އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ކުށަށް އިއުތިރާފްވެފައިވާ ކަމަށާއި އެކަން އޭނާ ކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދަނގެއްޗަށް އުފަން އެ ރަށު މޮނަލާޒް، މަހްމޫދު ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހު ހެނދުނެވެ. އޭނާ ހޯދަމުން ދަނިކޮށްފެނިފައި ވަނީ އެ ދުވަހު ހަވީރު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއިންނެވެ. އެ ގެއަކީ މަހްމޫދުގެ އުފަން ގެއެވެ.

މި މައްސަލައާ ގުޅިގެން އޭގެ ދެ ދުވަސް ފަހުން، ސާލިމް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ ނެދުންގެ ބަލައި ފާސްކޮށް ތަހުގީގަށް ކުރިއެރުން ލިބޭ ފަދަގިނަ ހެކިތަކެއް ވަނީ ހޯދައިފައެވެ. އެގޮތުން މަހްމޫދުގެ ގަޑި އާއި ފައިވާނާއި އޭނާ ގެންގުޅުނު ފައިސާތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ސާލިމް، އެރޭ ނުވައެއް ޖަހާކަން ހާއިރު މަހްމޫދުގެ ފޯނަށް ގުޅައި ބައްދަލު ކުރަން ގޮސްފައިވާ ކަމަށެވެ. ސާލިމް އާއި މަހްމޫދު، ނެދުން ގެއަށް އެކީގައި ވަތް ތަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ.

ސާލިމް، ތަހުގީގައި ކުށަށް އިއުތިރާފްވެ، އެ ވާހަކަތައް ކިއާދީފައިވާ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވި ގޮތުގައި މަހްމޫދަށް ފުރަތަމަ ހަމަލާދިނީ ނެދުންގޭ ތެރެއަށް ވެއްދުމަށް ފަހުއެވެ. އަދި މަހްމޫދުގެ ހަށިގަނޑު ކޮނޑަށް ނެރެގެން ގެންދިޔައީ ފަސް ގަޑިއިރު ފަހުން ކަމަށާއި އެމަންޒަރު ވެސް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަސް ގަޑިއިރު ތެރޭގައި ތިން ފަހަރެއްގެ މަތިން މަހްމޫދު އަބޫބަކުރަށް ހަމަލާދީފައިވާ ކަން އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ." ހަސަން ސައީދު ވިދާޅުވިއެވެ.

މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުން މަހްމޫދު މަރާލީ ސާލިމް އެކަނި ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ. ސާލިމް ކުށަށް އިއުތިރާފްވެފައި ވަނީ އިއުތިރާފްގެ ބަޔާނުގައި އެކަނި ނޫން ކަމަށާއި މުއްދަތު މަޖިލިހުގައި ވެސް ސާލިމް ކުށަށް އިއުތިރާފްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި އިތުރު ބައެއްގެ ބައިވެރިވުން އެއީ ނެތް ޕޮސިބިލިޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިވަގުތަށް ތަހުގީގަށް ފެންނަން ހުރި ހަގީގަތްތަކުން މި އެނގެނީ،"ސާލިމް އުޅޭ ގެއިން ފެނުނު ތަކެއްޗާ ހިސާބުން އޭނާ ކުށަށް އިއުތިރާފްވި ކަން ފާހަގަކޮށް ހަސަން ސައީދު ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވި ގޮތުގައި ދަނގެތީގައި ހިނގި ވައްކަމެއްގައި ވެސް ސާލިމް ބައިވެރިވެފައިވާ ކަން ވަނީ ގަބޫލު ކުރެވިފައެވެ. އެ މައްސަލަ ދަނގެތި ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަހްމޫދު ގެންގުޅުނު ހުރިހާ އެއްޗެއް ގޭގެ އެކި ތަންތަނުގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އއ. ތޮއްޑޫ އަށް އުފަން ދެ މީހަކަށެވެ. ނަމަވެސް، ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން މަގުމަތިން ދިޔަ މީހަކަށް ފެނުނު މަންޒަރަކާ ހެދިއެވެ. އެމީހާ ކިޔައި ދިން ގޮތުގައި އެ ރޭ ވަރަށް ބޯކޮށް ވާރޭ ވެހުނު ގަޑީގައި ނެދުންގެއިން މީހަކު ދަމާފައި ގެންދާ ކަހަލަ މަންޒަރެއް ފެނުނެވެ. އަދި އެ މައުލޫމާތު އެމީހާ ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަބަބު ޤަބޫލެއް ނުކުރެވޭ

  އެޤަތުލުގެ ސިއްރު އަދިވެސް ހާމަވީހެނެއް ހިއެއްނުވެއެވެ. ފައިސާގެ ބޭނުމާއިއެކު އެހެން ސަބަބެއް ނުވަތަ ސަބަބު ތަކެއްވެސް ވާނެކަމަށް ލަފާކުރެވެއެވެ. 30 ތަނަކަށް ވަޅި ހަރާފައި ވުމުން ދޭހަވަނީ އިންތިހާ ދަރަޖައިގެ ރުޅި އައިސްގެން ދީފައިވާ ހަމަލާ ތަކެއް ކަމެވެ. ދަނގެތީގައި ސާލިމް ދިރިއުޅޭތާ 3 އަހަރު ވެފައިވާއިރު، ރަނގަޅަށް ރަށުގެ ކަންކަން އެނގޭނެ އެވެ. ކުޑަކުޑަ ރަށެއްގައި ރަށުގެ މަޤްބޫލު މީހަކު އެގޮތަށް މަރާފައި ސަލާމަތެއް ނުވެވޭނެ ކަންވެސް ހަމަ ރަނގަޅަށް އެނގޭނެ އެވެ. ކަންމިހެން އޮތުމުން ތީގައި ސާލިމް ހާމަކުރަން ބޭނުންނޫން އިތުރު ކަންތައްތަކެއް ވާނެކަމަށް ބެލެވެއެވެ.

  27
  2
  • ބައްޔެއްނު

   ދެން ޖެހެނީ ވަޅިހަރާ މަރަންތަ؟ ކަލޭ ހިތުން ދެން ވ މޮޅު ކ އެއްދޯ ތި ޖެހީ...ބޮލު ރޮދި

 2. ރެފްރީ

  ކުށްވެރިންތިހެންވާއިއުތިރާފަކީ ސުމެއް.. ޖަމީލުމެންފަދަ މޮޅެތި ވަކީލުންގެކުރިމަތީގަ ފަނޑިޔާރުންޖެހޭނީ ސަލާމްބުނަން ..