އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް އޮފީހުގެ ދޮރުމައްޗަށާއި، ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށާއި، ޖުމްހޫރީ މައިދާނަށް ގަސްތުގައި ކުޑަކަމުދިޔަ މައްސަލާގައި އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

އޭނާ ފަހުން ހައްޔަރު ކުރީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރުމުންނެވެ.

ނޮވެމްބަރު މަހު އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އެތަންތަނަށް ކުޑަކަމުދިޔައީ މަސްތުހާލުގައި ހުރެގެން ކަަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެެެއް ކުރުމުގެ ކުށުގެ ދެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އޭނާ ޖަލަށް ލާން ކުރި ފުރަތަމަ ހުކުމްގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެެެއް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުން ބެލި ބެލުމުން އޭނާ އެ ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް އެ އަމަލު ކުރިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ދެވަނަ ހުކުމްގައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެެެއް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުން ބެލި ބެލުމުން އޭނާ މާލޭގެ އިސްލާމީ މަރުކަޒުގައި މަޣްރިބް ނަމާދު ވަގުތު މިސްކިތުގެ އިމާމް މީހާ ކުރިމަތީގައި ގިބްލައަށް ހުރެ ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް އެ އަމަލު ކުރިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ބުނެފައިވެއެވެ.

ކޯޓުން އިއްވި ހުކުމުގައި ވަނީ ދެ ދައުވާ އެއްކޮށްލުމުން އޭނާ ތަންފީޒުކުރަންޖެހޭ ޖަލު މުއްދަތަކީ އެއް މަހާއި 19 ދުވަހެވެ. އޭނާ އެއް މަހާއި 19 ދުވަހުގެ ޖަލުގައި ހޭދަކުރަން ޖެހެނީ ކުރިން 23 ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީއެވެ.

އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކްރޯމް

    ހުއްދަ ނެތި ގެއަކަށް ވަނުމުން ތިން މަހަށް ޖަލަށް

    20
    • ހަސީ

      މިސްކިތަށް ކުޑަކަމުދިޔައީ ހުއްދައެއް ހޯދައިގެން ކަމަށް ބެލެވެނީ. އެހެންވެ 1 މަސް.

  2. ދެބޯގެރި

    އެހެންމީހުންގެ މައްޗަށް 20 އަދި 30 ދަޢުވާކުރާއިރު މި މުޖުރިމުކަލޭގެ މައްޗަށް މިހާ ލުއި ދަޢުވާއެއްކުރީހަމަ މިކަލޭގެ ހިންގި ޢަމަލަކީ އެހާ އާދައިގެ ކުޑަ ކަމެއްކަމަށް ޕީޖިއަށް އަދި މި ސަރުކާރަށް ޤަބޫލްކުރެވޭތީ ތޯ؟ ޤާނޫނު ޢުޤޫބާތް ފަރުމާކޮށްފަ އޮންނަނީ އެއިރެއްގެ ވެރިކަން ހިންގާ ފަރާތަކުން ބޭނުންވަރަކަށް ދަޢޫވާކުރެވޭގޮތަށް ފަރުމާކޮށްފަ އެކަމަކު މި މުޑުދާރުކަލޭގެމައްޗަށް މިހާކުޑަ އަދަބެއް އަންނަ ގޮތަށް އާދައިގެ މީހަކު ކިނބިއްސެއްއަޅާ ކަހަލަ ދަޢޫވާކޮށްނިންމާލީ މުސްލިމުންގެ އެންމެމާތް އަޅުކަންކުރާ ތަންނަަށް ކުޑަކަމުގޮސް އިސްލާމްދީނަށް ފުރައްސާރަކޮށް އެތަންތަނުގެ ހުރުމަތްކަނޑާ މިކަހަލަ މުޑުދާރު ޖަރީމާހިންގީތީ އެކަމުގެ އިނާމެއްގެގޮތުންތޯ؟ މި ޤައުމުގަ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ޖަރީމާހިންގާ މީހުން ހިމާޔަތްކުރަމުންދާކަން ވަރަށްސާފު

  3. އަހުމަދު

    އަދަބު މާ ކުޑަ.

    11
  4. މާސޭ

    ކޮބާ ހަތިމަށް ކުޅު ޖެހީމަ ދިންއަދަބަކީ ތީ ކޮންކަހަލަހުކުމެއް

  5. ވަރުޖާޑި

    ދެން އެކަހަލަ އަމަލެއް ހިންގައިފިއްޔާ ކަލޯ އަހަރުން ނުތިބޭނަން ބަލަހައްޓައިގެން. ފުލުހުންނަކާ ހަަވާލެއްވެސް ނުކުރާނަން. ތަނުތަނުން ހުކުމްކޮށް ތަންފީޒުކޮށް ނިންމާލާނަން.