. އެމަނިކުފާނު މިނިވަންވި އިރު، ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޖަލު ހުކުމް ތަންފީޒު ކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގައެވެ. އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ތުހުމަތު ކުރިއެވެ.

ޝިފާއު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޔާމީން ދިން އަނިޔާ އާއި ދައުލަތުން ކުރި ވައްކަން ރައްޔިތުން ހަނދާނެއް ނުނެތޭނެ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް މަތިމައްޗަށް ދައުވާ އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އިންސާފު ލިބޭނެ،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި އެ ހުކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންސާފުވެރިކަން ހާމަވި ކަމެކެވެ. އަދި ކޯޓުތަކަށް އަތް ނުބާނާކަން ހާމަކޮށްދެއްވި ކަމެއް ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

"އެމަނިކުފާނު (ރައީސް ސޯލިހް) ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދަވައިފި،" ޝިފާއު ވިދާޅުވިއެވެ.

ޔާމީން މިނިވަންވިޔަސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ނަސީމާ

  ކަލޭވެސް އޮންނާނެ ، ހާދަ ހަޖަމްނުވާ މީހެކޭމިއީ

  64
  1
 2. ދިދަ ދަނޑި

  މިދެން ކާކުތަ؟ ޕާޓީ މީހުން ދަބަސް އުފުލާ ވާހަކަ ދެއްކިއްޔާ މާ ތާހިރުވާނެ..

  60
  1
 3. ފަސްފަހެތި

  ބްރޯ ކަލޭ ޖެހޭނީ ކަލޭގެ 05 އަހަރުގެ ދައުރު ނިމުނީމަ މަހަށް ދާން.ކަލޭގެ ފެންވަރަކީ ކޮބާ؟ ކަލޭގެ ދާއިރާގެ ރައްޔަތުން ދެން ކަލެއަށް ވޯޓެއް ނުދޭނެ.މަތިމައްޗަށް ދައުވާ އޮތަސް ވާގިއެދެނީ މާތްﷲގެ ހަޒްރަތުން.ކަލޭވެސް ތިހެން ގަދަބަސް ނުބުނެ ހުރޭ.

  69
  1
  • ކޮވިޑް

   އެމްޑީޕީތަ ގަދަބަސް ބުނާނީ މިމީހުނަށް ހީވާކަހަލަ މިނޫން ދުވަހެއް ނެތޭ. ރަނގަޅު ވާހަކަ އެއް ރައްޔަތުންގެ ހިތްތަކުން ސޯލިހް ޖާގަ ހޯދައިފި އެކަމް އެއީ ޤައުމު އަޅުވެތި ކުރި ގައްދާރެއްގެ ލަގަބުން ޤައުމުދަވާލި ވެރިއެއްގެ ލަގަބުން މި ޤައުމުގެ އެއްޖީލް ގެ ބޮލުގާ ދަރަނި އެޅު ވެރި އެއްގެ ލަގަބުން. ލަދެއް ނުގަނެދޭ އަނގަ ހުޅުވަން؟

   41
 4. ޙަސަނާ

  އަވަހައްމަސްހޫރުވެލަންވެގެން އެއްޗެއްބުނެލީ މަސްތުވާތަކެތީގެ ވިޔަފާރިން އިހަވަންދޫ ހަލާކުރާ ހާއިނެއް ތީ

  41
 5. ޑައެލޯގް

  އަހަރުމެނަށް އެގޭ މިސަރުކާރުގެ ދައުރުގައި ކޯޓުތަކުގައި ހިގާނީ ހަމައެކަނި ޔާމީންގެ ދައުވާކަން ބުރާންޗާ

  46
 6. ޙަަަހަ

  ކަލޭވެސް ދައުރުނިންމާފަ ތައްޔާރުތަ

  43
 7. ޙަަަހަ

  ހެވޭ މަތިމައްޗަށް ދައުވާ ކުރިޔަސް ކަލޭމެންނާއި ނަޝީދުހާ ފިނޑިއެއްނުވާނެ ، ކެތްތެރިކަމާއި އެކު ކުރިމަތިލަނެ

  43
  1
 8. ހަސަންކޮއި

  ކޮވިޑުޝިފާއު އަށް.
  އެންމެފަހުން ބޭއްވި ރ އިންތިހާބު އަދި މ އިންތިހާބުގައި
  އމޑޕ އަށް ވޯޓުދިނިން އެކަމަކުދެނެއްނުދޭނަން.

  33
 9. މޯޑު

  މި ކިހާވަރަކުންދާނެ މީހެއްބާ، ތިމާއައް އެކަށީގެންނުވާވަރުގެ ކަމެއްލިބުނީމަ ބަސްމަގުހުންނާނީ ތިގޮތައްކަންއެގޭ

  33
 10. އަދުރޭ

  ކަލޭގެ މައްޗަށް ވެސް އަހަރުންނަށް ފަތިފައްޗަށް ދަޢުވާ ކުރެވިދާނެ . ޒާތީ ވިޔަސް ތީ ބޮޑުވަރު

  33
 11. މޯޑު

  މި ކިހާވަރަކުންދާނެ މީހެއްބާ، ތިމާއައް އެކަށީގެންނުވާވަރުގެ ކަމެއްލިބުނީމަ ބަސްމަގުހުންނާނީ ތިގޮތައްކަންއެގޭ،

  26
 12. އުރަހަ

  ހުދުކަލެޔާދެކޮޅަށްވެސް މަތިމަށްޗަށް ދައުވާއުފުލާނަން ކަލޭ މެންބަރުކަމަށް އައީ ކިހިނެއްތޯ މިހިންކަލޭ ހިތަށްއަރުވަބަލަ ކަކެޔަކަށް ސަލާމަތެއް ނުވެވޭނެ މެމްބަރުކަމަށް ކަލޭ ކުފޫހަމައެއްނުވޭ ފެންވަރުނެތް.

  29
 13. ޙަސަން

  މައްޗަށް ވެސް ދަށަށް ވެސް ކަލެއަށް ދައުވާ އަންނާނެ ދުވަސް އެބައޮތް. އަބަދު ތިގޮނޑިއަކު ނީދެވޭނެ

  13
 14. އަޙްމަދު

  މީދެންކާކު! ކަލޭމެން އަހަރުމެންނަށް ދޭއަނިޔާ މާގިނަ!

  13
 15. Anonymous

  ނަޝީދު އަދި މޑޕ އަކީ ހަމަ އަލިފެއް ދައުލަތުގެ ބައިލާރީގަވެސް ނުޖެހޭ.

  9
  1
 16. ކަޅުމަރިޔަނބު

  ތަންދޮރު ނުދަންނަ މީހުންވެސް އުޅޭ. އެކަމަކު ދެކެދެކެވެސް ތިޔަވަރުގެ ތަނެއްދޮރެއް ނުދަންނަ ބުރާންޗަކު މަ ނުދެކެން.

  13
 17. އަލިބެ

  ހަމަރަނގަޅަށްވެސް އޮޅިއްޖެ. މިހާރުދައުވާކުރަނީވެސް މެންބަރުންބުނީމަތަ؟

  11
 18. ލަންޑޭލާޑޭ

  ސްޕްރީމްކޯޓް ތެރެއަށް މިމައްސަލާގާވެސް ރައީސްސޯލިހު އަތްބޭނި. އެކަން މިބެންޗްގެ ފަނޑިޔާރުން ބަލައި ނުގަތީ. ތިބެންޗްގައި މުޑުދާރު އަލީ ރަޝީދު ހިމެނުނު ނަމަ ފައިވެސްބާނާނެ.

 19. ޢާމިރު ކެސަޔިޝް

  މި އަދި ވަރަށް ގައްޑާވާން އުޅޭ މީހެއްދޯ!! ކާކުތަ މީ؟؟

 20. ކެޔޮޅު

  ކަލޭގެ ވިޔަޒޯރު ހިތްތަކުން ޖާގަހޯދަދީފަ ހިތްތަށް ކަތިލަނީ ކަލޭބުނެގެންދީ ކަލޭގެ ލަދުކޮބާތަ،

 21. އިހަވަންދޫ ބޮޑުބެ

  ރައިސް ސޮލިހުގެ ހެޔޮވެރިކަން ...ބޭފުޅާއަށް ފެންނާނީ ރީދޫފަޅި...ތިޔަ ސޯލހެއް ރައްޔިތުން ބަލައެއް ނުގަނޭ....މީ މާތް ﷲ ގެ ރަޙްމަތް..ކަލޭތީ ކާކު؟

 22. އިސްޢާފް ސަލީމް

  100 ދަޢުވާ މަތިމައްޗަށްކުރިޔަސް ޔާމީން ނުފިލާނެ! ކެރިގެން ޖަވާބުދަރިވާނެ! ބިރެއްނުގަންނާނެ! އެމަނިކުފަނުގެ ބަސްފުޅަކީ " ޙަސްބިޔަﷲ ވަނިޢުމަލް ވަކީލް" . ވަގުތީ ޓައިއެއްގައި ހުރެ، މިވަރުން ކަލެޔަށް އެއްޗެއް ވިސްނެންވާނެ!