ދިރާގާއި ސްޕާކްހަބް ގުޅިގެން "ލީން ސްޓާޓްއަޕް މޯލްޑިވްސް 2021"ގެ ނަމުގައި ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން ވޯކް ޝޮޕެއް މި މަހު ބާއްވަން ނިންމައިފިއެވެ.

މި ވޯކްޝޮޕް އޮންނާނީ ޑިސެމްބަރު މަހުގެ 17 އިން 19 އަށް ސޯލްޓް ކެފޭގައެވެ.

ދިރާގުން ބުނީ، މި ވޯކްޝޮޕްގެ މަޤްޞަދަކީ، ލީން ބިޒްނަސް އުފެއްދުމުގައި ލީން މެތަޑޮލޮޖީ އެޕްލައި ކުރުމަށް ބައިވެރިންނަށް ތަމްރީނު ދީ، އޮންޓްރޮޕްރޮނަރޝިޕް ސްކިލްސް އަދި ސްޓާޓްއަޕް ނޮލެޖް ކުރިއެރުވުން ކަމަށެވެ.

މި ވޯކްޝޮޕްގެ ސަބަބުން ކަސްޓަމަރ ޑިވެލޮޕްމަންޓް، ލީން އެންޑް ކުރިއަރަމުން އަންނަ އެންމެ ފަހުގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ފެންވަރުގައި އާ އުފެއްދުންތަކާއި ސްޓާޓްއަޕްތައް ބިނާކުރާ ގޮތް ބަދަލުވަމުން އަންނަ ގޮތްތަކަށް އަލި އަޅުވާނެއެވެ.

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގައިއެވެ.

ގިނަ ސްޓާޓްއަޕްތަކުން އެ އުފެއްދުމެއް ބިނާކުރަން ފަށަނީ އެ މީހެއްގެ ހިޔާލު ނުވަތަ އުފެއްދުމެއް ގަންނަން މީހުން ބޭނުންވާނެ ކަމަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށެވެ. ރާއްޖޭގައި ޑިވެލޮޕަރުންނާއި އުފެއްދުންތެރިން ތިބިކަމަށް ވުމާއެކު، ލީން ސްޓާޓްއަޕް މޯލްޑިވްސްއިން ބައިވެރިންނަށް ތަމްރީނު ދޭނީ، ހިޔާލުތައް އެކުލަވާލައި، ތަރައްޤީ ކުރުމުގެ ކުރިންވެސް، ކުރިއަށް ދާނެ މުހިންމު ފިޔަވަޅުތަކާ ބެހޭގޮތުން ހިޔާލު ހޯދައިގެންނެވެ.

ދިރާގުން ބުނީ ބައިވެރިންނަށް ލީން ކެންވަސް މޮޑެލް އެޕްލައި ކުރާނެ ގޮތާއި ސޮލިއުޝަންސް ޑިވެލޮޕްމަންޓާ ގުޅޭ ބެސްޓް ޕްރެކްޓިސް ތައް ދަސްކޮށްދޭނެ ކަމަށެވެ. އަދި ފުރަތަމަ ސްޓޭޖް ސްޓާޓްއަޕްތަކަށް ރަނގަޅު ސްޓެޕްތައް ދަސްކޮށްދީ، އަސްލު ވިޔަފާރި ފެށުމުގެ ކުރިން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށް ކަސްޓަމަރުން ދެނެގަނެ، އެ ވިޔަފާރިއެއް ހޯދުމުގެ އުކުޅުތައް ދަސްކުރުމަށް އެހީތެރިވެދޭ ފަދަ އާލާތްތަކާއި ޓެކްނިކްތަކުގެ އަގުހުރި އޮނިގަނޑެއް ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށް ބުނެފައި ވެއެވެ

ދިރާގާއި ސްޕާކްހަބް ގުޅިގެން ދަނީ ރާއްޖޭގެ ސްޓާޓްއަޕް ސަގާފަތަށް އެހީތެރިވުމުގެ ގޮތުންނާއި ސްޓާޓްއަޕް އީކޯސިސްޓަމް ރާއްޖޭގައި ގާއިމްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތް ކުރަމުންނެވެ. ދިރާގާއި ސްޕާކްހަބް އިން ބުނީ ލީން ސްޓާޓްއަޕް މޯލްޑިވްސް ގެ ސަބަބުން ހުނަރުވެރި ޒުވާން ވިޔަފާރިވެރިންނާއި ޑިވެލޮޕަރުންނަށް ރަނގަޅު ހުނަރުތަކާއި އިލްމާއި ވިސްނުން ކުރިއަރުވައި، އެ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސްގެ އިންޓެންސިވް ތިން ދުވަހުގެ މި ވޯކްޝޮޕް ކުރިއަށްދާނީ 2021 ޑިސެމްބަރ 17 އިން 19 އަށް ސޮލްޓް ކެފޭ ގައިއެވެ. މި ލިންކުން މިއަށް ރަޖިސްޓްރ ކުރެވޭނެ އެވެ، bit.ly/LSMv2021