އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށާއި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ވަރަށް ތަނަސްވަސް އަޤްލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ކަނޑައަޅުއްވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ދީނީ ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ ރަނިންމޭޓްއަކަށް ޝަހީމް ހަމަޖެއްސެވި ހިސާބުން ރާއްޖޭގައި ނަންހިނގާ ގިނަ މަޝްހޫރު ދީނީ ޢިލްމުވެރިންނެއްވަނީ ޝަހީމްއަށް ތާޢީދުކޮށް ސަރުކާރާއި ބައިއަތު ހިފާފައިވާކަން ހާމަކޮށްފައެވެ. މިއާއެކު އިދިކޮޅު ފަރާތްތަކުގެ ޚާއްސަކޮށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ދީނީ އިލްމުވެރިންނަށްދަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ބައެއް ބޭފުޅުން ދީނީ ޢިލްމުވެރިންގެ އަބުރަށް އަރައިގަނެ އެބޭފުޅުންނަކީ "ކުލީ ސިފައިންގެ" ގޮތުގައިވަނީ ސިފަކުރައްވާފައެވެ.

މިރޭ ޑރ.ޝަހީމްވަނީ އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ. އެޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ އަޒުމަކީ ދިވެހި ރާއްޖޭގައި އިސްލާމީ ވަޙްދަތު ހިފަހައްޓާ، އިޤްތިޞާދު ވަރުގަދަކޮށް،ޒުވާނުންނަށް ފަހި ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި މުސްތަޤްބަލުގެ ޖީލުތަކަށްޓަކައި ރާއްޖޭގައި ދިވެހި ވަންތަ މުސްތަޤިއްލު ވަރުގަދަ ހަޟާރާތެއް ރާއްޖޭގައި ޤާއިމް ކުރުން ކަމަށެވެ.

ޑރ.ޝަހީމް ރަނިންމޭޓް ކަމަށް ހަމަޖައްސަން ރައީސް ޔާމީން ނިންމެވުމަކީ ފާއިތުވި ތަނުގައި ރައީސް ޔާމީން އިދިކޮޅު ފަރާތްތަކުގެ މައްޗަށް ހޯދި ކާމިޔާބީ ތަކުރާރުކުރަން އެމަނިކުފާނު ނިންމެވި ވަރަށް ވިސްނޭ ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެމްޑީޕީ

    ކަލޯގަޔާ!ީ ތިކަން ވިޔަކަ ނުދޭނަން...އަހަރުމެން

    ހަމަ މިހާރު އިޒްރޭލުގެ އެހީ އަށް މިގޮވަނީ.

    ހުރި ހިތާމައެއްގެ ބޮޑުކަމާއެ، އަހަރުމެން

    ނަޟާރާ ދީން ފަތުރަން ކުރާ މަސަތްކަތަށް

    ބޮޑު ގޮންޖެހުމެއް

  2. މުސްތްފާ

    ޜައީސް ޔާމީން ގެ ވިސްނުންފުޅު ވަރަށް ތަނަވަސް ނަމަވެސް ގައުމުގެ ރައްޔިތުން ނިންމާނީ އެންމެ ފައިދާ ހުރިގޮތަށް ކަމަށް ޤަބޫލު ކުރަންޏާ އެންމެ ރަނގަޅު. ފަހަތްޕުޅުގައި މިހާރު ހުންނެވި ބޭފުޅާވެސް ކަމުނުދާތީވެ ބަދަލަުކޮށްލަން ވިސްނީތާއެވެ.
    ތަވެސް ވޯޓް ލާން ދާތި ފަރުދީ ޒިންމާ އެއްކަން

  3. ޢައިޝާ

    ޔާމީނަށް ނޯ.....

    • ނާނަ

      ޔާނުއަށް ބޮޑު ޔެސް...

    • ކިޔާ

      މީ ޓޫ

  4. އަހްމަދު

    ޑރ.ޝަހީމް އަށް ފާޑް ކިޔޭވަރުގެ ޤާބިލް މީހަކު އިދިކޮޅު ފަރާތުގަ ނެތް އެއީ ސާފު ހެެއްކެއް

  5. ޜަނިން މެޗް

    ޕިސް ޕިސް..

  6. އައްޔަ

    ފާއިތުވިތަނުގައި ޔާމީނަށް ކާމިޔާބު ލިބުނީ " އިދިކޮޅު ފަރާތްތަކުގެ " މައްޗަށޭ ބުނުމަކީ ދޮގެއް! އޭރު ޔާމީންވާދަކުރީ ހަމައެކަނި އެމް.ޑީ.ޕީ އާއެކަނި! ޔާމީންހޮވުނީ އޭނަޔަށް އޮތް ތާއީދަކުންނޫން! ދެނެއް ނުވާނެ! ވ. ސަލާމް

    • އަތަކަލު

      ދެން ތިބުނީ ވެރިކަން ދެނީ ކަލޭމެންނޭތަ...ބަލަ ވެރިކަމާއި އިއްޒަތްތެރިކަން ދެއްވާ ފަރާތުން އިރާދަ ކުރައްވާ ފަރާތަކަށް އެކަން ދެއްވަނީ...އެ ވެދާނެ ކަލޯއަށްވެސް...އުޅުން ރަނގަޅު ކުރެވޭތޯ ބަލާ

  7. ދުރުމި

    އެމްޑީޕީއާ އެއްކޮޅައް ސަތޭކަމީހުން މަރާފަ ގާތިލަކު އއރިއަސް ވާނީ ހުދު ކާފޫރު ކޮޅަކައް އެހއން ބަޔަކައި ގޮޅިއްޖިނަމަ ވާނީ މުނާފިގުންނަން ހަމަ އެގޮތަން ޝަރުއީނިޒާމުން އެމްޑީޕީއާ އެއްކޮޅައް މައްސަލައެްް ނިންލައިފިނަމަ ބުނާނެ އާމިހާރު ޝަރުއީ ނިޒާމު މަނޑުމަޑުމް ރަގަޅުވަމުން އެބަދޭ.

  8. އަންނި

    ކަލޭ ޔާނު ގޮވައިގެން މަހަށް ދޭބަލަ

    • މިނާ

      ކަލޯ ޔާނުއަށް ކެރޭނެ މަހަށްވެސްދާން...އަދި ދޮށީގަވެސް ނަނުގަވެސް މަސްބާނަން އިނގޭ...ނަނު އެއްލަންވީ ތަނާއި ވަގުތު އެމަނިކުފާނު ދަނޭ...އެއީ ޙިކުމަތްތެރި ލީޑަރެއް...

  9. މުޙައްމަދު

    ސާބަހޭ ޑރ.ޝަހީމް، އަޅުގަނޑުމެން މިތިބީ ފިސާރިކެރިގެން ތިއަޒުމުގައި ކުރިޔަށް ...... ކާމިޔާބު ދެއްވާނެ އިންޝާﷲ

  10. ކަޅުބެ

    ސާބަހޭ ޑރ ޝަހީމް...އިދިކޮޅޭމެންނަށް އިނގޭ އިންތިހާބު ކާމިޔާބު ނުވާނެކަން...އިންޝާﷲ ޔާމީން-ޝަހީމް އަށް ކާމިޔާބު ލިބޭނެ...

  11. ފަސީ

    ޝެއިޚް އިމްރާން ޖަލަށްލައި އަނިޔާކުރާކަމަށްބުނެ ހުންނެވި ވަޒީފާއިން އިސްތިއުފާދެއްވާފަ ވަޑައިގެންނެވި ދުވަހު މަނިކުފާނު ތިހެން ވިދާޅެއްނުވާ. މިހާރު ގަދަބަސް ވިދާޅުވާނީ އެފަަދަ ސަބަބެއް މެދުވެރިވެގެން. މަމެން ނުބުނާނަން ފައިސާދީގެން ޕަޕެޓްވެފައޭ.

    • ބުއްޅަ

      އިމްރާން ކުށަށް އަރައިގަނެ ކުށުން ބަރީއަ ނުވެވުނީމަ ޖަލަށްލާފަ ހުރުމަކީ ޑރ ޝަހީމު ދީނުގެ ދިފާއުގައި ނުނިކުމެ ހުންނަންޖެހޭ ސަބަބެއްނޫން

  12. ކުއްތާ

    ބައްޓަން ރަނގަޅު މަންޖެއެއް ވައިމަތިން ދިޔަޔަސް ތިޔަ އަޒުމުތައް ބަންޑުން ވެދާނެ

  13. ޏަމްޏަމް

    .އެމްޑީޕީ އަށް ވޯޓް ދިނުން ހަރާމް

  14. ހިތް

    މާނަޔަކީ ވައްކަންކުރުމާއި މީހުންމެރުމާއި އަދުލު އިންސާފުން އެއްކިބާވެ ތިމާ ނުފިތޭނެހެން ގާނޫން ބަދަލުކޮށް ކުރާ އެންމެހާ ކަންތައްތަކަކީ އިސްލާމްދީން ހުއްދަކުރާ ހަލާލު ކަންތައްތައް ކަމެވެ. އަދި ވެރިޔާ ކިތަންމެ ޚިޔާނާތެއް ވިޔަސް ދީންވެރި ޝޭހުންނަށް އެމީހުންނަށް ދޭންވާބައިދިނުމުން އެމީހުންގެ ދުލުން އެކަން ހުއްދަވީއެވެ. މިއީ 7 އުޑުމަތިން މިކަން ބާއްވައިލެއްވި ގޮތްކަމުގައި ވަނީނަމަ އަޅުގނޑުވެސް ތާއީދުކުރަމެވެ.

  15. ނަޖްވާ

    މަޙްލޫފް ވިދާޅުވި މުނާފިޤު ވާހަކަ ޤަބޫލު ކުރެވޭ! އެއީ އެ ފަދަ ދީނީ އިލްމް ވެރި ބޭޅަކު ބޮން އަކުވާ ފުޅިއެއް ހިއްޕަވައިގެން އެ ކުރެއްވި ކަމަކުން ހަމަ ޤާބޫލު ކުރެވެނީ! އަނެއްކާ ސައުދީ ބައްދަލު ކުރުމަށް އަންނަ ވަފްދް ގެ މީހުންނާ އެއްކޮށް ރަން ވިއްކާ ވިޔާފާރި ކުރުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ވަނީ ދޯ! މީ އަހަރެން ހަދައިގެން ދައްކާ ވާހަކަ އެއްް ނޫނެއްނު! ދެން ކިހިނެތް މި ކަހަލަ މީހަކަށް އިތުބާރު ކުރާނީ!