އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުން އިތުރު ފުރުސަތެއް ދީފި ނަމަ، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ ތަނަކަށް ހައްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމަކުން ސަލާމަތްވެވަޑައިގެން ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލު ކުރައްވައި ޔާމީން ވަނީ މި ސަރުކާރުން ތަރައްގީ މާނަ ކުރާ ކުރުމަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެފައިވާ ގޮތުންނަމަ ތަރައްގީ އަކީ ހަމައެކަނި އަތްލެވޭ ނުވަތަ އުމްރާނީ ތަރައްގީ ނޫނެވެ. އަދި މި ސަރުކާރުން ގެންނަ ތަރައްގީ އަކީ އިންސާނާގެ ސިކުނޑިއަށް ގެންނަ ތަރައްގީއެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ތަރައްގީ އިންސާނުންގެ ތަރައްގީއަށް ދިޔާމަ މަސައްކަތްކުރާގޮތް ފެނިގެން މިދިޔައީ" ހިސާނުގެ ނަން ނުގެންނަވައި ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ބޭފުޅުން އެ ވިދާޅުވަމުން ގެންދަވާ ތަރައްގީން ދުރުވާން ޔާމީން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ފުރުސަތު ލިބިއްޖެއްޔާ މާއްދީގޮތުން ރާއްޖެއަކީ ވަރުގަދަ ތަނަކަށް ހެދޭނެ" ޔާމީން ވިދާޅުވިއެވެ.

ޔާމީން އެގޮތަށް ވިދާޅުވި އިރު، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ޕީޕީއެމް/ޕީއެންސީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެކަމަކު ރޭގެ ޖަލްސާގައި ސީދާ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކޯޓުގައި މައްސަލަ ބެލިއެވެ. އެންމެ ފަހުން، ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަން ކުރަން ހުކުމްކޮށްފައެވެ. ޔާމީން މިނިވަން ކުރަން ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. Anonymous

  ތިކަން ގަބޫލުކުރެވޭ. ކުދި އާބާދީތައް ބާރު ގަދަވާނެ ހަމައެކަނި ގޮތަކީ އިގްތިސާދީގޮތުން ވަރުގަދަވެގެން. ގަތަރު ބެލިދާނެ މިސާލަކަށް. މީހުން މަދު ބޮޑު އަސްކަރިއްޔާއެއް ނެތް ގައުމެއް އެކަމަކު އެމީހުންނާ ނުކުޅެވުނު އެމެރިކާއާ ސައޫދީ ގުޅިގެންވެސް.
  ރައީސް ޔާމީންގެ 5 އަހަރު ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވި ތަރައްގީއަކީ އެހެން އެއްވެސް ވެރިއަކަށް ކުރެވުނު ކަމެއްނޫން.

  123
  5
 2. Anonymous

  މިގައުމަކީ މުއްސަނދި ތަނަކަށް ހެދޭނެ އިސްވެސްޓްމެންޓްތައް ރައީސް ޔާމީން ދިވެހިންނަށް ހޯއްދަވައިދެއްވި.
  އެކަމުގެ އެއްމިސާލު އެއަރޕޯޓުގެ ތަރައްގީގެ ޕްލޭނަކީ. ސީޕްލޭން ޓަރމިނަލުން އެކަނިވެސް ދިވެހި ދައުލަތަށް އަހަރަކު 50 މިލިއަން ޑޮލަރު ލިބޭނެ. އެކަމަކު، ނަޝީދުގެ ކޭސްގައިއުޅުނު އިނގިރޭސިއާއި، ރައީސް އޮފީހުގައި އުޅޭ ޝައުނާގެ ފިރިމީހާގެ ޕީއާރް ފާމާއި، ފިނޭންސް މިނިސްޓަރާ ނަޝީދުއާއި އިބޫ ސޯލިހަށް އެތައް ބައިވަރު ޑޮލަރެއް ދީފަ ޓީއެމްއޭއިން ސީޕްލޭންޓަރމިނަލް ނަގާފަ އެއޮތީ ދައުލަތަށް އަހަރަކު 50 މިލިއަން ޑޮލަރު ގެއްލުންވާގޮތަށްނު.
  މިހުންނަނީ ބޮޑެތި މާސިންގާ ކޮރަޕްޝަން. ރައްޔިތުންގެ ފައިސާ ރޯމާ ދުވާލު ފޭރޭ ބަޔަކު ރައީސް ޔާމީނު 1 މިލިއަން ޑޮލަރު ނެގިއޭ ކިޔައިގެން ރައްޔިތުންލައްވާ އެމަނިކުފާނަށް ވަގަށް ގޮވާއިރު ﷲ އަށް ބިރުވެތިވުމެއްވެސް ނެތް.

  109
  4
 3. Anonymous

  ފުރުސަތު ދީފި ނަމަ، ރާއްޖެ މިހާރަށް ވުރެ ވަރުގަދަ ތަނަކަށް ހަދާނަން: ރ.ޔާމީން ވިދާޅުވި މިފަދަ ބަސްފުޅު ބުއްދި ހަމަޖެހޭ ކޮންމެ މީހަކުވެސް ގަބޫލުކުރާނެކަން ޝައްކެއްވެސްނެތް، 5އަހަރުގެ ވެރިކަމުގެ އެއްމެ ދައުރެއްގަ މާޒީއަށް ދޫކޮށްފައިވާ ވަރުގަދަ ލިޖެސީ ތަކުން ހަގީގަތް ފެންނަންއެތިބީ، އިސްރަށްވެހިންނާއި ނުކުޅެދޭ ކުދިންނަށްވި އިތުރު އެހީގެ އިތުރުން ގައުމުގެ ހުރިހާ ކަންކޮޅުތަކުގައި އާރާސްތު ކޮށްފައިވާ އެފަދަ ތަރައްދީތަކާއި ކުރިއެރުން ބަލަން ހަޖަމުނުވެގެން ތަޅާ ނަތްތާލަން ބޭނުންވާ ބަޔަކުވެސް އެބައުޅޭ

  89
  5
 4. Anonymous

  މޑޕއަކީ ވަރަށް މޮޅަށް ޕްލޭން ކުރާބައެއް. އެމީހުންނަކީ ﷲއަށް ބިރުވެތިވާ އާޚިރަތެއް އޮތްކަން ހަނދާންވާ ބައެއްނޫން. އެހެންވީމަ، ބޮޑެތި ސިންގާ ދޮގުތައް ހަދާ، މީހުންގެ އަބަރު ކަތިލާ ފަސާދަ އުފައްދާ ގައުމު ހަލަބޮލިކޮށް ގައުމުގެ އިގްތިސާދު އިނދަޖައްސާލުމަށް ގައުމަށް ލިބޭ އިންވެސްޓަރުން ބިރުގަންނަވާ މިހުރިހާ ކަމެއް މޑޕ ގެ ވެރިންކޮށްލާނިންމާފައިވަނީ.
  ރައީސް ޔާމީން ދައުރުގައި އެމީހުން ރައްޔިތުންނަށް ވިސްނައިދިނީ ލޯނު ނަގާނަގާ ދަރިންގެ ދަރިންނާ އެމީހުންގެ މުދާ ވިއްކައިގެންކަމަށް ލޯނު ދައްކަންޖެހޭނީ.
  އެކަމަކު މޑޕ ވެރިކަމުގއި ނެގި ލޯނުތަކުގެ އަދަދު 2018 އާ ހަމައަށް ވެރިކަން ކުރި ހުރިހާ އަހަރެއްގައި ނެގި ލޯނަށްވުރެ އިތުރުވެ ގައުމުގެ ދަރަނި މިވަނީ 100 ބިލިއަނަށް އަރަން ކައިރިވެފައި. ރައްޔިތުނަށް މިހާރު ހަމަ އޯކޭ ލޯނު ކިތަންމެ ބޮޑުވިއަސް. އެމީހުންގެ ބޮލުގައި ލޯނުއެޅޭތީ ނޭވާ ނުލެވިގެން ނޫޅޭ.
  މިއީ މޑޕ މީހުން މީހުންގެ ސިކުނޑިތަކާ ކުޅޭ ގޮތަކީ. އިބިލީހަށްވުރެވެސް މޮޅަށް ދޮގުވެރި ބިރުވެރިކަންކަން ފަތުރާލާ ރައްޔިތުންގެ ބޮލައް ޗިޕްޖަހާލަން ކުޅަދާނަބައެއް މޑޕއަކީ.

  76
  5
 5. Anonymous

  ރައީސް ޔާމީން އެންމެ އަހަވަށް ކުރަންވީ ކަމަކީ، ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުން. އާބާދީ ބޮޑެއް ކުޑައެއް ނުބައްލަވާ ހަމަ ހުރިހާ ރަށަކަށް ވަޑައިގެން، ރައީސް ޔާމީންގެ ޒައާމަތުގައި ގައުމަށް ކޮށްދެއްވި ކަންކަށް ރައްޔިތުންނަށް ކިޔައިދެއްވާ ފޮޓޯއާއި މައުލޫމާތު ހާމަކުރަންވީ.
  މިއީ އިންފޮރމޭޝަން އޭޖް. މީސް މީޑިޔާގައި ވަރުގަދަ ކެމްޕޭންއެއް ހިންގައިދޭނެ ބޭރުގެ ފާރމެއް ހަޔަކުރައްވާ. ރައްޔިތުންނަށް ހަގީގަތް އެނގޭވަރަށް މިކެމްޕޭން ހިންގަވާ.

  77
  4
 6. އިހުދާ

  އިލްމާ ހިލްމާ ކެރުމާ ގާބިލްކަންހުރި ތެދުވެރިއެއް ރައީސް ޔާމީނަކީ. އެކަމަކު ވިސްނަވަންވާނެ މޑޕ އަކީ ހަމަ ސީދާ ބިމުގެ ދާއްބަކަން. ޝައިޠާނާއަށްވުރެ ނުލަފާ ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލަން މޮޅުބައެއްކަން.

  87
  5
 7. 😂

  🤣😂🤣😂🤣😂😂🤣🤣😂🤣😂

  11
  31
 8. ފުރުސަތުގެފުރުސަތު

  ދެން ފުރުސަތެއް ލިބިއްޖެ ނަމަ 3 ބިލިއަނެއް ނޫން 6 ބިލިއަން ދަވާލާނެ

  5
  40
 9. އަލްޖިބްރާ

  އަނެއްފަހަރު ރާއްޖޭގެ ތަންތަން ވިއްކާފަ ލާރިކޮޅު އަމިއްލަ ޖީބަށާއި ކަލޭގެ އައުވާނުންނަށް ދެވޭނެ މަގެއް ފަހިވޭތޯ ރޭވުންތަށް ރާވަނީ ދޯ ؟ ތިކަމެއް ދެން ނުވާނެ ! ޤައުމު މިހާރުވެސް ދަނީ ތަރައްޤީވަމުން ! އެކަމަކު އަނެއްފަހަރު ކަލޭ މުޅިރާއްޖެ ދަވާލާކަށް ، ރައްޔިތުންތިބީ ނިދާފައެއްނޫން ! ކަލެއަށް އަދިވެސް ހައްޤު ތަނަކީ ހަމަ ޖަލު !

  3
  38
  • ބައިކުޅަނދު

   ހޭބަލިވާ މިހާރު ސޫލިހުގެ ސަރުކާރަކުން ތަންތަނެއް ނުވިއްކާތަ…؟

 10. ހައުލާ

  ރައީސް ޔާމީންގެ ދައުރަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވި ހެޕަނިންގ 5 އަހަރު. ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގަވަމުންދިޔައީ.
  އަހަރެމެންގެ އަވައްޓެރިޔާއަށް އަހަރެމެންގެ މައްޗަށް އަމުރެ ނުހިންގުނު. މިނިވަންކަން އިހްސާސްވި. ގައުމު ފާގަތިވެ ތަނަވަސް ދުވަސްތަކެއް އެއީ.
  ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހުމަތުން ރައީސް ޔާމީން 2023 ވަނަ އަހަރު ހޮވިއްޖެނަމަ އޭގެ 2 ގުނަ ގައުމަސް ހޯއްދަވައިދެއްވާނެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވާނެ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވާނެ. ގައުމުގައި ވަޒީފާ ދަތިނުވެ ލިބޭނ.

  36
 11. ޒަމީރުދދ

  މަށާ މަގޭ އާއިލާގެ ވޯޓް ލިބޭނެ. އިންޝާﷲ. ތިވަރުގެ ދެވަނަ ވެރިއެއް ގައުމު ނުދެކޭ. ފާގަތި ދުވަސްތަކެއްއެއީ. 278 މިލިއަން ޑޮލަރު ދީފަ ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ހޯއްދަވައިދެއްވި ދުވަހަކީ ކޮންފަދަ އުފާވެރި ދުވަހެއް.

  34
 12. މީވާ ސަރުކާރެއް

  ފުރުސަތު ދީފި ނަމަ، ރާއްޖެ މިހާރަށް ވުރެ ވަރުގަދަ ތަނަކަށް ހަދާނަން!! ޔާމީން މިހެން ބުނީމަ ފިޔަފަރި ވެރިންނަށް އިގޭނެ މީނަ މިކިޔާ އެއްޗެއް އެކަމަކު އާމު މީހަކަށް ނޭގޭނެ މިކިޔާއެއްޗެއް އަދި އާމުންގެ މީހުންނަށް ފަހުމެއް ނުވާނެ ތަންކޮޅެއް ތިލަކޮށް ސިކުޑިޔަށް ވަންނަހެން ކިޔާދިބަލަ 2018 ވަނަ އިންތިހަބުގެ ކުރިން ޔާމީނު ދެއްކިވާހަކަ ނިކަމެތި ރައްޔިތުންގެ ސިކުޑިޔަކަށް ނުވަން އެމްޑީޕީން ރައްޔިތުންނަށް ކިޔާދެނީ ވަރަށް ތިލަކޮށް މިސާލަކަށް މަސްވެރިންގެ ޖީބުތަށް ޑޮލަރުން ފުރާލާނަން!!!! ޔާމީނު ވާހަކަ ދައްކާ އިބާރާތް ވ
  ބާރުގަދަ އެކަމަކު ކިއްކުރާނީ އާމުންގެ ސިކުޑިޔަށް ނުވަދޭ!!!!!

  29
  1
 13. ޏަމްނަމް

  ކަލެޔައް ފުރުސަތު ލިބޭނީ ޖަލުން. ރައްޔިތުންގެ ހަޒާނާއިން ނާޖާއިޒް ފައިދާ ނެގި ވާހަކަ ސުޕްރީމް ކޯޓުން ކުރި ހުކުމުގަ އެބަ އޮއި.

  3
  39
 14. ރަބަރޭ

  މަނިކުފާނަށް ތިޔަކަންތައް ވެދާނެ، މަނިކުފާނަށް ގައުމަށް ތަރައްގީވެސް ގެނެވިދާނެ ކަމަށް ގަބޫލުކުރަން،

  33
 15. ހެޔޮއެދޭ ފަރާތެއް

  މިފަހަރު ކައިރުކުރައްވާ ބޭފުޅުންނަށް އިތުބާރުކޮށް ނުހައްދަވާތި..މެޑަމްވެސް މިފަހަރު ޖެހޭނީ ތަންކޮޅެއް ފޭގަބަހައްޓަން..ދެފެކްޝަން ހަދައިގެން ނުވާޏެ..ކައިރިކުރައްވަންޖެހޭނީ ފިސާރި އިތުބާރުކުރެވޭ ބޭފުޅުން.. މިކަންކަން ވ ގާތުން ބައްލަވަން ވާނެ..އެހެންނޫނީ ބޮލަށް ގުއި ދުއްވާލާނެ އެއްކަލަ ބާޒުތައް ހަމަލާދޭނެ

  22
  1
 16. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

  ހަނދާ ނައްޓާލާ..... ގުނޑާ އަކަ ދެން ވޯޓެއް ނުދޭނަން

  2
  26
  • Anonymous

   ވޯޓް ދޭނަން.

 17. Anonymous

  ރައްޔިތުން ޝައްކެތްނެތް މިންވަރަށް ޔަޤީން ކުރޭ މަނިކުފާނުގެ ތަރައްގީ.
  މަނިކުފާނުގެ ވައްކަން ލޭބަލްކޮށް ވެރިކަމަށް އަރާ ކަމެއްނުކުރެވުނު މީހުންގެ އިތުބާރު ގެއްލިއްޖެ. ފޮނި ވަޢްދުތައްވީ. މަޖިލީހާ މެޖޯރިޓީއާއި ހުރިހާ ހެޔޮކަމަކައިގެން އައިސް މަނިކުފާނު އެޅުއްވި ފުލެޓްގަނޑަށް ވެސް އަދި ކިރިޔާ މީހުން އެވެއްދުނީ. އެވެސް" ދޮރެއްނެތޭ މުއްޓެއްނެތޭ " ލަދުގެ ކަންފުޅެއްވެސް ހުރިނަމަވެސް ތިމާމީހާގެ ނާޤާބިލު ކަމުން އިތުރު ދައުރަކަށް ކުރިމަތިލާން ނުކެރުނީސް.
  ރައްޔިތުން ޤަބޫލު ކުރަނީ އެއްބުރިޖު އެޅި މީހަކަށޭ ދެންވެސް ބުރިޖެއް އަޅަން ފަސޭހަވާނީ. ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން. ފުރިހަމަ ޞިއްޙަތެއްގައި ދިގުޢުމުރުފުޅުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ތަވްފީޤް ދެއްވާށި އާމީން

  23
 18. Anonymous

  ޔާމީން އައް ތިކަން ވެދާނެކަމައް އަޅުގަނޑު ގަބޫލު ކުރައްވަން.

  22
 19. Anonymous

  ލައްބަ ލައްބަ ، އެވެރިން ވިދާޅުވާ ތަރައްގީއަކީ ހިޔާލީ ފޮލާ..ހިތައްއަރުވަންވީ ފަންޖިފުގަޑުގަ ފޭރާއިން ވަޅުޖަހައިގެން ގުއިރޭއިރުވެސް ތިމާ މިއުޅެނީ އަނެއް ދިވެހިރާއްޖޭގެ ޖަޒީރާ ދިރިއުޅުމުގަ ގަޑުވަރެއް ފަދަ ތަނެއްގައޭ..އެވެރިން ވިދާޅުވަނީ ތަރައްގީއަކީ ހިތައްގެނެވޭ ތަރައްގީޔޯ..ހައްހައް..

  24
 20. އަފީ

  ރައްޔިތު މީހާގެ ލޯ މައްޗަށް ފެންނަން ހުރި މިހިރެ މިިހިރެ ކަންކަން ބުއްދި ހުރި މީހަކު ދޮގު ނުކުރާނެ! މަނިކުފާނަށް ރައްޔިތުންގެ އިތުބާރު އެބައޮތް.

  24
 21. ރިޒް

  އިންޝާﷲ ފުރުސަތުދޭނަން.

  29
 22. Anonymous

  ފުރުސަތު ލިބޭނެ ﷲ އިރާދަފުޅުން

  10
 23. ރަންބަނޑޭރި

  ރައީސްޔާމީނަށް މިގައުމުގެ ވެރިކަންދޭން ޖެހޭ ސަބަބުތަށް ކޮޅުންނުލާހާގިނަގުނަ ގައުމު ގައުމަކަށް ހެދީރައީސްޔާމީން މާސިންގާ ކަނޑެއްގައި ބުރިޖެއްއަޅާ ރަށްޔަތުންނަށް އުފާވެރިކަން ގެނެސްދެއްވި ހިތްވަރުގަދަ ބަތަލެއް ސިއްހީދާއިރާއަށް އިންގިލާބެއްގެނުވި ބަތަލެއް ރަށްރަށުގައި ބޭސްފިގާރަތަށް އެޅުއްވި ބަތަލެއް މިހިންކިޔާނެ ކަމެއްނެތް ގައުމު އެދިއާދޭސް ކުރަނީ ރައީސްޔާމީނަށް ޕުލީޒު އަދިއެއްފަހަރު މިގައުމުގެ ވެރިކަން ކޮށްދެއްވާ ޕުލީޒު.