ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އުޅޭ ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށް އެމީހުން ރޭ ފުލުހަށް އަމިއްލައަށް ހާޒިރުވެއްޖެއެވެ. ދެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ހޯދަން އިއުލާންކޮށް، އަދި މިހާރު ހައްޔަރުކޮށްފައި ތިބި ދެމީހުންނަކީ ބަންގްލަދޭޝް ދެމީހުން ކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން އާއި ޝޮހެލްއެވެ.
ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު މިދިޔަ ހަފްތާގައި ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކެއްގެ ނަމަކަށް ކިޔަނީ ރަބީއަﷲ އެވެ. ދެވަނަ މީހާގެ ނަމަކަށް ކިޔަނީ މުހައްމަދު ފިރްދައުސްއެވެ.
އެމީހުން 15 ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރޮބީއުﷲ ބަންދުގައި ބަަހައްޓަން ކޯޓުން ކުރި އަމުރުގެ ލިއުމުން އެނގޭ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. ފިރުދައުސްއަކީ ވެސް ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ބޭރު ފައިސާގެ ތެރެއިން ހާއްސަކޮށް ޑޮލަރުގެ ކަޅު ބާޒާރުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބިދޭސީން އުޅެއެވެ. ޑޮލަރު ވިއްކާ މައްސަލައިގައި ހަތަރު ބިދޭސީއަކު ހައްޔަރު ކޮށްފައި ވާއިރު އެމީހުންނަށް ޑޮލަރު ފޯރުކޮށްދޭ ދިވެހިން ހައްޔަރު ނުކުރަނީ ކީއްވެތޯ އާއްމުން އަންނަނީ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.
😁
ހޯދާފައި ހުރިއްޔާ ހުރި ޑޮލަރެއް އަތުލާފައި ޑީޕޯޓް ކޮށްލަން ފެނޭ.
މި ވަގުބަންގާޅިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރާނީ ކޮންވެރިޔަކުބާ.
ދިވެހި އަންހެންވެރިން ހިތްހުއްޓޭނެ ތިވެރިންނަށް ގޮތެއް ހަދައިފިއްޔާ...މާދގއޔޯ
ޙައްޔަރު ކޮއްގެން ދައުލަތުން ހަރަދު ކުރާނެ ކަމެއްނެތް. ޢަވަހައް މުޅިއުމުރައް ޑީޕޯރޓް ކުރޭ..ހުރިހާ ފައިސާ އެއް ދައުލަތައް ނަގާ...
އަހަރެންނަށް ރިސޯޓުން ލިބޭ ޢާމްދަނީ ރުފިޔާއަށް މާރު ކުރަނީ ވެސް ތިޔަ ބުނާ ކަޅު ބާޒާރުގަ ބޮޑު އަގު ލިބޭތީ. ކުށަކަށް ވާ ނަމަ މަވެސް ބަންދު ކުރާނެ ދޯ!