ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނެ ކަމަށް ކައިރީ ތިބި މީހުން އުއްމީދު ވެސް ނުކުރާ ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި ވާހަކައަށް އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް ޔާމީން މިނިވަން ކުރުމާއެކު، ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޖަމީލް ވިދާޅުވެފައިވަނީ، ޔާމީންގެ ވަކީލުން ހޯއްދެވީ ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އޭނާ ބައިވެރިވެވަޑައިގެން ހޯއްދެވުނު އެ ކާމިޔާބީއަކީ ޔާމީންގެ އެންމެ ކައިރި މީހުން ވެސް އުއްމީދު ކުރި ކަމެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން ވެސް ފެށުނީއްސުރެން ވެސް ގަބޫލު ކުރައްވަމުން ގެންދެވީ ރައީސް ޔާމީން މިނިވަން ވާނެ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތިއްބެވީ އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުޝްމަނުން ވަގަށް ގޮވިއިރު ވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންއަކީ ވަގެއް ނޫނޭ،" ޖަމީލް ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން ޝަހީމް ލިޔުއްވާފައިވެއެވެ.

"ދުޝްމަނުން ރައީސް ޔާމީނަށް ވަގަށް ގޮވި" ކަމަށް ޝަހީމް ލިޔުއްވިއިރު، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކަށް ޑރ. ޖަމީލް ވާނެއެވެ.

ޑރ. ޖަމީލްއަކީ 2013 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެވެ. އެ އިންތިހާބު ކާމިޔާބުކޮށް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ކަމުގައި ޖަމީލު ހުންނަވަނިކޮށް މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ޖަމީލު ދުރުކުރީއެވެ. އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޑރ. ޝަހީމްއަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެވެ. ޔާމީންގެ ވެރިކަމުގައި ފުރަތަމަ އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވިއެވެ. އޭނާ އޭރު ހުންނެވި އަދާލަތު ޕާޓީއާ އުފެދުނު ޚިޔާލު ތަފާތުވުމާއެކު މަގާމުން އިސްތިއުފާ ދެއްވީއެވެ. އެކަމަކު އަނެއްކާ ވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް ވަޑައިގެން ސަރުކާރަށް ގުޅިވަޑައިގަތެވެ.

މި ދެ ބޭފުޅުން ވެސް މިހާރު ހުންނެވީ ޔާމީން ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރުގެ މަގާމުގައެވެ. ޔާމީން ނެންގެވުމަށް ފަހު، އިދިކޮޅު ކޯލިޝަންގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ދެ ބޭފުޅުންނަށް މި ދެ ބޭފުޅުން ވެސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޙަހަ

  ތި ވަަރައް ވާަހަކަ މަވެސް ތިކަމާ އެއްބަސް

  22
 2. އަހުމަދު

  ފަހަރުގަ ޖަމީލު އުއްމީދު ނުކޮށްފާނެ. މިނިވަން ވެދާނެ ކަމަށް. . އެކަމު އަހަރެމެން ތިބީ ވ ބޮޑަށް އުއްމީދު ކޮށްގެން ...
  ޝަހީމަކީ މިއަދު ދިވެހި ރާއްޖޭގަ ހުރި އެއްމެ ފަތިފުށް ސާފު ބޭފުޅާާ. . އައި ރެސްޕެކްޓް ޑރ ޝަހީމ...

  45
  9
  • މިތިބީ

   ބަލަ ތިޔަ ޝަހީމު ކޮންކަމެއް ކުރީ ރައީސްޔާމީނުގެ ދިފާޢުގަ؟؟ ހިހޫތަނުން ކާލައިގެން ޓިކެޓުގެ ހުވަފެނުގަ ރާއްޖެއިން ބޭރުގަ އަރާމު ހާނާތަކުގަ އުޅުއްވީ. އެކަމު އަސްލު ފައިޓް މިފެށުނީ، އަދި މުއިއްޒު ޝަހީމު ޢައްސާނު މި ބައިނގަޑު ވެސް ފައިޓު ކުރާނެ ރަނިންމޭޓު ޓިކެޓަށް.. ތިޔަ ޖަމީލަކު ބޭރު ވެދާނެ އިސާހުތަކު.. ބޮޑު މަންޒަރު ބަލަން މިތިބީ

 3. އަލްޖިބްރާ

  ޖަމީލު ފާޑު ކީކީ ނޫން ! ޖަމީލު ޔާމީނަށް ހަމަ ސީދާ ވަގަށް ގޮވީ ! މިހާރު މާރަގަޅު މީހަކަށް ހެދިގެން ޔާމީނަށް ހެޔޮ އެދޭ މީހަކަށް ހެދިގެން ދެއްކެން އުޅުނަސް ، ޔާމީނަށްވެސް އެގޭނެ ، ޖަމީލަކީވެސް ޔާމީނުގެ ހަލާކަށް ހިފާފަ ހުރި މީހެއްކަން !

  25
  5
  • ނީކް

   ހައްހައްހާ!! ޖަމީލުގެ ބާބު މި ނިމުނީ..ވަރަށް އުންމީދާއެކު ރައީސް ޔާމީނު ފައިބުޑަށް މީނާއައީ ޔާމީނު މީނާއަށް ދިން ލަގާވެސް ހަނދާން ނައްތާލާފަ.. ބޯން އުޅުނު ބޮނޑި ބޮވި.. ބޮނޑި ބަތްތެއްޔަކަށް ވެ ނިމޭތަން ފެނިދާނެ އިސާހިތަކު

 4. ނަހޫޒް

  ޝަހީމް އަނެއްކާވެސް ނައީބްރައިސްކަން ލިބޭތޯ ވަރައް ހިތްވަރުކުރާހެން އެބަހީވޭ. ވަކިމަގާމެއް ހޯދަން މާގަދައަށް އުޅޭ އުޅުމަކީ އެއީ އައިބު ކަމެއް.

  23
  2
 5. ކަހުރަބު

  ތިޔަ ދެބޭފުޅުންނަކީ ވެސް ވަރައް ޢިލްމީ ޤާބިލް ދެބޭފުޅުން ތިޔަފަދަ ބޭފުޅުން ޕީޕީއެމްގަ ތިއްބެވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް ސާބިތުކަމާއެކު ރައީސްޔާމީންގެ ފަހަތް ޕުޅުގަ ތިއްބަވާ ﷲއިރާދަކުރެއްވިއްޔާ މުސްތަޤުބަލް އުޖާލާ

  21
 6. Anonymous

  ނަރީޝް އާ ސަމާހު އަދި ހަޖަމް ޓީމް ކޮށްދެއްވި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް އެންމެން ރ ޔާމީން ދޫކޮށްލި ވަގުތު ރައިސްގެ ދިފާއުގައި ތެދުވީ ހަޖަމް ޓީމް

  26
 7. ޓައްޕު

  ނަރީޝް އާ ސަމާހު އަދި ހަޖަމް ޓީމް ކޮށްދެއްވި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް އެންމެން ރ ޔާމީން ދޫކޮށްލި ވަގުތު ރައިސްގެ ދިފާއުގައި ތެދުވީ ހަޖަމް ޓީމް

  10
  1
 8. Anonymous

  ކޮބާތަ ރައްވެހިފަތިސް ކާޓޫނު ކުރެހި މީހުން،ފިލައިގެން ތިބެ ކުރިޔަސް ޔާމީން އަށް ތާއީދުކޮށް ސަޕޯޓުކުރި އެތައްބަޔަކު އެބަތިބި އަންނި ވެސް އޭގެތެރޭ ހިމެނޭ އެ މަނިކުފާނު އަބަދުވެސް ޔާމީނު އަށް ހިތްހެޔޮ

  4
  5
 9. Anonymous

  ޑަކްޓަރ ޝަހީމުއާއި ޑަކްޓަރ ޖަމީލުމެންނަށް ކިހިނެއް ހަގީގަތް އިނގެނީ.! ތީ މާމަތިންއައިސްތިބި ބަޔަކީތޯ ސާފުކޮށްލަންބޭނުން. ކަލޭމެން އެކެއްގެ މޮޅުކަމަކުންނެއްވެސްނޫން ރައީސް ޔާމީނު މިނިވަންވީކީ. ޢެއީ ތަގުދީރުގަ އެކަންއޮއްގޮތް. ޙުދު އަޅުގަނޑަކަށްވެސް އަދި ތިޔައިން އެކަކަށްވެސް ނޭނގޭނެ ރައީސް ޔާމީނަކީ ވަގެއްކަމެއް އަދި ވަގެއްނޫންކަމެއްވެސް. ﷲ މޮޅަށް ދެނެވޮޑިގަންނަވާނީ.

  17
 10. ނައިކް

  އަސްލު ފައިޓް ފެށުނީ، އާޚިރުގަ ބޮނޑި ބަތް ތެލި ކެކިގެން ތެލީގެ ބޭރަށްވެރި، އަނެއް ކޮޅަށް ޖަހާނެ

 11. އަފީ

  ޑރ. މުހައްމަދު ޖަމީލް އަހްމަދު ގެ ވާހަކައަކީ ވަރަށްވެސް ތެދު ރަގަޅު ވާހަކައެއް! ރައީސް ޔާމީން އަކީ މައުސޫމް ބޭފުޅެއް. މިކަން މުޅި ގައުމު ހެކިވޭ! މި ހުދުމުހުތާރު ވަގު ސަރުކާރުގެ އަތްދަށުން ރައީސް ޔާމީނަށް އިންސާފް ލިބޭނޭކަމުގެ އެއްވެސް އުއްމީދެއް އެއްވެސް މީހަކަށް ނެތް! މި ވާހަކަ ޑރ.ޖަމީލް އެ ވިދާޅުވީ. މާނަޔަކީ ގާތުގައި ތިބި މީހުން ރައީސް ޔާމީނަށް ވަގަށް ގޮވީކީ ނޫނޭ!

 12. މެޑަމް ފާތުން

  ތި ދެމީހުންގެ ވެސް އަސްލު މަޤްސަދު ހާސިލު ނުވާނެހެން ހީވީމަ މިހާރު ތި ބުޅާ ގޯނިން ނިކުންނަނީ. ކަލޭމެން މާ ހެޔޮއެދިގެން ކަމަށް ހެދިގެން އުޅުނަސް ކަލޭމެން ހަޤީޤަތުގަ ބޭނުންވަނީ ރައީސް ޔާމީނު ހައްޔަރުގަ ބައިންދަން އަދި ބޭނުންވަނީ ވެރިކަން.

 13. Anonymous

  އޯކޭ ޖަމީލު ވަގައް ގޮވި..އެކަމަކު އެކަންތައް މާޒީއަށް ދީފަ އެމަނިކުފާނު ނިކުތީ އިހުލާސްތެރި ހިތަކާއި އެކު ރ ޔާމީން މިނިވަންކުރަން..ޑރ ޝަހީމަކީވެސް އަޅުގަޑުމެން އިހުތިރާމްކުރާ ބޭފުޅެއް..ނަމަވެސް ރ ޔާމީން މިނިވަންކުރެއްވުމަށް މަނިކުފާނުގެ އިލްމާއި ހުނަރާއި ހިއްވަރު ދިންތަނެއް މާބޮޑަކަށް ނުފެނުނު..ދެބޭފުޅުންވެސް އަރާރުންނުވެ ދިވެހިގައުމަށް މިވަގުތު ދިމާވެފަ މިހިރަ އަދިރިކަމުން ސަލާމަތްކަން ހޯދުމަށް މާޒީ ދޫކޮށްލައްވާފަ އަވަހަށް އެކަތިގަޑަކަށްވެގެން ރ ޔާމީން އާއިއެކު ކުރިޔަށް ވަޑައިގަންނަވާ..

 14. ގައުމު ދެކެ ލޯބިވާ

  ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭބަޔަކު ފިލައިގެން ދެވޭނީ ނުކުޅެދޭ ބަޔަކު އެކަމާހަވާލުވެގެން ތިބޭތީއެއް ނޫންބާ.ނޫނީ ގަސްތުގައި އެބަޔަކަށް ދައުލަތުން ފުރުސަތު ދިނީމައެއްނޫންތަ.އެހެން ނޫނަސް ރައީސް ޔާމީނެއް ނޫޅުއްވާ ސަރުކާރުދެކެ ބިރުން ފިއްކަޑައިގެން ގޮސްގެނެއް.އެމަނިކުފާނެއް ނޫޅުއްވާ ގައުމާއި ރައްޔިތުން ދޫކުރައްވައި ފިއްލަވާކަށް.ރައީސް ޔާމީނަކީ ކެނެރީގެ ނަށީދެއްނޫން.