އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވިއިރު އޭގެ ހަގީގަތް ނުހޯދި ލަސްވާތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް ރައީސް ޔާމީން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި "އެންމެ ކޮރު" ހާލަތުގައި އޮތީ އަދިވެސް އަދުލުގެ ނިޒާމު ކަމަށެވެ.
"ރާއްޖޭގައި އަދިވެސް ކޮރީ އަދުލުގެ ނިޒާމު، މި ވާހަކަ ދައްކައިގެން އަޅުގަނޑު ޖަލަށް ލަންޏާ އަނެއްކާ ވެސް ޖަލަށް ގެންދަންވީ،" މިދިޔަ ދެ އަހަރެއްހާ ދުވަހު ޖަލު ހުކުމް ތަންފީޒު ކުރެއްވުމުގައި ހުންނެވި ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވި ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވެގެން ދިޔައިރު، އެ އޯޑިއޯތަކުގައި އިވިގެން ދަނީ ސީރިއަސް ވާހަކަތަކެއް ކަން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ގާޒީއެއްގެ އޯޑިއޯ ކަށަވަރުވެ އެ ގާޒީ ސަސްޕެންޑް ކުރުމުން ދެން އޭގައި ދެކެވޭ ވާހަތަކަކަކީ ވެސް ހަގީގަތެއް ކަން ބަލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ހުކުމެއްގައި ހިމެނޭ އެންމެ ފަނޑިޔާރެއްގެ ނިޔަތް ގޯސްވާ ހިސާބުން ވެސް ދެން މުޅި އެހުކުމާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކާއި އަޚްލާގީ މިންގަނޑަކާ ގުޅޭ ގޮތުން ތުހުމަތެއް އަމާޒުވުމަށް ފަހު، އެ ތުހުމަތަކުން ބަރީއަ ނުވެވޭހާ ހިނދަކު، އެ ގާޒީންގެ އަދުލުވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ޝައްކުތައް ދެމިއޮންނާނެ ކަމަށެވެ.
"އޯޑިއޯތަކުގެ މައްސަލާގައި ޖަވާބެއް ނުދެވިއްޖެނަމަ، މީގެ ތަހުގީގު ފުރިހަމަ ކޮށްނުދެވޭނަމަ، މި ޝައްކުތައް ދެމި އޮންނަހާ ހިނދަކު، އަދުލުގެ ނިޒާމު ތާހިރެއް ނުކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.
ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
ގާޒީންގެ އޯޑިއޯތަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ތިން ގާޒީންގެ އަޑުތަކުގެ ސާމްޕަލް ނަގާފައި ފުލުހަށް ފޮނުވައިފައެވެ. އަޑުތަކުގެ ސާމްޕަލް ތަހުލީލު ކުރަން ފުލުހުން ހަވާލުކުރީ ރާއްޖޭގައި އެފަދަ މަސައްކަތެއް ކުރާ އަމިއްލަ ފަރާތަކަށެވެ. އެ ނަތީޖާއިން ދައްކުވައިދިނީ ގާޒީ ފާއިޒްގެ އަޑު އެކަނި ކަށަވަރުވާ ކަމުގައި ޖޭއެސްސީއިން ވިދާޅުވެފައެވެ. އެނާ ވަނީ މިހާރު ސަސްޕެންޑްކޮށްފައެވެ.
އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއިން ގެންދަވަނީ ބައިނަލްއަގްވާމީ ފޮރެންސިކް ޓީމަކަށް އަޑުތައް ތަހުލީލު ކުރަން ހަވާލު ކުރުމަށް އެދެމުންނެވެ. އެ މަސައްކަތް ކުރަން ބޭރަށް އަޑުތަކުގެ ސާމްޕަލް ފޮނުވާނެ ކަމަށް ފުލުހުންނާ ހަވާލާދީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ހަގީގަތެއް ހޯދިފައެއް ނުވެއެވެ.
އަޑު ކަށަވަރުވާ ކަމަށް ޖޭއެސްސީއިން ވިދާޅުވާ ގާޒީ ފާއިޒްގެ އޯޑިއޯގައި އޭނާ ސީރިއަސް ވާހަކަތަކެއް ދައްކަވާފައިވެއެވެ. ޔާމީނަށް ހުކުމް އިއްވަން ޖެހުނީ "އަނބި ދަރިން ރަހީނުކޮށްފައިވާ ހާލަތެއް" ގައި ކަމަށް ވިދާޅުވެއެވެ. އަދި ސިޔާސީ ބޭފުޅުންނަށް ހުކުމް ކުރުމަކީ "ފާޑެއްގެ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާ އަވަހަށް އެހެންމީހުންގެ ފޫކޮޅުގައި ނަޖިސް ހުރިތަން ކަލެއަށްފެންންފެށީދޯ ؟ ފުރަތަމަ ކަލޭގެ އަމިއްލަ ނަޖިސް ފިލުވޭތޯ ބަލާބަލަ ؟ޕޯޑިއަމް ތަކަށް އަރާ ކަލޭގެ މޮޅުވާހަކަ ދައްކަން ކަލޭ މާތާހިރެއްނޫން ! ކޮފީތަށި ބަންޑުން ވެގެން މައްސަލަ ނިމްމީވެސް ކަލޭގެ ވެރިކަމުގަ !
ރ ޔާމީން ޖަލަށްލަ އި އ އަނިޔާކުރިމީހާ ހިފާ ހައ އްރުކޮށް
ޝަރީޢަތް ހިންގުމަށް ގޮވާލަމެވެ އ އޭނާ މަތިފަޑީގަ އި
ހުރެފެން ފަނޑިޔާރުގެ ތަޣައއޔަރުކުރަން ފުރުސަތު އޮވެގެން
ނުވާނެ އެވެ.
"ޢަލްޖިބްރާ"ގެ ކޮމެންޓަށް ބުނެލެވޭނީ ރ.ޔާމީނުފަދަ ގާބިލު ގަޓްހުންނަ ރައީސުން ދޭ ސްޕީޗްތަކާއި ވިދާޅުވާ ބަސްތަށް އަޑުއަހައި ބަލަން ތިހާވަރަށް ހަޖަމުނުވަންޏާ ޖުއްލާބުބޭސް ކާށޭ، ކަލެއަށް ހަމަ ނުއިވެނީބާއޭ މިހާރު މިހިނގާ ކަލޭގެ ރޯނުއެދުރު ސަރުކާރުގެ ރައީސާއި އިސްވެރިން ވިދާޅުވާ ކޮންމެ ވާހަކައެއް ފަށައގަންނަނީ ކުރީސަރުކާރުން ނުބައި ނިއައްގާނިގޮތަކަށް ކަންތައް ކޮށްފައިވުމުން ނުވަތަ ހާވަފައިވާ މިވެނި ހަޑިއެއްގެ ސަބަބުންނޭ ރައްޔިތުންނަށް ރަނގަޅަށް އެއްވެސްކަމެއް ނުކޮށްދެވިގެން އުޅެނީއޭ، މިއީވެސް ކަލޭ ބުނާގޮތަށްވިއްޔާ ބައެއްގެ ފޫކޮޅުގައިހުރި ނަޖިސްތަކެއްގެ ވާހަކަ ކަމަށްވާއިރު މިފަދަ ވާހަކަތަށް ދައްކަންޖެހެނީވެސް ފުރަތަމަ ތިމަންނަމެންގެ ފޫކޮޅުގަހުރި ނަޖިސްތައް ފިލުވާލައިގެންތިބެނޫންތޯ؟؟އަލްޖިބުރާ ރަނގަޅަށް ކަމެއްކުރަންޏާ ފުރަތަމަ ތިމެންނަ ތާއީދުކުރާ ވެރިންގެ ބަސްމަގު އިސްލާހުކުރުވާ!!!