ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން ހާމަވެގެން ދިޔައީ ސަރުކާރަށް ޝަރީއަތުގެ ތެެރެއަށް ނުވަދެވޭނެކަން ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގްގެ ދައުވާއެވެ. އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގައެވެ. އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ތުހުމަތު ކުރިއެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރިއެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ސަލާމަތްވީއެވެ.
މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން. އަދި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން.
— Dr.Mohamed Iyaz (@dr_iyaz) November 30, 2021
މިކަމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ ނިންމުމަކީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަން ހާމަވި ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަނޑިޔާރުން މިނިވަންކަން ހާމަވެގެން ގޮސްފިކަމަށް ވިދާޅުވިއެވެ.
"މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން. އަދި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން،" އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްނުކުރެވޭ ކަމަށް ބުނެ ޖުޑިޝަރީގެ މިނިވަންކަމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅެއްގައެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފް އޮހެން ވަނީ ފަަށިއިފައެވެ.
އިޔާޒޫ ލަނޑަޔާ ވާނީ ލަނޑަޔާ ، ތިޔައީ ކެނެރީގޭ ނަސީދު ވަރެއްނެތިގެން އުޅުނު މީހެއް ލޮޓިއެއްދީ ވަޒީފާއިން ވަކިކުރީމަ ....
އިޔާޒު ތިޔައުޅުއްވަނީ އަދިވެސް ސަރުކާރު ދިފާއުކޮށް ސަނާ ކިޔަންތަ. ހުޅުމާލޭގައި ހުރި ފާތުމާ އަޅާފަހުރި މިސްކިތުގައި ދަރުސް ވެސް ދޭން ދެކޮޅު ހަދާ މީހަކު ދެއް ކޮން ވާހަކައެއްތަ ތިޔަ ދައްކަނީ.
ޤާޒީ ޢަލީރޝދ ކިޔާމީހަކު ޔާމީން ގުރުބާންކޮށްފަ ސްޕްރީމްކޯޓަށް ދިޔަދިއުމާމެދު ކުޑަކުޑަ ދިރާސާއެއް ހަދާލިނަމަ ފަނޑިޔާރުގެއަށް ސަނާއެއް ނުކިޔާނެ.
ވަދެގެން ނިކުންނާނީ ނޭގުނީ
އިޔާޒު މިކަހަލަ ކޮންމެ ތާކަށް އަނގަލަނީ ލަދުހަޔާތް ކުޑަވީމަ. ހަމަ ހަގީގަތުގައިވެސް ޑރ ގެ އަގު ވައްޓަލައި އެލްޑީ ބައިގަނޑު ބޭނުންވާގޮތް ހަދައިފި. މިހާރު ދީނީ މީހުންނާ ލާދީނީ މީހުންނަށްވެސް ޑރ އަކީ ޗަސް ބަނބުކޭލެއް. އަލީ ޒައިދާ އިލްޔާސް ވެސް ހަަމަ މިފަދަ.
އޭ ބޭގަނޑާ! ވަންނަން އުޅުނު ،. ފާރަވެރިން ގިނަކަމުން ނުވަދެވުނީ! ރިޝްވަތުދޭންވެސް އުޅުނު. . ފަނޑިޔާރުން މާތްﷲއަށް ބިރުވެތިވެ ރިޝްވަތުގައި ނުހިފީ! ފަނޑިޔާރުން ބިރުގަންނަވަން ޓްވީޓްތައްވެސް ކުރި! ފަނޑިޔާރުން ބިރު ނުގަތީ! ރޭގަނޑު ދަންވަރު ކޯލިސަންގެ ވެރިން ސިއްރު ބައްދަލުވުންތައްވެސް ބޭއްވި! މިވާހަކަތައް ވަރަށްއަވަހަށް ފަޅާއަރާނެ!
ހޫނ ޔާމީނުގެ ޙަބަރެއް ވެލާއިރަށް މި ވައްތަރު ޝެއިހުން އަނގަހުޅުވި އެއްޗެހި ބުނެވެން ފަށާ، އެހެން ކޮންމެ ކަމެއް ވިޔަސް ވަރިހަމަ،މިވަރަށް ފޯރިއެއްނުހުރޭ! ސަރުކާރުން ތިބީ މުސައްލަމަތީ ނަމާދުކުރަން.
އާނ ދެން ސަނާ ކިޔަންޖެހޭނެތާ ސަރުކާރު ރުއްސަން ޖެހޭނެތާ މަގާމާ ފައިސާއާއި ދުނިޔެއަށް ލޯބިކުރާ މީހުން ވިއްޔާ! އެހެންނޫނަސް މި ސަރުކާރު މީ ހުދު ކާފޫރު! ދީނީގޮތުން ވެސް އެންމެ އުހުގަ
3 އަހަރު ވަންދެން ވަކި މީހަކަށް ކޯޓު ތައް ބޭނުން ކޮށްގެން ކުރި އަނިޔާ މިއަދު މި ހާމަވީ.
ސިޔާސީ ޝޭޚް
މި ޙުކުމާ ގުޅިގެންވެސް ސަރުކާރަށް ސަނާކިޔާތީ ދަންނަވަން... ތިޔަ ޙުކުމް ތިޔަ ޞާލިހު ސަރުކާރަށް ހަޖަމް ނުވެގެން ޔާމީނު ފުރުން މަނާކުރިކަން އެނގިނުލައްވާތޯ..
ތިއީ ރަގަޅު ވާހަކަޔެއް ނޫން. މިޙާރު އޮތް ހާލަތުގަ ބާލިޢުވެފަ ހުރި ބުއްދި ސަލާމަތުން ހުރި މީހަކުވެސް ޔާމީނާ ދެކޮޅަށް ހުކުމް ނުކުރާވަރު ވީމާ ކިިހިނެތް ދައުލަތާ އެއްކޮޅަށް ހުކުމް ކުރާނީ! ޗެކް ނަންބަރު ދިމާނުވާއިރު ސުޕްރީމް ކޯޓާ ހަމައަށް ދެޥޭނީ ވަރަށް ބާރުގަދަ ނުފޫޒެއް އޮވެގެން ކަމަށް ބެލެވޭ!
ޙަގީގަތަކީ ދީނަށް ފުރައްސާރަ ކުރާ މީހުން ދެކެ ނަފްރަތުކުރާ ވަރަށްވުރެ ބޮޑަށް ރައީސް ޔާމީން ދެކެ ރާއްޖޭގެ ބައެއް ޝައިހުން ނަފުރަތުކުރާކަން. ހަސަދަވެރިކަމާއި މަގާމާއި ފައިސާ އާ ހެދި ހޭބަލިވިޔަސް ބޮޑުވަރުތީ
މިސޮރުވެސް ޔާނު ދެކި ހާދަހާ ބިރެކޭ ދޯ މިގަންނަނީ! ﷲދެކި ބިރުގެންބަަލަ ޝޭކޫ. ލާދީނީ ބައިގަނޑަކަށް އިސްލާމީ ގައުމެއްެގެ ވެރިކަންދީގެން ރިޝްވަތު ލާރި ބަނޑު އަޅާލަ އަޅާލަ މަކަރާހީލަތުން ކަލޭވެސް ފިލާ ތިއޮތީ! އިސްލާމީ ގައުމެއް ގައި މިއަދު ބަލާބަަލަ މިސަރުކާރުން ހިންގާލާ ޖަރީމާ ސޭކޫ! . ކަލޯމެންދެން ނުވާނެ އިސްލާހެއް! ޔާމީނު އާ ކަލޯމެން ގެ ލާދީނީ އަންނި އާ އަޅާ ކިރާލަބަލަ ތަޢަައްޞުބު ޝައިޚޫ
ޢިސްލާމީ ޝަރީއަތުގެ ފަޑިޔާރުގެއެއްތޯ ނުނީ ފަތުވާ ބަދަލްވީތޯ ، ނުނީ ދީނުގެ ހުކުމެއް ބަދަލްވީތޯ.. ޢިޔާޒުމެން ޤަބޫލްކުރާ އިލްމްވެސް ބަދަލުވޭ އެބަ އެޔެއް މިޔެއް ނޭންގޭ.. ޢެއްމެގިނައިން ދީނައް ފުރައްސާރކުރި ސަރުކާރު އަދި އެވެސް މީމީހުންގެ ސޭކު އިމްރާންގެ ހޯމް މިނިސްޓަރުކަމުގަ
ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތައްނުފޫޒުފޯރުވާފައިވާކަން ސްޕްރިންކޯޓުހުކުމުން އެވަނީސާފުވެގެންގޮސްފަ ދަށުކޯޓާ ހައިކޯޓުގެ ހުކުމަށް ނުފޯޒުފޯރުވާފަވާކަންއެއޮތީހުކުމުން ސާބިތުވެފައި
މީނަ މިޤައުމުގައި ދީނީ ވަހުދަތު ގެއްލިގެންދާއިރު ސިޔާސީ ދޮގުވާހަކަ ދައްކަން ފޫގަޅައިލައިގެން ހުރެ މޮޅުކަނޑަނީ ބަލަގަ ހައިލަމާ އަލީރަޝީދުގެ ހުކުމްކޮބާ
ކަލޯ ފަނޑިޔާރުންނަށް މިސަރުކާރުން ދިންރިސްވަތުގަ ނުހިފީމަ މިނިވަންވީ ފަނޑިޔާރުން ﷲ ތައާލާއަށް ބިރުވެތިވީ އެހެންވެ މިނިވަންވީ އަދިވެސް ރައީސްޔާމީނަށް މިސަރުކާރުން އަނިޔާދޭނެކަމީ ޝައްކެއްއޮތް ކަމެއްނޫން .
ދެން ކީއްވެބާ ދިހައަހރު ދުވަހުގެ ޖަލުހުކުމެއް އިއްވީ
ޖޭއެސްސީ ސިޔާސީ ވަފާތެރި ކެހިވެރި މީހުންގެ އައްދަށުން
މިނިވަން ނުވާހާ އިރަކު އެތަން އޮންނާނީ ސިޔާސީން މޮޑޭ ފުށްގަޑެެްހެން !
މާކުރިންވެސް މިގޮތަށް މިކަން ކުރާގޮތަށް ހަމަޖެހިފަ އޮތްކަމަށް ރަށުތެރޭގަ ކިޔަމުންދިޔައީ. ލަސްވީ 6 މެއި ގެ ކަންތަކާހުރެކަން އެންމެންނަށް ވެސް އެނގޭކަމެއް.
އިޔާޒް މެންގެ ބުއްދި ކޮންތާކު ހުރީ ސްޕްރީމްކޯޓްގެ ހުކުމުންއެގުނީ ސަރީއަތުގަ ހިގަމުންދިޔަ މައްސަލައެއް ހުކުމް ކުރަން ސަރީއަތް ބާއްވަން ތާވަލްކުރި ވަގުތު އެމައްސަލަ ބެއްލެވި ބޭފުޅާ އެކަހެރިކޮށް ބެންޗެއްހަދާ ހުކުމްއިއްވިއިރު ބަލަން ވާމިންވަރަށް ބެލިޔަނުދީ އެ މައސަލަ ބެލުމުގަ ބައިވެރި ނުވާ ބަޔަކު މެދުވެރިކޮށް ހުކުމް ކުރުމަކީ ސަރުކާރުން އެކަމުގެތެރެއަށް ވަދެ ހިންގި އަމަލެއް ކަން. ހޯދަންވާ ހޯދުން ނުހޯދާ ތަހުގީގު ފުރިހަމަ ނުކޮށް މައްސަލަ ސަރީއަތަށް ހުށަހެޅުމަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ހިންގި އަމަލެއްކަން. ގާނޫނުއަސާސީގަ ބުނާގޮތުން ޔާމީނުގެ މައްޗަށް މިޗެކާއިބެހޭ އެއްވެސް ދައުވާއެއް ދެން ނުހިންގޭނެ.