އަދުލްވެރި ޝަރީއަތެއް ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ގައިގަ އަތެއް ނުލެވޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިއްޔެ ޖަލު ހުކުމުން ސަލާމަތް ވެވަޑައިގެން ފުރަތަމަ ފަހަރަށް ޕީޕީއެމްގެ އާއްމު މެންބަރުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން މިރޭ ވިދާޅުވީ ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނެ އަދުލްވެރި ޝަރީއަތެއް ކޮށްގެން އެމަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރައްވާ ކަމަށެވެ.
"ހައްޤު ޝަރީއަތެއްކޮށްފިކަމަށް ވަންޏާ ޢަދުލުވެރިކަމާއި އެކީ ކަމެއްބަލައިފިކަމަށް ވަންޏާ ހަމަ މީގެ އަހަރުތަކެއްކުރިން މި ޕޯޑިއަމްގައި ދެންނެވިގޮތަށް އަޅުގަނޑުގައިގަ އަތްލެވޭނެ ޖާގައެއް ނޯންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާއި ގުޅޭ ގޮތުން ވާހަކައެއް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ލީކްވެފައިވާ އޯޑިއޯތަކުގެ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލު ކުރެއްވެވިއެވެ. "އެތުހުމަތުތަކުން ފަނޑިޔާރުންނަށް ބަރީއަ ނުވެވޭނަމަ ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާނެ." ޔާމީން ވިދާޅުވިއެވެ.
"އަނެއް ބަންދު ހުރަސް އަންނަންދެން" ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ޔާމީން ވިދާޅުވީ "އަދުލުގެ ނިޒާމަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ކޮރު ނިޒާމު" ކަމަށެވެ. "ޝަރީއަތުން ގޮތެއް ނިންމާ ފަދައިން ޝައްކެއް ނެތް މިންވަރަށް މިކަން ސާބިތު ކޮށްދޭން ޖެހޭ. މިހާރު މިއޮތީ ޝައްކު އުފެދިފައި. ހުރިހާ ނިޒާމަކަށް ނުފޫޒު ފޯރުވުން ހުއްޓުވަން ޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނާއި ހަވާލުވެފައި ވަނީ އެހެން މީހުންނަށް އޮތް ޒިންމާއަށްވުރެ މާބޮޑު ޒިންމާއެއް ކަމަށެވެ.
މިހާރު އިދިކޮޅު އިއްތިހާދުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވެސް މިރޭ ރައީސް ޔާމީން ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެންނާއެކީ ކެރިވަޑައިގެން ތިޔަ ކުރެއްވި މަސައްކަތް ކުރާނަމޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޖަލު ހުކުމުން ސަލާމަތްވުމުން ރައީސް ޔާމީން ވިދާޅުވީ "ﷲ ކަމަކަށް މިންވަރު ކުރެއްވުމުން އެކަމަށް ހުރަސްއެޅޭނެ އެއްވެސް ޖައްބާރެއް ނުހުންނާނެ." ކަމަށެވެ. މިފަދަ އިމްތިހާންތަކުގައި ކެތްތެރިކަމާއިއެކު ކުރިމަތިލުން އެއީ އިންސާނުންނަށް އޮތްގޮތް ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް "ހަމަލާތައް" އަންނާނެކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ އެމަނިކުފާނަށް އަންނަ ކޮންމެ ހަމަލާ އަކީ ދިވެހި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް އަންނަ ހަމަލާއެއް ކަމަށެވެ. އަދި ދީނާއި ގައުމަށް އަންނަ ގޮންޖެހުންތަކެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތް ކޮށްދެއްވުން އެދި އެތައް ހާސް ރައްޔިތުންނެއް ހުއްޓުމެއްނެތި ދުއާ ކުރަމުން ގެންދިޔަކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެން ބާއްވާ ފުރަތަމަ ރަސްމީ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޑުވަހެއް އެބައާދޭ. އެދުވަހަކުން އެނގޭނެ ގަޔަކު އައިލެވޭނެކަމާއި ނުލެވޭނެކަން. އެދުވަހުންވެސް ބުނާނީ ތިހެންދޯ
ޔާމީނު އަނގަ ހުޅުވައިފިއްޔާ ހާދަވަރެކޭ ތިވަނީ
ތެދެއް ތިބުނީ ވާނީވެސް އެހެންދޯ؟ ބިރުގަންނަނީ، އެނގޭ ބޭނުންހާ ޗަރުކޭހެއް މިޤައުމުގާ ނުކުޅެވޭނެކަން، ވެއްޓިދާނެކަން،
ކުރާ ކޮންމެ ވަ އްކަމަކީ ޝަރީ އ އަތުން ސާބިތު ވާނެ ކަމެއ އް ވެސް ނޫން.
އެންމެފުރަތަމަވެސް ރައީސް ޔާމީން ހަމްދާޝުކުރު ކުރީ މާތްﷲ އަށް، އަދި ތަކުރާރުކޮށް ﷲގެ މިންވަރުފުޅަށް ޝުކުކުރުވެރިވި، މިއީ އިސްލާމްދީންދެކެ ލޯބިވާ ވެރިންގެ ސިފައަކީ، އިޔާޒުމެން ކިތަންމެ ރުޅިއަޔަސް މިއީ ހަގީގަތް، ދީނީ ޢިލްމު އުނގެނި ދީނީ ދަރުސްދީ ހަދާފަ ހިލޭ އަންހެނުންނާ ސަލާންކޮށް ކުރުސޯޓު ލައިގެން އުޅޭ މީހުންގެ މުނާފިގުކަން މާބޮޑު.
އަންނި މިހާރު ތެޅެނީ ބޮޑުވަޒީރުކަންނުކުރެވިގެން ގާނޫނުބަދަލުނުކުރެވިގެން، އެންމެ ފުރަތަމަ ކުރަންވީ މި ސަރުކާރުގެ ތެރޭތިބި އަންނިގެ އާ ދުއްވުން ސައިޒުކުރުން. ޔާމިންއައްވުރެ އެ މީހުންގެ އެނިމޯސިޓީ މާބޮޑު.
މިދުނި އަކު ތިވިދާޅުވާ ޢަދުލެއް ނުލިބޭނެކަން ހާމަވެގެން ތިދިޔައީ. ޢަދުލުގެ ވާހަކަ ކިތައްމެ ވަރަކަށް ދެއްކިޔަސް އެވާހަކަ ގަބޫލުކުރާނެ ގިނަ ރައްޔިތުންނެއް ނުތިބޭނެ. ފައިސާތައް ވަދެފަ ހުރިކަން އަދި އެއި ކޮން ފައިސާއެއްކަން ސްޕްރީމް ކޯޓަކުން ނުބަލާ ކަން ރައްޔިތުންނަށް އެގޭ، ސްޕްރީމް ކޯޓުން ކުރި ކަމަކި ހައިކޯޓުްން މައްސަލަ ބެރީ ރަގަޅަށް ތޯ. ތި މައްސަލަ ފުރަތަމަ ސްޕްރީމް ކޮޓުން ބެލިނަމަ ދާނެގޮތް ރައްޔިތުންނަށް ވަރަށް ސާފު. ފެންވަރު ރަގަޅު ވަކީލުން މައްސަލަތައް ކޯޓުން ނިންމާނެ އެމީހުން ބޭނުންވާގޮތަކަށް ވަކާލާތު ކޮށްގެން. އޭގެ މާނައެއް ނުން އެއީ ޔާމިނު ސާފު ފޮތިކޮޅެކޭ. އެއީ ހަމަ ވަކީލުންގެ މޮލުކަން. ދައުލަތުގެ ވަކިލުންގެ ފެންވަރު ހަމަ ދަށީ.
ބަލަ ބަޓީ. އެއްވެސް މުޖުތަމައެއްގަ ކުއްކުރި ފަރާތް ނުވަތަ ފަރާތްތައް ޝަރީއަތުން ބަރީޢަކޮށް އެހެން މީހެއްގެ މައްޗަށް ޝަރީޢަތްކުރުން ޤަބޫލުކުރާނެތަ؟؟؟ ފާޅުގަ ވައްކަންކުރި ވަގުންނާ ފަނިއެޅުވި އަދި ރޯމާދުވާލު ފަނޑިޔާރަކު ރަހީނުކުރި މީހަކު އެހެރިގެން ތެޅިބާލަނީ. ވައްކަންކުރި މީހުން ތިބީ ގޭގަ. އެމީހުން ގޭގަ ބައިތިއްބާފަ އެހެން މީހުންނަށް ޝަރީޢަތްކުރުން ބަލައެއް ނުގަނެވޭ. ޝަރީޢަތަކުން މީހެއްގެ މައުސޫމްކަން ސާބިތުވެއްޖެނަމަ ދެނެއް ނުބުނެވޭނެ އެމީހަކީ ކުށްވެރިއެކޭ.
މަނިކުފާނު ގައިގައި އަތް ނުލެވެނީ މަނިކުފާނު އަތުގައި ފައިސާ ހުރުމުން. އެކަން އަމިއްލަފުޅަށްވެސް ގަބޫލު ކުރައްވާ ދެއްތޯ. އާދައިގެ ނިކަމެއްޗަކު ނަމަ އޮންނާނި އުމުރު ދުވަހު ޖަލުގައި. އެކަންވެސް ގަބޫލުކުރައްވާ ދެއްތޯ. ވަށައިގެން 5 ،6 ވަކީލުން ގެންގުޅޭހާ ލާރިއެއް އާންމު ރައްޔިތު މީހާ އަތަކު ނުހުންނާނެކަމާއި ތިޔަ ބުނާއި ގައިގައި އަތް ނުލެވެނީ އަކި ޝަރީއަށް އިންސާފުވެގެން ނުންކަން ރައްޔިތުންނަށް އެގޭކަންވެސް ގަބޫލުކުރައްވާ ދެއްތޯ. ޒިނޭކޮށްފަ ޒިނޭގެ ދަރިން ތިބޭ މީހުންގެ މައްސަލަވެސް ކޯޓުން އެބަ ނިންމާ ޒިނޭ ނުކުރާ ކަމަށް ހަމަ ވަކީލުންގެ ކުލަދާނަ ކަމުން. އެކަމަކު ރައްޔިތުން އެވާހަކައެއްވެސް ގަބޫލެއް ނުކުރޭ ދޮތަ.
ބަލަ ނާއިންސާފުން އަތްލީމަ ދޯ ދެއަހަރަށް ވުރެ ގިނަދުވަހު ޖަލުގަ އޮތީ؟ އިންސާފު ނަމަކަށް ޖަހާފަ ނާއިންސާފުން ވާހަކަ ދެއްކީމަ ނިމުނީކީނޫން . ލާރި ހުރެގެން މަހުޖަނު ވެގެން ޒައީމް ވެގެން ރޯޔަލް ވެގެން އެމްޑީއެން ވެގެން އަތްނުލެވި އަރާމުގަ ތިބި މީހުން އިންސާފަށް ނޭންގު މަކީ ނުފެނުމަކީ އެހެން މީހުންގެ ނުކުޅެދުން ތެރި ކަމަށް ނަހަދަމާ؟
ކިތަންމެ މޭކަރާފަ ހީކަރުވާފަ ހުންއަޔަސް މޮޅަސް ދެރަޔަސް
ރ ޔާމީން އަދި ޖަލައްލިޔަސް ﷲ ގެ މިންފަރުފުޅާ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަން ކުރާނެ. ދެން ކަޑަނުވީމަ މާސަޅިވާނެ.
ރައީސް ޔާމީން ގެ ގައިގަ އެބަހުރި ވަރަށް ރަނގަޅު ކަމުދާ އެތައް ސިފަތަކެެއް އެންމެ ފާހަގަކޮްއްލެވެނީ ވާހަކަދެއްކުމުގެ އެ މޮޅު ހުނަރު، ދެން ކޮންމެ ކަމަކާ ކެރިގެން ކުރިމަތިލުން، ބުނެފި ބަހެއްގެ އިތުބާރުހިފެހެއްޓުން، ވާހަކަ ދައްކާއިރު ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަސް މަސްހުނި ނުކުރާކަންވެސް ފާހަގަކުރެވޭ...
ކޯޓަށް ބޭނުންވާނެ ހުރިހާ ހެކިތަކެއް ނައްތާލާފައި ތިހެން ބުނެވިދާނެ.
އިންސާފޯ ލަދުން ބޯހަލާކު
ޓުބީ އޮނަސްޓް، އައި ޑިޑިންޓް ރީޑް ދަ އާޓިކަލް، ބަޓް މޭން، ޔޯ ޝާރޓް އިޒް ޓޫ ސައިޒެސް ޓޫ ސްމޯލް.. ޔޯ ސްޓައިލިސްޓް ނީޑްސް ޓު ބީ ފަޔާރޑް.. ބަޓް، ހެޕީ ޓު ސީ ޔޫ އަޕް ދެޔަރ!
ޖުޑީޝަރީ ތިބުނާހާ ކޮށީ އާ ރައީސް ޔާމީން މިނިންވި ހުކުމް ވެސް ހަމަ ކޮށީ ނޫން ކަމެއްސް ނޭނގެ.
ޝަރީއަތަށް ސާބިތުވިޔަސް ނުވިޔަސް މަނިކުފާނުވަނީ އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ 3 ބިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެ އެބޭނުންކޮށްފަ އެއީ ހަމަ ޔަގީންކަމެއް، ތިމަނާ ގެއަށް ވަނީ ހަލާލުފައިސާނޫން ކަމަށްވެސް ހަމަ މަނިކުފާނު ވިދާޅުވި
ގަންޓާބެ ތިބުނި އުސޫލުން ވިއްޔާ އެފައިސާ އެގެއަށް ގެންދިޔަ ކަތުރު ފައި އެޅުވީ އަންނި ދޯ؟ އަންނި ބުނި ދޯ އެންމެންގެ ކުރިމަތީ އެއީ ތިމަންނާ އެޅުވި ކަތުރު ފައްޏެކޭ. ސޯ؟
"ޣަންޓާބޭ" ރ.ޔާމީން ފަދަ ބަސްމަގު ރީތި ބައެއްފަހަރު މަޖާޒީކޮށް ވިދާޅުވާ ވާހަކަ އޮޅުންނުފިލާ މާނަކުރަން ނެއެނގޭ ކޮހުން ތިކަހަލަވާހަކަ ދައްކާނެ، އެއީ ހާސްވާ އެއްޗެއްނޫން.
އަދުލުވެރިކަންބޮޑުވެގެންދޯ އެއްމިލިޔަން ޑޮލަރުން މަންފާހޯއްދެވީ ؟؟؟؟؟؟؟؟؟؟
"ޞޮކި" ކަލޭ ތިޔަބުނާ ރ.ޔާމީނު ގެ 1މިލިޔަން ޑޮލަރުން ކިތަންމެ މަންފާއެއް ހޯދަމުން ދިޔަކަމުގަވިޔަސް އެއީ ސަރުކާރު އަދި އަހަރުމެން ރައްޔިތުންނާއި ބެހޭ އެއްޗެއްނޫންކަން އެވަނީ ސާބިތުވެފައި، އެކަހަލަ ގަޓްރައީސުން ދަންނާނެ ދައުލަތުގެ ބައިތިލްމާލަށް އުނިނުކޮށް ވައްކަމެއްނޮކޮށް ފައިސާ ހޯދަން، އެފަދަ މުޅި ދުނިޔެއަށްޗެސް މަގުބޫލު ބޭފުޅުން އެދުނީމަ ބޭރުގައުމުތަކުގެ މުއްސަދިންވެސް ބޮޑެތިއަދަދުން ފައިސާދޭން ފަސްނުޖެހޭނެ، އެއީ އެެފަހަރުގެ ކެމްޕެއިންނަށް އެމަނިކުފާނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާތަކެއް، ކަލޭމެންނަކީ ތިހާވަރު ބައެއްނަމަ ކީއްވީ ސާބިތުކޮށްނުދެވުނީ ޚިޔާނާތް ފައިސާތަކެއް މަނީލޮންޑަރ ކުރަނީކަން
ކަލޯ ތިބުނާ ޒާތުގެ ޝަރީއަތެއް ކޮށްގެން މިރާއްޖޭގެ ޖަލުގަ މެއްސެއްވެސް ނުނިއްނާނެ.
"ޣަންޓާބޭ" ރ.ޔާމީން ފަދަ ބަސްމަގު ރީތި ބައެއްފަހަރު މަޖާޒީކޮށް ވިދާޅުވާ ވާހަކަ އޮޅުންނުފިލާ މާނަކުރަން ނެއެނގޭ ކޮހުން ތިކަހަލަވާހަކަ ދައްކާނެ، އެއީ ހާސްވާ އެއްޗެއްނޫން.
"ޞޮކި" ކަލޭ ތިޔަބުނާ ރ.ޔާމީނު ގެ 1މިލިޔަން ޑޮލަރުން ކިތަންމެ މަންފާއެއް ހޯދަމުން ދިޔަކަމުގަވިޔަސް އެއީ ސަރުކާރު އަދި އަހަރުމެން ރައްޔިތުންނާއި ބެހޭ އެއްޗެއްނޫންކަން އެވަނީ ސާބިތުވެފައި، އެކަހަލަ ގަޓްރައީސުން ދަންނާނެ ދައުލަތުގެ ބައިތިލްމާލަށް އުނިނުކޮށް ވައްކަމެއްނޮކޮށް ފައިސާ ހޯދަން، އެފަދަ މުޅި ދުނިޔެއަށްޗެސް މަގުބޫލު ބޭފުޅުން އެދުނީމަ ބޭރުގައުމުތަކުގެ މުއްސަދިންވެސް ބޮޑެތިއަދަދުން ފައިސާދޭން ފަސްނުޖެހޭނެ، އެއީ އެެފަހަރުގެ ކެމްޕެއިންނަށް އެމަނިކުފާނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާތަކެއް، ކަލޭމެންނަކީ ތިހާވަރު ބައެއްނަމަ ކީއްވީ ސާބިތުކޮށްނުދެވުނީ ޚިޔާނާތް ފައިސާތަކެއް މަނީލޮންޑަރ ކުރަނީކަން