ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުން ގެންދާ މަތީ ސެކިއުރީޓީގެ ސަބަބުން ރައްޔިތުންނަށް ދަތިވާ ކަމަށާއި އެހެން ނަމަވެސް ދިރިހުންނަން ސެކިއުރިޓީ ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ ރައީސް ނަޝީދު ކުރައްވާ ދަތުރުތަކާއި ގުޅިގެން ކޮންމެ ދުވަހަކު ދެތިން ހަތަރު ގަޑިއިރަށް ކެނެރީގެއާއި ގުޅިފައިވާ މަގުތައް ބަންދުކުރާތީ އެއީ ސްކޫލް ކުދިންނަށާއި އެހެން މީހުންނަށް ކުރާ އުނދަގުލެއްތޯ ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން މޭއި ހަވަނަ ދުވަހު ހަމަލާއެއް ދިން ކަން ހަނދާން ކޮށްދީފައެވެ. އަދި އެ ހަމަލާއިން ސަލާމަތްވީ ކިރިޔާ ކަމަށާއި އެހެން ކަމުން އެމަނިކުފާނު ވެސް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެހަމަލާއަށް ފަހު ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ސަބަބުން އާއްމުންނަށް އުނދަގޫވާ ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. އަދި އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ނަމަވެސް އެހެން ބަޔަކަށް އުނދަގޫތަކެއް ވާކަށް ވެސް. ދެން އަހަން ޖެހޭ މި ސުވާލަކީ، އަޅުގަނޑު ދޫކޮށްލާ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަފަނޑިޔާރު ނޫނީ އެހެން ވެސް ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ދޫކޮށްލުން އެއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްތޯ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ދައުލަތް އޭގެ ހައިބަތާ އެކީގައި ހިންގުން އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް. އަޅުގަނޑު މާފަށް އެދެން. އެހެން ނަމަވެސް އަދި އަޅުގަނޑު ވެސް ދިރިހުރުމަށް އެދޭތީ އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑު ބޭނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މޭއި ހަވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން ރާއްޖޭން ބޭރުގައި އުޅުމަށްފަހު މިވަގުތު ދިރިއުޅުއްވަމުން އަންނަނީ މުރައިދޫ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ވަރަށް ރަނގަޅު. އެކަމަކު މި ސަރުކާރުގަ ގިނައީ މަނިކުފާނު ދެކެ ރުޅިއަންނަ މީހުން. އިބޫސޯލިހު ދެން އެންމެ ރަނގަޅުވާނީ ރައީސް ނަޝީދާއި ވެރިކަން ހަވާލުކުރުން. މަތިމަތިން ހެޔޮއެދޭކަމައް ހެދިގެން އުޅުނަސް އެމީހުން ވަރަށް އަޑިނުބައިވާނެ.

    17
    2
  2. ޒާ

    ނޯތުކޮރެއާގެ ރައީސްބޮޑު އިންދަހުލެއް. ޟައުމޫނަށް ޖޯކުޖެހި ހަނދާންވޭތަ؟

    15
  3. Anonymous

    ދެން އަރުވާލެވިގެން ދިވެހި ގައުމުން ބޭރުގަ ހުންނަވަން ވީނުންތޯ އޭރައް ދިރިވެސް ހުންނާނެ މަނިކުފާން ބޭނުންވާ ގޮތައް ، ދިވެހިންނައް އުނދަގުލެއްވެސް ނުވާނެ.

    10
  4. އިބޫ ހޯލިސް

    ނަޝީދުއެވެ. ނަޝީދު ނޫނަސް މިގައުމުގައި ދެންވެސްތިބި ހަމަ ކޮންމެ މީހަކީވެސް ދިރިހުންނަން ބޭނުންވާ މީހުންނެވެ. އެހެންކަމުން ހަމަ އެއިން ކޮންމެ މީހަކަށްމެ ތިޔަބުނާ ރައްކާތެރިކަން ފޯރުކޮށް ނުދޭންވީ ކިއެއްވެތޯ.

    13
  5. ޅޮއްސި

    މަނިފާނު ދަންނަވަންތޯ… މަތި މައްޗަށް ސެެކިޔުރިޓީ ލައިގެން އުޅުނަސް ކޮންމެ އިންސާނަކަށްވެސް މަރު ބައްދަލުކުރާނެ… އެހެންވީމަ ދުނިޔޭގައި އުޅުމަށް ލިބިފައިވާ މަދު ދުވަސްކޮޅުގައި ހެޔޮ ޢަމަލްކޮށް ﷲ އަށް ފުރިހަމައަށް ކިޔަމަންތެރި ތެދުވެރި މުސްލިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުރެވޭތޯ މަސައްކަތްކުރުން އެއީ މަރަށް ތައްޔާރުވުމަށް އިންސާނުން ކުރަންޖެހޭ އެންމެ މުހިއްމު ކަންތައް. މާތް ރަސްކަލާނގެ މަނިކުފާނަށް ހެޔޮ މަގަށް މަގު ދައްކަވާށި. ޢަދި މަނިކުފާނު ވެސް ކުރެވިފަ ހުރި ކަންކަމަށާއި ދެކެވިފަ ހުރި ވާހަކަތަކަށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށް ގޮވާލަން… އަދި ވަގުތު ފާއިތެއް ނުވޭ…

    15
  6. Anonymous

    ރ.ނަޝީދު، ތިމަނިކުފާނު އެކނިތޯ ދިތިހުންނަން ބޭނުންވަނީ؟ ތިޔަވިދާޅުވަނީ ރ.ޔާމީނު މިނިވަންވީމަވެސް އެމަނިކުފާނަށް ސަރުކާރުން ސެކިއުރިޓީ ނުދެނީ އެމަނިކުފާނު ދިރިހުންނަން ބޭނުންފުޅު ނުވާތީއޭތޯ؟؟ ޢެހެން މީހުންނކީވެސް އިންސާނުން ވިއްޔާ

    11
  7. ގޮރުމޯދީ

    އަސްލު މަތީ ސެކިއުރިޓީވެސް އަދި ނޭގޭހާލު އެބަކިޔައެއްނުން އެހެން މަތީ ސެކިއުރިޓީއަކީ ކޮބާ؟ ކޮބާ ހެއދެވިފަރާތް ހަނދާން އެބަހުރިތަ؟

    11
  8. އަލިބެ

    ރީއްޗަށް ނަމާދުކޮށްލައިގެން މާތްﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުން މަތީގައި އިޖްތިމާޢީ ކަންކަމަށް ހޭދަކޮށްލައިގެން ހުންނަވާށެވެ. ބޭކާރު މާގިނަ ވާހަކަ ނުދައްކާށެވެ. ދިނިޔޭގައި މަޝްހޫރުކަންވެސް މިހާރު ލިބއްޖެނޫންތޯއެވެ. މާތްﷲ ރަޙްމަތްފުޅުން ތަނަވަސްކަންވެސް އެބައޮތްނޫންތޯއެވެ. ޤައުމު އިޞްލާޙޭ ކިޔައިގެން މަގުމައްޗަށް ނުކުތުމުން ހަލަބޮލިވެ ނުތަނަވަސްކަން އުފެދުންނޫން ކަމެއް ނުވެއެވެ. ރީއްޗަށް ހުންނެވީމާ ނުރައްކާތައްވެސް ކުޑަވާނެކަމަށް ފެނެއެވެ. ޢުމުރުން މައްޗަށްދާވަރަކަަށް އަޅުކަމުގައި އަޅުގަނޑުމެން އެންމެވެސް ގިނަވަގުތު ހޭދަކުރުން އެއީ އެންމެ މޮޅުގޮތެވެ. ޚާއްޞަކޮށް މަނިކުފާނަށް ފުދި އިތުރުވާވަރަށްވެސް ފައިސާ ލިބޭއިރު ކޮން ވިސްނާކަށްހެއްޔެވެ؟ އަހަރެން މަނިކުފާނުގެ ސިޔާސަތަށް ވަރަށް ދެކޮޅެވެ. އެކަމަކުވެސް މަނިކުފާނުވެސް ރިވެތި ހެޔޮ މާތް ދިރިއުޅުމެއް އުޅޭތަން ތެކެން ބޭނުމެވެ.

    10
  9. ޢަޒު

    މަނިކުފާނު ދުނިޔެއަށް ފޮނުއްވީ ވެސް ގަދަކީރިތިވަންތަ އިލާހު އެއިލާހުގެ ކުޅަދުންވަންތަ ކަމާއި މާތްކަމުގެ ސަބަބުން ގުރާނަ ގެންދަވާނީވެސް ހަމަ އެފަރާތުން އެހެންވީމަ ރޭގަނޑު ނިދުމުގެ ކުރިންވެސް ނުނިދުމުންވެސް ﷲ އެންގެވި ގޮތަށް ޢަމަލު ކުރުން އޮތީ އިސްލާމްދީނަށް މަލާމަތްކުރީ އެކަން އެނގިހުރެ ކަމަށްވާނަމަ ތައުބާވެ ހެއުމަގު އިޚްތިޔާެުރު ކުރޭ ގިނަގިނައިން ތައުބާވަ މީހުންދެކެ ﷲ ލޯބިވެވިޑިގެންވޭ

  10. ޙަަަހަ

    ކޮން ރައްޔިތަކަށް މިއަދު މިޤައުމުގައި ރައްކާތެރިކަން އޮތީ ، ދެން އެހެނީ ކިޔާފަ ދައުލަތަށް ނުކަތާވަރު ކުރަންވީތަ ، އަދި ކިތަންމެ ބޮޑު ބާރަކާއ ސެކިއުރިޓީއެއް އޮތީ މަރުއައިސް ހަމަވީމަ ﷲ އެމީހަކު ގެންދަވާނެ ، ބިރުވެތިވަންވީ ﷲ އަށް އެކަނި

  11. އައްޑޫ މީހާ

    އެހެން މީހުންނަށް ޖޯކުޖަހަން އުޅެގެން އަމިއްލަ ލޮލަށްވެސް އިލޮށިގަނޑެއް ހެރުނީ ދެން ކޯންޗެއް ކިޔާކަށް މިހާރުދެން ލޮނުމިރުހޭ ރިހާކުރޭ ކިޔާނެ ކަމެއްނެތް

  12. ކޮވިޑް

    ނާ ހަމަ ތެދެއްތަ ތިބުނީ؟ ހާދަ ހިނުވެޔޭ. ހަޤީގަތަކީ ރައްޔަތުން ގެ ސަޕޯޓް ގެއްލުނީމަ ނޫސްތަކުން ޖާގަ ހޯދަން ޖެހި މަޅި އެއް . ބަލަ ކަލޭ ދޯ ގޮވީ މައުމޫނާ ރައީސް ޔާމީން ސެކިއުރިޓީ ވަރުދަކުރީމަ ހައިބަތު ބޮޑުކުރާށޭ ، ބިރުންނޭ ، މިހާރު އެއްޗެއް ވިސްނިއްޖެއްނު؟ ދެން ﷲ އަށްޓަކާ ތިޔަ ނުބައި ދޫ މައި ތިރި ކޮށް ތައުބާ ވެބަލަ.

  13. އަލިއާ

    އޭ އައްނިއާ… މަތި މައްޗަށް ސެެކިޔުރިޓީ ލައިގެން، އަދި ނުވިތަކަށް ބޮޑެތިފާރުރާނެެ އޭގެ ނިވަލުގަ ފިލާއޮތަސް ކޮއްމެ އިންސާނަކަށްވެސް މަރު ބައްދަލުކުރާނެ… އެއީކަނަޑައެޅި ނިމިފައިވާ ވަގުގުތެއް. އެހެންވީމަ ދުނިޔޭގައި އުޅުމަށް ލިބިފައިވާ މަދު ދުވަސްކޮޅުގައި ހެޔޮ ޢަމަލްކޮށް ﷲ އަށް ފުރިހަމައަށް ކިޔަމަންތެރި ތެދުވެރި މުސްލިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުރެވޭތޯބެލުން މާރަގަޅު.

  14. ވަގުން

    އެހެން މީހުން ދިރުހުންނަށް ބޭނުންނުވަނީތޯ. ގަނަތެޅެން މިޖެހެނީ