އިސްރާއީލްގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއި އެކުގައި ޗުއްޓީ ހޭދަކުރުމަށެވެ.

ބެނެޓް ޗުއްޓީ ހޭދަކުރާނީ ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސްޕާގައި ކަމަށް "ވަގުތު"އަށް ވަނީ އެނގިފައެވެ.

ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އާއިލާއިން ފުރަތަމަ ރާވާފައި އޮތީ ކުދިންނާއެކު އެހެން ތަނަކަށް ދަތުރުކުރަން ކަމަށެވެ. ނަމަވެސް އެ މަންޒިލަކީ ކޮވިޑް-19އާ ގުޅިގެން އިސްރާއީލު މީހުންނަށް ދަތުރުކުރުން މަނާވެފައިވާ މަންޒިލަކަށްވުމުން ބަދަލު ކުރި ކަމަށެވެ.

އެހެން ނަމަވެސް އެ ގައުމުގެ ނޫސްތަކުންވެސް އޭނާ ޗުއްޓީ ހޭދަކުރަން ގޮސްފައި ވަނީ ކޮން ތާކަށް ސާފްކޮށްދީފައެއް ނުވެއެވެ.

ބެނެޓްއަކީ ޔަހޫދީ ހަރުކަށި ފިކުރުގެ މީހެކެވެ. އޭނާ އިސްރާއީލްގެ ބޮޑުވަޒީރުކަމާއި ހަވާލުވީ މި އަހަރުގެ ޖޫން މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޔަކް

  ބަރަށް އަތް ޖަހާ!!!

  33
  9
 2. އަޙްމަދް

  ފަލަސްޠީނުގެ ބިމަށް މަކަރާއި ހީލަތުން ވެރިވެގަނެ އެބިމަށް އަތްގަދަކޮށްފައިވާ ޔަހޫދީންގެ ބައިގަނޑުގެ އެއްމެ އިސް ޔަހޫދީކަލޭގެ ރާއްޖެގައި ޗުއްޓީ ހޭދަކުރަނީޔޯލައެވެ!

  49
  7
 3. ޖުއްބާ

  ކޮބާ ކޮބާ ޝަލަފާ އަލީ ރަމީޒާ އަދާލަތު ޕާޓީކުދިން އިޒުރޭލުގެ ބޮޑުވަޒީރު ރާއްޖެއައީމަ މަރުހަބާ ކިޔާކައް ނުދޭތަ؟؟!

  7
  45
  • ޙަލީ

   ޞަލަފުން ދައުވަތު ދީގެން ނޫނީ ހުއްދްދީގެން ރާއްޖެ އެރި މީހެއްބާ މިއީ؟ މިކަމަކާ ސަލފަކާ ކީއް؟ އިސްލާމީ ގައުމެއްގެ ވެރިމީހާ ލަދުގަންނަންޖެހޭނީ ޓެރްރިސްޓު ޖަމާއްތެއްގެ ބަޔަކަށް އެއްވެސް ހުރަހެއް ނެތި މިގައުމަށް އެތެރެ ވެވޭތީ. ދެން މުސްލިމެއްގެ ހައިސިއްޔަތުން "ޖުއްބާ" ވެސް މިކަމާ ނުރުހުން ފާލުކުރަންޖެހޭނެ.

  • ޢަމާ

   ޢަންނިއާ ، އިބޫ ގާތު އަހާބަލަ ތި ސުވާލު

 4. ނަތަންޔާހޫ

  ރާއްޖެއަށް މަރުހަބާ. އުންމީދުކުރަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ރަނގަޅު އަސަރުތަކެއް ކުރާނެކަމަށް

  11
  56
 5. ރަށްފުށު މާމަ

  ދެން ކިޔާނި ކޮވިޑޭ އަނެކައްޗެކޭ🙄 ހަމަ އެތާ އާވެރިއެންޓް އޮށްވާ ކީއްކުރަން ތި އެއްޗަކު އެރިޔަ ދިނީ😠 މިކަހަލަ ނުބައި މީހުން ރާއްޖެ އެރިޔަ ނުދޭށޭ!!!😑😐 ކިހާ ދެރަ ކަމެއްތަ؟ ހަމަ ކޮވިޑާ ފިލަން، އާ ވޭރިއެންޓް ފަތުރަން އެއުޅެނީ😑 މީނާ މިގައުމުން ބޭރުކުރޭ!!! ގޮތެއް ހުރިނަމަ ނުކެރޭނެ ފަލަސްތީނަށް އެ ހާލު ޖައްސާ މީހަކު ރާއްޖެ އަރުވާކަށް😑
  ފްރީ ފަލަސްތީން
  ފްރީ ފަލަސްތީން
  ފްރީ ފަލަސްތީން
  ފްރީ ފަލަސްތީން
  ފްރީ ފަލަސްތީން
  🇵🇸🇲🇻🇵🇸🇲🇻🇵🇸🇲🇻🇵🇸🇲🇻🇵🇸🇲🇻🇵🇸
  ❤️🇵🇸❤️🇵🇸❤️🇵🇸❤️🇵🇸❤️🇵🇸❤️

  30
  5
 6. ހާމަ

  މިސަރުކާރުގެ ލާދީނިއްޔަތު މީގެން ވަރަށް ފާޅުވޭ

  26
  8
 7. ޑެޑުއހފޯސް

  ދިވެހިންނަށް އޯކޭ ފަލަސްތީނު މުސްލިމުންގެ ލޭ ބޯންޖެހުނަސް . ތީ މުސްލިމުންގެ ލޭ . މުސްލިމުން މަރާ ބޭރުކޮށްފަ އެތާ ހައްދާ ދަނޑުތަކުން ލިބޭ ފައިދާ އެއީ އަސްލު މުސްލިމުންގެ ލޭ. މުސްލިމުންގެ ބިންތައް ފޭރެމުންދާ އަދި މަރަމުންދާ ބަޔަކަށް ހިމާޔަތް ނުދެވޭނެ އަދި އެފައިސާ ޙަރާމްވާނެ.

  19
  10
 8. ސޯލިބޭ

  މީނާއާ ބައްދަލުކުރަން ކެރަފާނަސީމު ނުދޭބާ؟

  24
  8
 9. ބޯވަ ވަޒީރު

  ލާދީނީ އަބޫޖަހުލު ބާރަށް އަތްޖަހަން އޮންނާނެ ތި ކާފަރު ނަރަވަންތަ ކަލޭގެ ކައިރީގަ. މީހަކު މިހާރުވެސް ބަލާބަލަ ގޮސް. އަދި މުނާފިގު ކަލޭގެ ވަގު އެކައުންޓުން ކާފަރުކަލޭގެ ޓެގްކޮށް އޭނަ މިތަނަށް އައީތީ ޝުކުރުވެސް އަދާކުރާނެ. ދެލޮލުގަ އިލޮށި ވިއްދައިގެން ތިބޭބަލަން މުނާފިގުކަލޭގެ ކަންތައްތައް

 10. ޙަލީ

  އެއޮށްފަދަ ބަންގްލަދޭޝްއަށްވެސް މިމީހުންނަށް އެތެރެ ނުވެވޭ އަދި ބަންގްލަދޭޝް މީހަކަށްވެސް މި އިސްރޭލަށް ދަތުރު ނުކުރެވޭ. ކީއްވެތަ ރާއްޖެެއަށް މިކަހަލަ މީހުން އެތެރެވިޔަ ދެނީ؟ އުންމަތަށްޓަކައި ޒައްރެއްގެ މިންވަރު ހިތުގައި އޮންނަ ވެރިއެއް ނަމަވެސް މިކަން މަނނާކކުރީސް ފަލަސްޠީނުގެ ޙައްޤުގައި. ނޫހުގަ މިވާހަކަ ޖަހާއިރަށް އެމީހުންނަށް އޮޮންނާނެ ސްޕެޝަލްފޯސްގެ ސެކިއުރިޓީ ދީފަ. ޓެރަރިސްޓު ހަމަލާއެއްދީފާނެތީ. ތިޔަށްވުރެ ބޮޑު ޓެރްރިސްޓެއް ހުންނާނެތަ؟

 11. މެރީނާ

  ކޮވިޑް އާ ވޭރިއަންޓަށް ބޯޑަރު ބަންދުނުކުރިޔަސް މިކަލޭގެއަށް މިރާއްޖޭގެ ބޯޑަރު ބަންދުކުރުން މުހިންމު.

 12. ނާދިރާ

  މި ސަރުކާރުގެ ނަހަލާލު ބޮޑުވަޱީރު

 13. ޔޫތު

  ކަނޑުގަދަ ދުވަހެއްގަ ސުނޯކުލިންއަށް ފޮނުވާލަންވީ. އެވެސް މިޔަރުބައިގަޑެއް ކައިރިއަށް. 😂

 14. ރާއްޖެ މީހާ

  ޓެރަރިސްޓް ޔަހޫދީ ބޭރުކުރޭ!