ރާއްޖެ އަށް އެތެރެކޮށް ބޭނުން ކުރަމުން އަންނަ އައިވީ ޕްރޮޑަކްޓެއް ކަމަށްވާ އާރުއެލް ބޭނުން ކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ މި އައިވީގައި ކޮލިޓީ މައްސަލަތަކެއް ދިމާވެފައި ވާތީ މި އައިވީ ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވާ އައިވީއަކީ އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އައިވީއެއް ނޫން ކަމަށްވެއެވެ.

އެހެންވެ މި ޕްރޮޑަކްޓް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން ރިޕޯޓު ކުރުމަށް އެމްއެފްޑީއޭ އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮއްޔާ

    އިންޑިޔާއިން އެތެރެ ކޮއްފަ ހުރި އެެްއްޗެއްކަންވެސް ނުބުނަނީ ރައްޔިތުންނަށް އެވަރުވެސް އޮޅުވާލުމަށް ނޫންބާ !! ބޮޑުވަރު ،،، އިންޑިޔާ އައުޓް //

    21
    1
    • ޙަބަރު

      ހަމަ ރަނގަޅަށް ތިބުނީ!! އިންޑިޔާއިން އެތެރެކޮށްފައިވާ ފެންވަރު ދެރަ ފޭކް އައިވީ ތަކެއް ފެނިގެން ވަރަށް އެކަން ސިއްރުކޮށްގެން އުޅެނީ!! ކިތަންމެ ސިއްރުކުރިޔަސް އެކަން އޮތީ ފަޅާ އަރާފަ!! ދޮގެކޭ ބުނެބަލަ އަޅެ!

  2. ސިމްނާ

    ކީއްވެބާ އެޕްރޫވް ނުކޮށް ރާއްޖެ އެތެރެވީ؟އިންޑިޔާ އެއްޗެއްވީމަ އަޅާނުލާ ދޫކޮށްލީބާ؟ތަންފުކެއް ބޮޑުވަރުމީ.

  3. ކައުންސެލަރު

    މެނުފެކަޗަރަޑް އިން އިންޑިއާ. ކިހާބޮޑު .. އެއްމީ