އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާ ކުރަން ފުލުހުން މެދުވެރިކޮށް ކޯޓުގައި އެދުމަކީ "ކޯޓުން ފުރާޅުން ޓިނު ނެގުން" ކަހަލަ ކަމެއް ކަމަށް ކުރީގެ ބަންޑާރާ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިތާ ހައެއްކަ ގަޑިއިރު ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ.
މި ކަމާއި ގުޅިގެން ދިޔާނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ޔާމީންގެ ކުށެއް ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހުކުމުގެ ނަތީޖާ "އޯވަރީޗް" ކުރަން ފުލުހުންގެ އިދާރާ ބޭނުންކޮށްގެން މަސައްކަތް ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
"އެކި ވެރިން ކޯޓުގެ ފުރާޅު ނަގަން މަސައްކަތް ކުރާނީ އެކި ގޮތަށް،" ދިޔާނާ ލިޔުއްވާފައިވެއެވެ.
ދިޔާނާ އިޝާރާތް ކުރެއްވި ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ތެރެއަށް ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ކުރުމަށެވެ.
އެ ކަން ކުރީ، ފެބްރުއަރީ 1، 2018 ގައި އޭރު ޖަލު ބަންދުގައި އަދި ޖަލު ހުކުމްތަކުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ދަންވަރު ވަގުތެއްގައި ނެރުނު އަމުރަކާ ގުޅިގެން ފެބްރުއަރީ 5، 2018 ގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ.
އުސްތާޒާ ދިޔާނާ ވިދާޅުވީ އޮއްޓަރުހުރި ތެދުފުޅެއް،
ދިޔާނާއަކަށް ނެތް އިތުބާރެއް.. އެވެސް އޮޕަޗޫނިސްޓެއް.. މި އޮއްހާ ދުވަހު ޗުއްޕުވެސް ނުބުނެ ބޮނދައިގެން އުޅުނީ މިހާރު ރައީސް ޔާމީނު ކޮޅު ގަދަވާހެން ހީވީމަ އެކޮޅަށް ޖެހިލަނީ...
މިސަރުކާރު ރައީސްޔާމީންދެކެ މޭކަރާވަރުން ރެވިތެޔޮލެވެނީ ބިރުން.
ޔާމީނު ނޫޅޭ ފުރާކަށް. މޮޅު ވާހަކަދައްކައިގެން ޔާމީނު ފުރާތޯ އުޅޭނެކަމެއްނެތް! ޔާމީނު ފުރުވާނުލެވިގެން އުޅެނީ ސަރުކާރުން.
އަންހެން ޖާބިރުގެ ހާލަތުވެސް ހަމަ ހުންނާނީ އެހެން.. ކްރިމިނަލް ކޯޓަށް އެހެން މައްސަލައެއް ޕީޖީ އޮތީ ހުށަހަޅާފަ މާކުރިންވެސް.. އެއާ ގުޅިގެން އަމުރު ނެރުނީ..
ފުރާޅުން ޓިނުނެގީވެސް ހަމަ ޔާމީނުވެރިކަމުގަޔޯ ކިޔާ
ދިޔާނާއަށް ހަމަވިސްނުން ލިބިއްޖެ! އަލްޙަމްދު ލިﷲ
މަޙްލޫފް މައްސަލަ ޝަރިޢަތުގަ އޮތްއިރު އޭނަގެ ޕާސްޕޯޓު ކޮބައި؟ ވަރަށް ސާފްކޮށް މި އެގެނީ މި ސަރުކާރުން ޔާމީންއާ އަޅައިގެންއުޅޭވަރު!