ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބާރުގަދަ މުއައްސަސާތަކުގެ އެކުލެވުން ބަދަލު ކުރުން ހިމެނޭ ގޮތަށް މުޅި ގާނޫނު އަސާސީއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތެއް ފަށަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވާ ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އަމާޒުވި ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އޮންނަ މުއައްސަސާ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންގެ ބާރު އޮންނަ ގޮތަށް ގާނޫނު އަސާސީ އޮތުމުން އެކަން ބަދަލު ނުކުރާތީ ގިނަ ބަޔަކު ސުވާލު ކުރިއެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ފާހަގަ ކުރެއްވި ކަމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ އިތުރުން ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި، ދައުލަތުގެ ބައެއް މުއައްސަސާތައް އެކުލެވިގެންވާ ގޮތާ މެދު އާންމުންގެ ތެރޭގައި ގިނަ ޚިޔާލުތަކެއް ފާޅުކުރެވެމުންދާ ކަމަށެވެ.

މި އިސްލާހުތަކަކީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކެއް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވާނީ "ދޭތެރެއަކުން ތަންކޮޅެއް" ބަދަލުގައި "އިސްލާހު ކުރަން ޖެހޭ ހުރިހާ މާއްދާއެއް އެކު އެކީގައި" ކަމަށެވެ.

މީގެ އިތުރުން ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިފައި އޮތް ގޮތާ މެދު ވެސް އެކި ޚިޔާލުތައް އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިހާރު ވެރިކަމުގެ ނިޒާމު އޮތީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގެ ސިފަތައް ވެސް ހިމެނިގެން މަސްހުނިކޮށް ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ، އެއް ފަހަރާ ގެންނަ ބަދަލުތަކަށް ވުން އެއީ ބޭނުންތެރިކަމެއް، އެހެންވީމާ އެ ބަދަލުތައް ގެންނަ ވަގުތުގައި، ޖޭއެސްްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ބޭނުންތެރި،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި މިހާރު ވެސްް އިންނަވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ދާދި ފަހުން ވެސް ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފައެވެ. މީގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕާއި، ދާދި ފަހުން އުފެއްދި އެމްއެންޕީގެ ލީޑާޝިޕާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ވެސް ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުންތަކުގައި ނަޝީދު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ވެސް، ޖޭއެސްސީގެ އެކުލެވުމާއި މަޖިލީހުގެ އެކުލެވުމާއި، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ.

ގާނޫނު އަސާސީއަށް ގެންނަން ފެންނަ ހުރިހާ ބަދަލުތައް ހިމެނިގެން ބޮޑު މަސައްކަތެއް ފަށާނެ ކަމަށް ނަޝީދު އިޝާރާތް ކުރެއްވިއިރު، 2023 ގެ ކުރިއަށް ވެރިކަމުގެ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ނަޝީދު ގެންދަވަނީ ގޮވާއްލަވަމުންނެވެ.

2023 އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު ހަމަވެ، އާ ރިޔާސީ ދައުރަށް ރައީސްއަކު އިންތިޚާބު ކުރުން އޮންނާނެ އަހަރެވެ. އެ އިންތިޚާބަށް މިހާރުން ފެށިގެން ގިނަ ސިޔާސީ ޕާޓީތަކަކުންނާއި ސިޔާސީ ލީޑަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    ޤާނޫނު އަސާސީ އެއް ނޫން ބަދަލްކުރަންވީ. ތިޔަ ލާދީ ބައިގަނޑު މިޤައުމުން ފެއްސިގެން ދާންވީ ޑިމޮކްރަސީ އަވަށެއް ހަދައިގެން އޯކޭ އިންޑިއާ އަށް ދިޔަސް. ހެޔޮނުވާނެ މި ޤައުމު ޤައުމުދެކެ ލޯބިވާ ދިވެހިންނަށް ހަވާލުކޮށްފަ މި ޤައުމުން ތި ބައިގަނޑު އަވަހައްދޭ.

    25
  2. Anonymous

    ކަލެޔަކައް ބޮޑު ވަޒީރު ކަމެއް ދިވެހި ގައުމަކު ނުކުރެވޭނެ. ދިވެހި ގައުމުގެ ރައީސް އަކީ ޔާމީން.

    19
  3. ރަތްރޮގު ރައީސް

    ބަލަ ރަތްރޮގު ރައީސާ އިންޑިާ އަށް މި ރައްޖޭގެއާ މިރާއްޖޭގެ ވެރިކަމާ މަޖލިހާ ޖުޑިޝަރިއާ ބައިތުލްމާލް ކޮންތްރޯލް ނެތްގޮތަކަށް ކަމެއް ނެތް ވާކަށް ދޯ؟ ކަލޯ ކެނެރީގެ ރަތްރޮގު ރައިސާ ހުވަފެން ދެކިލާ. ބާކީ 2 އަހަރު ދެން ބައިބައި އަބަދުގެ އަބަދަށް ސިޔާސީ މައިދާނުން!!!

    14
  4. ޏަޖަނ

    މިޙަރު އޮތްްގޮތް ގޯހެއްނޫން. ތަންފީޛުކުރަން ތިބި މީހުން ބަދަލުކުރާންވީ. ތިޔަކުރަން އުޅޭކަމެއް ވަރަށް ސާފު. އަހަރުން ވަރަށްގާތުން ތިކަން ބަލާނަން.

    11
  5. ހާމިދު ޝާޙިދު

    ރައްޔިތުންގެ މަޖްލިހުގެ ރައީސް އަކީ މާ ބާރުގަދަ މީހަކަށް ވެގެން މިއުޅެނީ މިދައުރުގައި އެކަނި. އެހެނީ، މަޖްލިސް ރައީސް އަކީ މަޖްލިހަށް މެމްބަރުންނާއި ސަރުކާރުން އަދި ޕާޓީތަކުގެ މެމްބަރުން ހުށަހަޅާ ބިލުތައް ތާވަލުކޮށް ޖަލްސާތައް ވިލަރެސް ކުރައްވާ ބޭފުޅެއް. އެކަމަކު މި ރައީސް ހިތުން މިއީ، ބޮޑުވަޒީރު. ބަސްބުނެ، ބަހުސުގައި ބައިވެރިވެ، ހަދަންވީ ގޮތްތައް ކިޔާދީ، ހީވާކަހަލަ ތިމަންނާއޭ، ރައީސް އިބްރާހިމަށްވެސް ހަދަންވީގޮތް ބުނެދޭން ޖެހޭނީ...! ހަމަ ހިލާ ތިއުޅޭ އުޅުންމަތީގައި ނުހުންނެވޭނެ، އަހަރުމެން ރައްޔިތުން ނުކުމެ، އޭގެ ކުރިން ތިތަން ފަތަހަ ކުރާނަން. ހައްގަށް ނަސްރު ދެއްވާނީ މާތް ﷲ. އެކަލާންގެ އިރާދަ ފުޅުން ތިބާއާއި، ތިބާގެ ލާދީނީ ބައިވެރިން ބަލިކަށިކޮށް، ވޯޓުން ބަލިކުރުމަށްފަހު ވެރިކަމުގައި ކޮށްފައިހުރި ޖަރީމާތައް ތަހުގީގު ކުރެވި ފިޔަވަޅު އެޅިގެންދާނެ.

    16
  6. ޖަންގިޔާ ނަސީދު

    ހީލަތްތެރި ގޮތަކަށް ދީނީ މިނިވަންކަންދޭން އެވިސްނަނީ. އެހެންވިޔަސް އިސްލާމްދީން ފިޔަވައި ދެން ހުރި ދީންތަކަކީ ބާޠިލު ދީންތަކެއް. ޙައްޤު ދީނަކީ އިސްލާމްދީން.

    13
  7. ޢިޔާބު

    ގައުމު މިމީހާޔާ ހަވާލުކޮށްފަ ރައްޔިތުން އެހެން ތަނަކަށް ހިޖުރަ ކުރުން ނޫން ގޮތެއް އެބަ އޮތްތަ. އެހާވެސް މިމީހާގެ ނޮހޮރުއްޕާން ބޮޑުވެއްޖެ.

    11
  8. ވަކިކުރޭ

    ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

  9. މަޖްބޫރު

    އިންޑިއާ އަށް ގޮސް ހުސްވެފައި ތިބިތިބުން ނިމުމަކަށް ދިވެހިން ގެންނާނެ. އެއީ އިންތިހާބަކުން.
    ބަރުލަމާނީ އޮޅާލާ. ތިއީ ވެރިކަން ކުރެވޭނެހާ ގާބިލް މީހެއްވެސް ނޫނެއްނު ؟

  10. ރާއްޖެ

    މިއީ މީނާގެ އެކަނި ގައުމެއްތަ؟

  11. ދުނިދަނޑި

    ތިޔަ ދަނީ ރަތްރޮނގު ފަހަނަ އަޅާ ކޮންމެހެން ޤާނޫނުއަސާސީ ބަދަލުކުރާށޭ ކިޔާފަ ސަކަރާތެއް ޖައްސަވަން ޏޫޅުއްވަ ރަތްރޮނގު އެތެރޭގަ ހުންނަވާ ޤާނޫނު އަސާސީ އުވާލާފަ ލާދީނީ އެމްޑީޕީ ގެ އަސާސީޤާވާޢިދު އަދި އެޖެންޑާ 19 ކިޔާ ލާދީނީ ވިސނުން ޤާނޫނު އަސާސިއަކަށް މަޖިލީހުން ފާސްކުރަންވީނު؟ ތީ ނުކުރެވިގެން ތިޔަ ތެޅިބާލާ ކަމަކީ ޑިމޮކްރަސީ ގެންނަންށޭ ކިޔާފަ މުޅި ޤަމު ސުންނާފަތިކޮށް ޤައުމު އަޅުވެތިކޮށް ނިންމައިފި މުޅި ޤައުމު ބަނޑުދަށުލެވުނުލެއްކުޑަވެގެން ތެޅިބާލަނީ

  12. ރަތްރޮގު ރައީސް

    ރަތްރޮގުރައީސް އުތުރުކޮރެޔާގެ ޑިކްޓޭޓަރ ކޮޕީކުރާ ރައީސް ދުނިޔޭގެ އަގުބޮޑެތި ފައިވް/ސެވަން ތަރިހޮޓާތަކާ ރާއްޖޭގެ ބޮޑެތި ހޮޓާތަކާ ރިސޯޓުތކަށް ބައިތުލްމާލް ހުސްކުރާ ރައީސް އަށްއ ބުނެލަން އޮތީ ވެރިކަމެއްވެސް ބޮޑުވަޒީރުކަމެއްވެސް ނުދޭނަމޭ. ތައްޔާރު ތިވަނީ ރައްޔިތުންނާ ދެކޮޅަށް 75 ކޮމާންޑޯސް ނެރެގެން ދިވެހި ސިފައިން ނެތްބައެއްކަމަށް ހަދައިގެން ވޯޓު އޮޅުވާލައިގެން ބަރުލަމާނީ ގެންނަން ކަމަށްވަންޏާ އެކަން ހަދާންނައްތާލާށޭ ބްރޯ.