ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަމައަކުން އަދުލުވެރިކަން ނުނިމޭ ކަމަށާއި އެ އަދުލުވެރިކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމްކޮށްފައި ވަނީ 28 ނޮވެމްބަރު 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކޯޓުގައި މައްސަލަ ބެލިއެވެ. އެންމެ ފަހުން، ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަން ކުރަން ހުކުމްކޮށްފައެވެ. ޔާމީން މިނިވަން ކުރަން ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

https://twitter.com/IbrahimMuazAli/status/1465993232098029571?s=20

ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ފަނޑިޔާރު ގޭގެ އަދުލުވެރިކަން ހަމައެކަނި ޔާމީންގެ ހަމައަކުން ނުނިމޭ ކަމަށެވެ. އެ އަދުލުވެރިކަން އަދީބާ ވެސް އަރާ ހަމަވާން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ. ރާއްޖެ އަށް ހަގީގީ ހަމަޖެހުމާއި އިންސާފު އަންނަނީ އަދީބު މިނިވަންވީ ދުވަހަކުން ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. މުއާޒްގެ ޓުވީޓުތަކުގައި ޔާމީނާއި އަދީބަށް ވެސް ތައުރީފް ކުރައްވާފައިވެއެވެ.

https://twitter.com/IbrahimMuazAli/status/1465625538081353731?s=20

މުއާޒް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބިޔަ ބޮޑެތި މަޝްރޫއުތައް ގެނެސްދިން މޭސްތިރިއަކީ އަދި ހިޔާލީ ފިކުރުގެ އަސްލަކީ އަދީބެވެ.

"މިއަދު މިކަމަށް ހެކި ވާނެ މީހުން މަދުވެދާނެ. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށް،" ފްރީ އަދީބުގެ ހޭޝްޓެގާއެކު މުއާޒް ވިދާޅުވިއެވެ.

ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވެވި ޔާމީނަށް ތައުރީފް ކުރައްވައި މުއާޒް ވިދާޅުވީ ޔާމީނަކީ ވަގެއް ނޫން ކަން އޭރު ދެންނެވި ވާހަކަ ތެދަކަށްވެފައިވާ ކަމަށެވެ. އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް ވަގުން ވައްކަން ކުރާ ކަމަށާއި އޭރު ވެސް ކުރި ބަޔަކު ކުރި ގޮތަށް މިހާރު ވެސް އެކަން ކުރާ ބަޔަކު އުޅޭ ކަމަށް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެންނެވެ.

މުއާޒް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންއަކީ ކުށްވެރިއެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާ އިން މިނިވަން ކުރުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ މި ޓުވީޓުގައި ޔާމީން ވަރަށް ބޮޑަށް ދިފާއު ވެސް ކުރައްވައިފައެވެ. މުއާޒް ވިދާޅުވި ގޮތުގައި އެކުގައި ހޭދަކުރި ގިނަ ދުވަސްތަކުގައި ވައްކަން ކުރެއްވުމާއި ރާއްވަވަން ވެސް ޔާމީން އުޅުއްވާފައެއް ނުވެއެވެ.

މުއާޒް، އެންމެ ފަހުން ސިޔާސީ ހަރަކާތްތަކުން އާންމުންނަށް ފެނުނީ މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ޕީޕީއެމުން ބޭއްވި މުޒާހަރާތަކުންނެވެ. ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ އޭރު ބޭއްވި މުޒާހަރާތައް ލީޑް ކުރެއްވި އެއް ބޭފުޅަކީ މުއާޒެވެ. އެކަމަކު، ވަކި ހިސާބަކުން އޭނާ ވަނީ އެ ޕާޓީ އާއި ސިޔާސީ ހަރަކާތްތަކުން ވެސް ދުރަށް ޖެހިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވެގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު މިހާރު ހުންނެވީ ގޭބަންދުގައެވެ. އަދީބު ގެ އަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަން ނުކުޅެދޭ ފަދަ ބައްޔެއް ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    މުއާޒު ކޮންހޮރެއްގަ އޮވެފަކަލޯތިނިކުތީ އަދީބު ކިހާވަރެއްދިނީ

    73
  2. ޢަދުރޭ

    ގެއްލިފަ ހުރި މީހަކު ކޮންމެސް މަޝްހޫރު ޕޮލިޓިޝަނެއްގެ ވާހަކަ ދައްކައިގަތީމަތާ ހެޑްލައިން ތަކަށް އަރާނީ

    68
    1
  3. މަރީ

    އަދުލުވެރި ހުކުމެއް އަދީބަށް ކުރާނަމަ 50 އަހަރަށް ޖަލަށް ހުކުމް ކުރަންޖެހޭނެ ، މުޅިދައުލަތު ލޫޓްވާލި މީހެއްތިޔައީ ، ވަރަށް ސަލާމް.

    88
    1
    • ދިރާސާ

      ޕީޖީ ޝަމީމު ބުނި ތިއަށްވުރެ މާގިނައިން އަދީބަށްހުކުމް އަންނާނެކަމަށް.

      13
  4. އުގުރި

    ތިޔައީ ކަލޭގެ ވިސްނުން. އަހަރުމެންގެ ވިސްނުމެއް އަދި ނެއް ތިކަމަކާ

    65
  5. ކައްކަކޯ

    ސިޔާސީ ކުޅިހިގާގޮތް ނޭގޜ މައިދާނަށް ނުފަރިތަ ބޭފުޅެ މުއާޒަ ކީ..ރޔާމީންގެ ވެރި ކަން ނިމި ޕޕމ ބަލި ކަޑިވިދުވަހު ދުއްވަގައި ގިނަމީހުންނަ ކީ މިބުނި ކެޓަގަރީގެމީހުން..ސާބިތުވެ އެއްގޮތެއްގަ ނުހުރެވޭ މީހުން މިއަދު ރައްޔިތުން ބަލައެއް ނުގަންނާނެ..އަދީބަށް މުއާޒު ކުރި ތައުރީފަށް ބަހެއް ބުނުމުގެބޭނުމެނެތް ދިވެހި ރައްޔިތުންގެ ކުރިމަތީގަ އަދީބުގެ އިއުތިރާފުފުދޭ ބޮޑު ފަޑިޔާރުގެއަށްވެސް ބޮޑު ފަޑިޔާރުންނަވެސް..މުއާޒު ހިއްވަރެ ހުރިއްޔާ މައާފަށް އެދިފަ ޕޕމއަށް އާދޭ އޭރުން ދެންވެސް ކުރިމަގަށް އަލި ކޮއްލެވޭނީ...

    41
    3
  6. ބޮކި

    ޔާމީންވެސް އެއްމިލިޔަން ޑޮލަރުން މަންފާ ހޯދުމުން ކަލޭމެންނަށް ހަމަ ރަނގަޅުދޯ ؟؟؟؟؟؟؟؟؟

    4
    36
    • ކާފަބޭ2020

      ބޮކިދިއްލުނީ އަނެއްކާވެސްރީލޯޑެއްލިބުނީތަ؟ ސޮޑާފުޅީގެ ފުލެއްއައިނަށްލަށްވައިގެނަމަވެސް ޒީރޯޓޮލަރެންސްގެދަށުން ފުޅިއްސާލާފަވަނީ ކިތައްމިލިއަންޑޮލަރުތޯބަލާބަލަ! ކާސިންބެކޮށްދޭރިލޯޑުންމާބޮޑަށް ފުސްއަރާފަތިޔަހަރީދޯ؟ ކުޑަކޮށްފައިވާ ހުސްނުވާއާސަންދައިންއެހީއެއްހޯދާގެން ތިޔަބަލިމަޑުކަމަށްފަރުވާއެއްލިބޭތޯބަލާށެވެ.

    • Anonymous

      ރ.ޔާމީން ގެ ތިޔަބުނާ 1މިލިޔަން ޑޮލަރުން ކިތަންމެ މަންފާއެއް ހޯދަމުން ދިޔަކަމުގަވިޔަސް އެއީ ސަރުކާރު އަދި އަހަރުމެން ރައްޔިތުންނާއި ބެހޭ އެއްޗެއްނޫންކަން އެވަނީ ސާބިތުވެފައި، އެކަހަލަ ގަޓްރައީސުން ދަންނާނެ ދައުލަތުގެ ބައިތިލްމާލަށް އުނިނުކޮށް ވައްކަމެއްނޮކޮށް ފައިސާ ހޯދަން، އެފަދަ ބޭކަލުން އެދުނީމަ ބޭރުގައުމުތަކުގެ މުއްސަދިންވެސް ބޮޑެތިއަދަދުން ފައިސާދޭން ފަސްނުޖެހޭނެ، އެއީ އެެފަހަރުގެ ކެމްޕެއިންނަށް އެމަނިކުފާނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާތަކެއް، ކަލޭމެންނަކީ ތިހާވަރު ބައެއްނަމަ ކީއްވީ ސާބިތުކޮށްނުދެވިނީ ޚިޔާނާތް ފައިސާތަކެއް މަނީލޮންޑަރ ކުރަނީކަން

  7. ނާދިރާ

    އަދީބު އަތުން ލިބުނުމީހުން

    33
  8. Anonymous

    ދެފުއްކެހެރި މުވާ، ކަލޭ ތިޔަ ބުނާ އިންސާފުލިބެންޖެހޭ ވަގުއަދީބު މިގައުމަށް ގެނެސްދިންހާވެސް ބިޔަ ބޮޑެތި މަޝްރޫއުތަކަކީ ވަގަށް ރައްޔިތުންގެ ބިޔަބޮޑެތި ބިލިޔަންސް ޑޮލަރ އަންބޮނޑިކުރި މަޝްރޫއު ތަކެވެ. ކަލޭ މިހާރު ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ މިގައުމިގަ ބިޔަމަޝްރޫއުތަކާއި ބިޔަ ތަރައްގީގެބާނީއަކީ ރ.ޔާމީނުކަން މިހަގީގަށް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ.# އެމައިވަގު އަދީބަށް އެއްވެސް ފަނޑިޔާރުގެއަކުން އިންސާފު ދެންޏާ އެކަލޭގެ ހުންނަންޖެހޭނީ އުމުރަށް ޖަލަށް ގަޅުވާފައެވެ. ކަލެއަށް ކަލޭ އަމިއްލައަށް އޮޅުވާލެވުނަސް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. ކަލޭ މިހާރު ތިފަދަ ސްޕީޗު ދެނީ ވަގުއަދީބު ފައިސާފުންޏަކުން ބަނޑު ބޮޑުކޮށްދިނީމަ އެވަގުކަލޭގެ ޕްރޮމޯޓްކުރަން ދޮތެ##

    27
    3
  9. ދިރާސާ

    އަދީބު އޮތީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު ލިޔުމެއްގަ ސޮއެކޮށްފަ.

    35
    1
    • އަލިބެއްޔާ

      ދައުލަތަށް އެނގޭ އަދީބަކީ ބޮލެއްކަން.. ފަންޏެއްކަން.. ހައްލާލެވޭނެކަން.. އަމިއްލަ އިޚްތިޔާރުގައި އިޢުތިރާފް ބަޔާންދީ ސޮއިކޮށް ނުވިތާކަށް ފިންގަރ ޕްރިންޓްވެސް ޖަހައި ދީފަ އަދީބު ހުރީ.. ދެން އިންސާފުން އޭނާއަށް ޙުކުމެއް ކުރަންޏާ ޖެހޭނީ މަރުގެ އަދަބު ދޭން. ހެހެހެހެހެ...

  10. ޙަދިސައިބު

    ޢަދީބާއި ޖެނެރީގޭ ނަސީދުއާއު ސަހިދުއައި މާރިޔާއާއި ސަލިހުއާއި ހަސަން ލަތީފަކީ ޖަލުގައި އުމުރު ހޭދަކުރަންޖެހޭ ޚާއިނުން!

    34
    1
  11. ގުންޑާ

    ޔާމީނުކައިރީ ހުރެވުނުނަމައޭ ހީވީ ދޯ

  12. އާސިދާ

    މުއާޒު ކަލޭގެ އަނގަފެޅީދޯ ތޯބޮޑު ފިނޑިއެއް ދޮގުވެރިއެއް...ޔޫ އާ އައުޓް

  13. ރަޝީދު

    ޢަދުލުވެރިވުމަކީ ވަގުން މިނިވަންކުރުންތޯ؟

  14. އަފީ

    އަހުމަދު އަދީބު އަތުން ލިބުނު ނަފާވެރިކަމުގައި ސްރީލަންކާ ގައި މުއާޒް ކުޅު ނާޗަރަންގީ ވަރަށް ގާތުން ދުށިން! ދުލުގަ ހިފާ ދަމަން ނޫޅޭ!

  15. Anonymous

    ރ.ޔާމީން ގެ ތިޔަބުނާ 1މިލިޔަން ޑޮލަރުން ކިތަންމެ މަންފާއެއް ހޯދަމުން ދިޔަކަމުގަވިޔަސް އެއީ ސަރުކާރު އަދި އަހަރުމެން ރައްޔިތުންނާއި ބެހޭ އެއްޗެއްނޫންކަން އެވަނީ ސާބިތުވެފައި، އެކަހަލަ ގަޓްރައީސުން ދަންނާނެ ދައުލަތުގެ ބައިތިލްމާލަށް އުނިނުކޮށް ވައްކަމެއްނޮކޮށް ފައިސާ ހޯދަން، އެފަދަ ބޭކަލުން އެދުނީމަ ބޭރުގައުމުތަކުގެ މުއްސަދިންވެސް ބޮޑެތިއަދަދުން ފައިސާދޭން ފަސްނުޖެހޭނެ، އެއީ އެެފަހަރުގެ ކެމްޕެއިންނަށް އެމަނިކުފާނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާތަކެއް، ކަލޭމެންނަކީ ތިހާވަރު ބައެއްނަމަ ކީއްވީ ސާބިތުކޮށްނުދެވިނީ ޚިޔާނާތް ފައިސާތަކެއް މަނީލޮންޑަރ ކުރަނީކަން