ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އުޅޭ ދެ ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

މިމައްސަލައިގައި ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން އާއި ޝޮހެލްއެވެ.

އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.

ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކެއްގެ ނަމަކަށް ކިޔަނީ ރަބީއަﷲ އެވެ. ދެވަނަ މީހާގެ ނަމަކަށް ކިޔަނީ މުހައްމަދު ފިރްދައުސްއެވެ.

އެމީހުން 15 ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރޮބީއުﷲ ބަންދުގައި ބަަހައްޓަން ކޯޓުން ކުރި އަމުރުގެ ލިއުމުން އެނގޭ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. ފިރުދައުސްއަކީ ވެސް ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ބޭރު ފައިސާގެ ތެރެއިން ހާއްސަކޮށް ޑޮލަރުގެ ކަޅު ބާޒާރުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމުގެ ޝަކުވާ އާއްމުން ވަރަށް ބޮޑަށް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގަންބާޅި

  ބަންގާޅިއަކު ކުރީމަ ދޯ ގޯސްވަނީ. ރާއްޖޭގަ އުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް ވަރަށްބައިވަރު ފައިސާ ތިހެން ގަނެވިއްކާ. ދިވެހިންވެސް ކުރޭ. ޑޮލަރު ހުރި ބަޔަކު އެމީހުންނަށް ވިއްކީމަ ދޯ ގަނެވޭނީ.

  1
  8
 2. ކޮރަލް

  އިމިގްރޭޝަން ޗެކް ކޮށްލަ ބަލާށެވެ. ރާއްޖެ އިން ބޭރުގަ ވެސް އުޅެ ދާނެ އެވެ. ނޫނީ ފުރުވާލާފަ ވެސް އޮވެދާނެ އެވެ.

 3. ރަބަރޭ

  މިކަމުގެ އެންމެ އަޑީގައި ތިބީ ދިވެހި ރިސޯޓް ހިންގާ މަހުޖަނުންނާ ހަމަ އެފަދަ ލަންކާ އިންޑިޔާގެ ރިސޯޓް އޯނަރުން!! މިކަން ނިކަން ކޮޅެއްގެ ޖައްސަބަލަ!

 4. އެމްޕީ

  ތިމަރަފުށީ އަބްދުﷲ ރިޔާޒަކީ ތިޔަކަމުގެ ތެރޭގައި އުޅޭމީހެއް، އޭނާގެ ޕަޕެޓުން އުޅޭވަރަށް