މާލޭގެ ހަމަޖެހުން ނަގާލުމަށްޓަކައި ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުތުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލުމަށް އިޖާބަ ނުދިނުމަށާއި އެގޮތަށް ހަޅުތާޅު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށް އަންނަ ކުރިއެރުމާއި ބަދަލުތަކަށް ވިސްނަވަން ޖެހޭކަމަށާއި ހަޅުތާޅު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

"މާލޭގެ ހަމަޖެހުން ނަގާލުމަށްޓަކައި ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުތުމަށް މިގޮވާލުމަށް އިޖާބަ ނުދެއްވާށޭ. ސަބަބަކީ އަޅުގަނޑުމެން އެންމެން އެބަ ވިސްނަންޖެހޭ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީއަށްޓަކަައި ރައީސް ޔާމީން ކުރިޔަށް މިގެންދަވާ މަސައްކަތްފުޅުތަކާއި، ތިއިން ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށް އަންނަ ކުރިއެރުމާއި އާއްދަނީ އިތުރުވުމާއި ވަޒީފާގެ ފުރުސަތު ލިބުމާއި ސިއްހަތާ ތައުލީމީ ކަންކަމަށް ލިބޭ ކުރިއެރުމާއި މިހުރިހާ ސަބަބަށް ވިސްނާއިރު ހަޅުތާޅު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން." މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާާޅުވީ މަގުމައްޗަށްނިކުމެ އެހެންމީހުނަށާއި ވިޔަފާރިތަކަށް އުދަގޫ ކުރިމަތި ވާނެހެން މުޒާހަރާކުރުމުގެ ހައިސިއްޔަތެއް ނުވަތަ ސަބަބެއްވެސް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށެވެ. އަދި ވިދާޅުވީ އިޖްތިމާއީ، ދީނީ އަދި ޤާނޫނީ ނަޒަރިއްޔާތަކުން ވިސްނި ނަމަވެސް އެއީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގައި ބައެއްގެ ޙައްޤުތައް ގެއްލިގެން ނޫޅޭކަމަށާއި ބަޔަކު އުޅެނީ ވެރިކަމުގެ ދަހިވަތުކަމުގަޔާއި ދައުލަތަށް ދައްކަންހުރި ފައިސާއިން ރެކެންށާއި އަމިއްލަ ބައެއް ބޭނުންތައް ފުއްދުމަށްޓަކައި މުޅި ޤައުމު ހައިޖެކްޓް ކުރަންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟަރީ

    ކަލެޔައް ކޯއްޗެއްތަ އެގޭނީ ވަގު ފުލެޓް.. ފުލެޓްގެ ހައްގުވެރިންނައް އޮޅުވާލައިގެން ނަރަކައިގަ އޮއްނާތި... ގިޔާމަތް ދުވަސް ހާސްއަހަރައް ދިގުކުރެއްވީ ތިކަހަލަ ވަގުންގެ ކަންތައްތައް ބެލެން.. ޔާމީނެއް ނާންނާނެ އެދުވަހަކުން ސަލާމަތް ކޮއްދޭކައް..

  2. ޙާލަތު

    ކުއްލި ނުރައްކަލުގެ ޙާލަތު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް

    • ވަރަށް އުނދަގޫވޭ

      އެހެންވިއްޔާ ފުލުހުންނާ ސިފައިންގެ ޢާއިލާތަކަށް އުނދަގޫ ކުރަންދޯ، ކުއްލި ނުރައްކަލޭ ކިޔާފަ އެމީހުން ހިފަހައްޓައިގެން މިއުޅެނީ

  3. ސީނުކަރަ

    ހަޅުތާލު ކުރަނީ ރަތްޔިތުން ނަން ބޭނުންކޮއްގެން ގައުހަލާކު ކުރަން