ކުރިއަށް އޮތް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަކީ އެދުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ އެއްވެސް 'ފޯމިއުލާ' އެއް މިއަދާއި ހަމައަށް ހޯދިފައިވޭތޯ އާއި ރައީސް ނަޝީދު އެންމެ ބޭނުންފުޅު ވަޑައިގަންނަވަނީ ކޮން ކަމެއްތޯ ސުވާލު ކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެންމެ ބޭނުންވެގެން މަސައްކަތް ކުރަމުން އަންނަ ކަމަކީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމު ކުރެވި، ދިވެހިންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރެވި، ދިވެހިންނަށް އިންސާފު ލިބޭނެ ގޮތްތަކުގެ ޝަރުއީ ނިޒާމެއް ފައްކާ ވެގެން ދިއުން ކަމަށެވެ.

އަދި އާއްމު ހާލަތު ރަނގަޅުވެ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް {ފައިސާ} އިތުރުވުމާއި ވަޒީފާ ނެތިފައި ތިބި މީހުން އަދާ ކުރާނެ ވަޒީފާ ލިބުން، ބޯހިޔާވަހިކަން ލިބުން، ދަރިންނަށް ކިޔަވައި ދެވޭނެ ގޮތެއްވުން، ބޭސް ފަރުވާ ލިބޭނެ ގޮތެއް ވުން، އަދި އިޖުތިމާއީ ރައްކާތެރި ކަމެއް އޮތުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިސްވެ ދެންނެވުނު ކަންކަން ކުރުމަށް އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ފައްކާ ކުރުން ކަމަށާއި އެހެން ކަމުން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަކީ އެދޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. "2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

2023 ގައި ރިޔާސީ އިންތިހާބެއް ނެތުމަށް އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، މިވަގުތު ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމެވެ. އަދި ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވެސް މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަން ރީނދޫ

    ބަލިވާނެކަން އެނގޭތީ ބިރުން ،އިންތިޚާބު ނުބާއްވަން އުޅެނީ. ޑިކްޓޭޓަރުން ވަރަށް ބިރުގަންނަ ކަމެއް އިންޚާބު ބޭއްވުމަކީ.

    50
  2. ލޮލް

    އޭނާ ބާއްވޭ ދެކޮޅުގޭ ކަޑި އުނގުޅޭފޭ މުރޭދޫ ގޭތެރޭ، 2023ގެ ރިޔާސީ އިންތިޚާބަށް އޭނާ ނެރޭނެ ކަމެއްނެތް.

    34
  3. ލޮލް

    އެކަމަކު މީނާމީ ޑިމޮކުރަސީ އައްޕަޔޯލަ. ޗޭ ޑިމޮކުރަސީ މާމޭ.

    39
  4. މުހުމްމަދު

    މުޅި ދައުލަތާ މަޖްލިސް މެޖޯރިޓީ އޮވެ ރައްޔިތު މީހާގެ ޖީބަށް ނޭޅުނު ރުފިޔާ އެއް ދެން ބަރުލަމާނީ އަކުން މުސްސަނދި ވާނީ.

    43
  5. Anonymous

    ޔާމީން ވަނީ ތިޔަ ހުރިހާކަމެއް ކުރައްވާފަ އެއްމެ 5 އަހަރު ތެރޭ ، ނަޝީދުމެން އަދި ތިއުޅެނީ ކަރުހިއްކުން ނުފިލައިގެން އަދި އޭގެ ފަހުގައެއްނު ޖެހިގެން ހުންނަ މީހާއާ ދޭތެރޭ ވިސްނާނީ.

    10
  6. ޒުމްރާ

    ނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެ! ފިނޑިންގެ އަމަލެއް ރައްޔިތުންގެ ވޯޓެއްނެތި ވެރިކަމާ ކުޅުމަކީ.
    އަހަރެމެން ރައީސް ނަޝީދުގެ ފުށުން އުންމީދު ކުރި ކަންކަމެއްނޫން މިހާރު މިފެންނަނީ.

    8
    1
  7. ރައްޔިތުން

    ވަރަށް ސަޅި، ބަރުލަމާނީ ގެނެސްސާ ސާލިގެ ވެރިކަން 100 އަހަރަށް ލާފައި އަދި ނަޝީދު އެވެރިކަމުގެ ބޮޑުވަޒީރަކަށް އައިސްސާ 18 އަހަރުން މަތީގެ މީހަކު ވަޒީފައި ހުއްޓަަސް އޭނާގެ މުސާރައަަކުން އެކައްޗެއްވެސް އުނި ނުވާގޮތަށް ހަދައި ރާއްޖޭގެ 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް -/10000ރ ގެ ދިރިހުރުމުގެ އެލަވަންސްގެ ނަމުގައި އެލަވަންސެއް ދެއްވާ. އޭރުން ތިކަން ނިމުނީ. މި ގޮތަށް ގާނޫނު އަސާސީ ހަދާލާ. އަދި ޖަލެއްގައި އެއްވެސް ކުށްވެރިޔަކު ނުހުންނަ ގޮތް ހަދަންވާނެ، ރާއްޖޭގެ %33ބިމުގައި ބޭރުގެ އިންވެސްޓްމަންޓްތައް 500އަހަރަށް ހަދަންވާނެ. އޭގެ ރާއްޖޭގެ ތަންތަނަށް ވާގޮތަށް އެތަންނުގެ ވަޒީފާގެ %50 މީހުންނަކީ ދިވެހިންނަށް ހަދަންވާނެ،

    1
    5
  8. ސައިފު

    އޭނާ އެއުޅެނީ ބޮޑުވަޒީރުކަން ބޭނުންވެގް ލޮލަށް ނިދި ނުޖެހިގެން ބަރުލަމާނީ ގޮވަމުން. ހުވަފެނުގަވެސް ބަރުލަމާނީ، ބޮޑުވަޒީރު ގޮވަނީ..

    10
  9. އުންސުރު

    ޔާމީން ދޫކޮށްލައި ބަރުލަމާނީއަާް ފުރޮޅާލުމުން ވެރިކަމުގައި ދެމިތިބެވޭނެ ކަމަށް ހީކުރުމަމީ ކުއް ހީއެއް.
    މަޖިލިހުގައި ތިބި މމޕރސ ފައއިސާގެ ނުފޫޒު ތިބި މީހުން މަޖިލިހުން 450000 ރައްޔިތުންގގެ ބަފދަލުގައި ތިކަން ކޮށްފިއްޔާ ދެން ނިކުންނާނީ މަދަނީ ބަސްނޢހުމަކަށް

    • Anonymous

      ވަރަށް ރަނގަޅު ކޮމެއްޓެއް. ދިވެހިންނަކީ ލޭހޫނު ބައެއް. އަނިޔާވެރިކަން އިންތިހާއަށްގޮސް ގާނޫނު އަސާސީ އޮޅާލައިފިނަމަ ރައްޔިތުން މަޑަކުން ނުތިބޭނެ. މުހައްމަދު އަމީންގެ ވެރިކަމާ ދެކޮޅަށް އުތުރުން އައި 726 އުޅަނދެއްނޫން ދެންއަންނާނީ. މުޅި ރާއްޖޭން އުޅަނދާއި ފުޅަނދުވެސް އަންނާނެ.

  10. އައްޑޫ މީހާ

    ބިރުން އެހެންވީމާ ދެންވެސް ތިޔަ ބުނާ ޝަރުއީ ދާއިރާ މިނިވަން ވާނެވަރު ވިސްނާލީމަ އެބަ އިނގޭ ރައީސް ޔާމީނު ޖަލަށް ލެވޭނެ ގޮތެއް މި އުޑުހިޔައު ދަށުގައި ވޭތޯ ބަލަނީ އެހެންވެ ތިހާވަރަށް ބިރުނުގަނެ ހަމަ ވެރިކަމަށް ދަހިވެތިވާނަމަ ކެރިގެން ޗެލެންޖްކޮށް ކުރި ހޯދަންވީ މަކަރު ނަހަދާ ވޯޓުން ވައްކަން ނުކޮށް ރައްޔިތުންގެ ހައްޤުތައް ކަށަވަރުވާ ގޮތައް، މިހާރު ރައީސް ޔާމިނު ބަލިކުރަން ތިޔަ ވިސްނަނީ ނުހައްޤުން ހުކުމް އިއްވައިގެން ވޯޓުން ވައްކަން ކޮށްގެން އެނުން ގޮތަކަށް އެމްޑީޕީ އަކަށް މިގައުމުގެ ވެރިކަމަކަށް ނާދެވޭނެ، އެއީ ޔަގީން ކަށަވަރު ކަމެއް އެހެންވެ ކުރިޔާލައި ރާވައިގެން ފުއާދު އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރީ 2013 ވަނަ އަހަރު ވޯޓުން ވައްކަންކުރި ކަމުގެ ރެކޯޑް އޭނާއަތުގައި އެބައޮތް ރައްޔިތުން އޭނަޔަކަށް އިތުބާރެއް ނުކުރޭ ދެންއޮތީ ރައްޔިތުންގެ ވޯޓަކުން ބޮޑުވަޒީރަކު ހޮވަން ވޯޓެއް މިވަގުތު ނެގިޔަސް ރައީސް ޔާމީނު އެކަން ކާމިޔާބު ކުރާނެ އިންޝާﷲ މިއީ ރައްޔިތުންގެ އިހުސާސްތައް މިއަދު ހުރިގޮތް

  11. ކޮވިޑް

    ބަލަ މީނާ ނޭދޭ ދޯ މި ޤައުމުގާ އިސްލާމް ދީން އޮންނާކަށް؟ ކޮން ޑިމޮކްރަސީ އެއް ދިވެހިން ތި އެއް ބޭނުމެއްނޫން. ދިވެހިން ބޭނުންވަނީ އިސްލާމީ ޝަރިއްޔަތް ހިންގާ އިސްލާމީ އުސޫލުތަށް ދަމަހައްޓާ އަމާން އޮމާން ދިވެހި ރާއްޖެ އެއް.

  12. އިސްޢާފް ސަލީމް

    މަކަރާއި ޙީލަތް ނުހަދައި ، ތެދުވެރި ، އަމާނަތްތެރި އިންތިޚާބެއް ބާއްވައިފިނަމަ އިންޝާއަﷲ ބޮޑު ތަނުން ޕީޕީއެމް ޕީއެންސީ އިންތިޚާބު ކާމިޔާބުކުރާނެއެވެ. އެކަން މި ބޭފުޅާއަށް މިހާރުވެސް ރޭކާލާތީ އިންތިޚާބު ނުބާއްވާ ވާނޭހައި ގޮތްތަކެއް ހަދާނެއެވެ. އިންތިޚާބު ނުބާއްވަން ނިންމައިފިނަމަ ރައްޔިތުން ހިމޭނުން ނުތިބޭނޭކަން ދަންނާށެވެ.

  13. ސަޑުހަސަނު

    ތިބޭފުޅާއަށް ހީވާކަހަލަ ތިބޭފުޅާއޭ ފަހުބަސް ބުނާނީ. ބައްލަވާ ތިބޭފުޅާ ތިޔަހުންނެވީ ރާއްޖޭގެ ވެރިކަމަކު ނޫންއިގޭތޯ އަދި. ތިބޭފުޅާއަކީ ހާހެއްހާ ވޯޓް ލިބިގެން މަޖިލީހަށް ހޮވުނީމަ ތިބޭފުޅާގެ ޕާޓީގެ މީހުން ތިގޮނޑީގައި ބައިންދައިގެން އުޅޭ ބޭފުޅެއް. އެއްވެސް ހާލެއްގައި މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ ބޭފުޅެއް. އެހެންވީމާ ކަންކަމުގައި މާމަތިން ބަސްކިޔުއްވަން ނޫޅުއްވުން އެދެން. ވަރަށް ވެދުން