ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކޮށްގެން ރާއްޖެ ގެންނަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިއެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. މިހާރު ކޯޓުން ހުއްދަ ދީގެން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށެވެ.

އެކަމަކު އޮންލައިންކޮށް ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ. ސުޕްރީމް ކޯޓުން އަލީ ހާޒިރުވާން އެންގެވި ނަމަވެސް މިއަދާ ހަމައަށް ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ކޯޓަށް ހާޒިރުނުވުމުން ދެ މަހުގެ ހުކުމެއް ވެސް އިއްވިއެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ.

ފުލުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އަމުރާ ގުޅިގެން ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ޓުރިޒަމް މިނިސްޓްރީން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައިވީނަމަވެސް މިވަގުތު އޭނާ ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދެން ހުރިހާ ލޮޓިއެއް ބާލާނީ އަލީ ވަހީދަށް.

    22
  2. ބެރެބެދި މާ

    ބަލަ ކޮބާތަ އޮރިޔާންކުރާ ސަރުކާރު އެންމެ ފަހުން ކަލޭދޯ އޮރިޔާންވަނީތި ނިކަން ހެކި ދައްކަބަލަ އަލީ ވަހީދު އެކަމުގަވެސް ބޭނޭނީ ތިޔައީ ކޮންފަދަ ރީތި ބޫންބޫން ލެއްވި ކުއްޖެ ދުނިޔޭގެ އެދުމުން ފޯވެގެން ގޮސް ރީދޫކުލަ މުޅިގައިގައި ތިޔަ އުގުޅީ . ދެން އެންމެ ބޮޑު އޮރިޔާމެއް ދައްކަން އުޅެނީ މަހުލޫފް އޭނާވެސް ކުރުދޮށީގައި ބާނާފައި ރީދޫލާ ކައްކާނެ ހުރި ބަލަން ސާބަސް.

    10
    • މަބުރޫކު

      ޢަލީ ވަޙީދު އާއި، މަހްލޫފް އެއުޅެނީ އޮރިޔާމޭ ކިޔައިގެން ސަރުކާރަށް ބިރުދައްކައިގެން ދަޢުވާ ނުއުފުލައި އޮއްބާލައތޯ

  3. ހައްވަ

    އއަލީވަހީދަކީ ތިކަހަލަ މުޑުދާރުކަންތަށް ކުރާނެ މީހެ އްނޫން ތިޔަ އީ ބޮޑު ރޭވުމެ އް

    4
    4