އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އަންގައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ނިމާލް މާދަމާ އޭސީސީއަށް ހާޒިރުވާން އެންގެވީ މިއަދު ހެނދުނު 11:00 ޖަހާއިރުއެވެ.

އޭސީސީން ބަލަމުން ދަނީ ނިމާލް ފެނަކަ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގި ކަމަށް ބުނާ މައްސަލައެއްގައެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މި ކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އެ ކޯލިޝަނުން ދެކޭ ގޮތުގައި އެއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ގޮތުގައި އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

ނިމާލް އެ ކޮމިޝަނަށް ހާޒިރު ކުރާ އިރު އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހޮވުނު ކައުންސިލަރަކީ އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކަނބާ

  މިސަރުކާރުން ދ.އަތޮޅުގެ އިންޖީނުގެތަކަށް މީހުންނަގާފައި އެތިބީ އިޢުލާނު ނުކޮށެވެ. ފެނަކައިގެ މިހާރުގެ އެމްޑީ މިކަމަށް ޒިންމާވާކަށް ނުޖެހޭތޯއެވެ؟

  10
 2. އުތުރުން

  ނޮޅިވަރަންފަރު އިންޖީނުގެއައް ހަތަރުމުވައްޒަފުން ނަގާފައެބަތިބި އެއްވެސް އިޢުލާނެއްނުކޮށް މިސަރުކާރުން ކޮރޮޕަސަނެއްނޫންބާ އެކަންވެސް އެއްމެބޮޑީ މިސަރުކާރު.

 3. ފާއިޒު

  ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އެމް ޑީ ޕީ ގެ ބައި އިލެކްޝަނުގައި ބައިވެރިވެ ނުހޮވުނު މީހުންނާއި ލޯކަލް ކައިންސިލް އިންތިޚާބުގައި ބައިވެރިވެ ރައްޔިތުން ބަލައިނުގަތް އެމް ޑީ ޕީގެ މީހުންނަށް ސްޓެލްކޯ އާއި ފެނަކައިން އެއްވެސް އިޢުލާނެއް ނެތި ދިން ވަޒީފާތައް ހަމަ ބަރާބަރީތަ؟