22:02

އިތުރު 143 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:35

ވެކްސިން ނުޖަހާ މީހުންނަށް ޖަރުމަންވިލާތް ފުރަބަންދުކޮށްފި.

20:56

މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރަށް "އޮމިކްރޮން" ފެނިއްޖެ

20:41

ނޯވޭ އިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" އަށް ފައްސިވެއްޖެ

18:37

ކުރިން ކޮވިޑް-19 ޖެހިފައިވާ މީހުންނަށްވެސް ފަސޭހައިން، އެ ބަލީގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" ޖެހޭ ކަަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެ

17:19

ކޮވިޑް-19 އާ ދެކޮޅަށް މިހާރު ޖަހަމުންގެންދާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހުން ލަސް ކުރަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ގޮވާލައިފި

17:15

މިހާރު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އާ ވައްތަރު ގްރީސް އިން ފެނިއްޖެ

16:12

މިހާރު ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ ކޮވިޑް-19ގެ އާވެރިއަންޓް އޮމިކްރޮން އިންޑިއާއިން ފެނިއްޖެ

15:19

ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން" ފްރާންސް އިން ފެނިއްޖެ

09:36

އަހަރެންނަށް ކޮވިޑް ޖެހުނީ ފޮޓޯނެގުމަށް މާސްކު ނެގުމުން: ތަނީޝާ

08:57

ރާއްޖޭގައި ތިންވަނަ ޑޯޒްގެ ވެކްސިން ޖެހި އަދަދު 12000 އަށް.

08:31

އެމެރިކާ، ދެކުނު ކޮރެއާ އަދި ޔޫއޭއީ އިން ކޮވިޑްގެ އާވައްތަރު ފެނިއްޖެ.

ކޮވިޑް-19 އާވޭރިއަންޓް ކަމަށްވާ އޮމިކްރޮން އިން އަދި މިހާތަނަށް މާބޮޑު ނުރައްކަލެއް ފާހަގަ ނުކުރެވޭ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން ދައްކައިފިއެވެ. ނަމަވެސް އަދި އެކި ގައުމުތަކުގެ ސައިންސްވެރިން މިވޭރިއަންޓާއި ގުޅޭ ގޮތުން ކުރަމުން އަންނަ ދިރާސާތައް އޮތީ ވަރަށް ކުރީކޮޅުގައި ކަމުން މިއީ ނުރައްކަލެއް ނެތް ވޭރިއަންޓެއް ކަމަށް ނިންމޭކަށް ނެތެވެ.

މިހާތަނަށް އުއްމީދެއް ލިބެނީ އާވޭރިއަންޓަށް ފައްސިވާ މީހުންގެ ވެސް ހާލު ވަކިން ބޮޑުވާ ކަމަށް ފާހަގަ ނުކުރެވޭތީ އާއި ވެކްސިނަށް ނުގުޑާ ވޭރިއަންޓަކަށް މިވޭރިއަންޓް ނުވާކަމަށް މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ފާހަގަ ކުރެވޭތީއެވެ.

އޮމިކްރޮންގެ ވޭރިއަންޓާއި ގުޅޭ ފުރިހަމަ ދިރާސާތަކެއްގެ ނަތީޖާ ލިބެން އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތައް ބަލާއިރު ބުދަ ދުވަހު ވެސް ކޮވިޑަށް 100 މީހުން ފައްސިވިއެވެ. ބުދަ ދުވަހު ކޮވިޑަށް ޓެސްޓް ކުރީ 3696 މީހުންނެވެ. ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %2.71 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1673 މީހުންނަށެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބުދަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 91750 އަށް އަރާފައެވެ. އޭގެތެރެއިން 89813 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 251 މީހުން ވަނީ ނިޔާވެފައެވެ.