ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުލް ޔާމީން އަބްދުލް ގައްޔޫމް މިނިވަންވެ ބައިވެރިވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގެ ފުރަތަމަ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާގައި ރައީސް ޔާމީން ވެސް ވާހަކަ ދައްކަވާނެއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލާފައިވާއިރު، ކްރިމިނަލް ކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފައިވަނީ ތިން ފަނޑިޔާރުގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލްކުރީ އެ ހުކުމް ނެރުމަށް ދަށު ކޯޓުން ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތް ގޯސް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން ޝައްކު އުފެދިފައި އޮތް އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ސުވާލު އުފެދިފައިވާކަމާއި އެހެންވެ, މަނީލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމިއެވެ.

ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އެމަނިކުފާނު ސިޔާސީ ހަރަކާތްތަކަށް ނުކުންނާނެ ކަމަށެވެ. އެމަނިކުފާނު ސިޔާސީ ހަރަކާތްތަކަށް ނުކުތް ނަމަވެސް ކްރިމިނަލް ކޯޓުގައި އެމަނިކުފާނު ދެ މައްސަލައެއް އެބަ އޮތެވެ. އެއީ ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނާދިރާ

  ދާނަން

  21
 2. Anonymous

  ވަރަށް ސަޅި، ޔާމީނުގެ ވެރިކަމެއްގައި 18 އަހަރުން މަތީގެ މީހަކު ވަޒީފައި ހުއްޓަަސް އޭނާގެ މުސާރައަަކުން އެކައްޗެއްވެސް އުނި ނުވާގޮތަށް ހަދައި ރާއްޖޭގެ 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް -/10000ރގެ ދިރިހުރުމުގެ އެލަވަންސްގެ ނަމުގައި އެލަވަންސެއް ދެއްވާނެ ކަމަށާއި. އަދި ޖަލެއްގައި އެއްވެސް ކުށްވެރިޔަކު ނުހުންނަ ގޮތް ހަދަންވާނެކަމަށާއި، ރާއްޖޭގެ %33ބިމުގައި ބޭރުގެ އިންވެސްޓްމަންޓްތައް 500އަހަރަށް ހަދަންވާނެ ކަމަށާއި، އޭގެފަހުން ރާއްޖޭގެ ތަންތަނަށް ވާގޮތަށް، އެތަންނުގެ ވަޒީފާގެ %50 މީހުންނަކީ ދިވެހިންނަށް ހަދާނެ ކަމަށް އިއުލާން ކުރައްވަން ފެނޭ، ތިޖަލްސާގައި

 3. އާދަނު

  މަވެސް ދިޔައީމުސް ވަޒީފާގެ ބިރު ނެތްނަމަ!