މިއަދު ރާއްޖެ އިން އިތުރު 100 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 70 މީހުން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ ހަތަރު މީހުންނެވެ.
މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3696 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %2.71 މީހުންނެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 39 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1673 މީހުންނަށެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން އެކަކު ނިޔާވިއެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 91750 އަށް އަރާފައެވެ. އޭގެތެރެއިން 89813 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 251 މީހުން ވަނީ ނިޔާވެފައެވެ.
ޙަމަރަގަޅަށްބާ ހިސާބު ތިހަދަނީ