ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން، ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ކުރަމުންދާ އެ މަސައްްކަތް ފެށީ އިއްޔެެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެރަށުގެ އާރއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައެފެ.

އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މިއީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.