އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި ނެދުންގޭގައި ފޮރުވާފައި ހުރި މަހްމޫދުގެ ބައެއް ތަކެތި ފުލުހުން މިއަދު ދައްކާލައިފިއެވެ.
ނެދުން ގެއަކީ މަހްމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) 29، ދިރިއުޅޭ ގެއެވެ. ފުލުހުން ބުނި ގޮތުގައި އެ ގޭގައި ސާލިމް އުޅެނީ އުމުރުން ދުވަސްވީ ފިރިހެނަކު ބަލަހައްޓާށެވެ. ސާލިމްއަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދަނގެއްޗަށް އުފަން އެ ރަށު މޮނަލާޒް، މަހްމޫދު ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހު ހެނދުނެވެ. އޭނާ ހޯދަމުން ދަނިކޮށްފެނިފައި ވަނީ އެ ދުވަހު ހަވީރު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއިންނެވެ. އެ ފަޅު ގޯއްޗަކީ ނެދުންގެއާ ފުދޭ ވަރަކަށް ކައިރީގައި ހުންނަ ގެއެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ސާލިމް ވަނީ މަހްމޫދު މަރާލި ކަމަށް އެއްބަސްވެފައެވެ. އެގޮތުން އިއުތިރާފްގެ ބަޔާނުގައި އާއި މުއްދަތު މަޖިލިހުގައި ވެސް ސާލިމްވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންވެ، ސާލިމް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަހްމޫދު މަރާލާފައި ވަނީ ފައިސާގެ ދަހިވެތިކަމުގައި ކަން މިހާތަނަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މަހްމޫދުގެ ހަށިގަނޑަށް ދީފައި ހުރި ހަމަލާތައް ދައްކާލައިފައެވެ. ފުލުހުން ބުނި ގޮތުގައި ސާލިމް ވަނީ، މަހްމޫދުގެ ހަށިގަނޑުގެ ތިރީހަށް ވުރެ ގިނަ ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީފައެވެ. އެކަން ސާލިމް ކުރީ އެންމެ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ނޫން ކަމަށާއި އެކަން ކުރަން ދެތިން ހަތިޔާރު ބޭނުން ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މިއަދު ވިދާޅުވީ ނެދުންގެ ބަލައި ފާސް ކުރުމުގެ އަމުރުގެ ދަށުން މަހްމޫދުގެ ބައެއް ތަކެއްޗާއި ސާލިމްގެ އަންނައުނާއި އެހެނިހެން ތަކެތި ވެސް ފެނިފައިވާ ކަމަށެވެ. އެކަމަކު ފުލުހުން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލާފައި ވަނީ މަދު އެއްޗެކެވެ.
އެއީ މަހްމޫދު އަޅައިގެން ހުރި ގަޑި އާއި އަރައިގެން ހުރި ފައިވާން އޮތް ތަން އެކަންޏެވެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށެވެ. އަދި މަހްމޫދު ގެންގުޅުނު ހުރިހާ އެއްޗެއް ގޭގެ އެކި ތަންތަނުގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ގަޑިއާއި ފައިވާނާއި ފައިސާގެ އިތުރުން ކޮން އެއްޗެހިތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މަހުމޫދުގެ މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އއ. ތޮއްޑޫ އަށް އުފަން ދެ މީހަކަށެވެ. ނަމަވެސް، ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން މަގުމަތިން ދިޔަ މީހަކަށް ފެނުނު މަންޒަރަކާ ހެދިއެވެ. އެމީހާ ކިޔައި ދިން ގޮތުގައި އެ ރޭ ވަރަށް ބޯކޮށް ވާރޭ ވެހުނު ގަޑީގައި ނެދުންގެއިން މީހަކު ދަމާފައި ގެންދާ ކަހަލަ މަންޒަރެއް ފެނުނެވެ. އަދި އެ މައުލޫމާތު އެމީހާ ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، އަންނަ ހަފްތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގައުމުގަ ހުސް ބޮންދުން .ބޭރުކުރޭ
ކަމެއްގޯސް ވީމަ ގަވައިދާ ހިލާފޭ އަނެކައްޗެކޭ ކިޔާނެ….ކުރިން އެއީ ހަމަ ގަވައިދުން،ހަމަ ރަށު މީހެއްފަދަ….
ހަމަސީދާ ހޯމޯ މައްސަލައެއް….
އިސްލާމްދީނުގަ އޮއްނަނީ މަރައްމަރު ނުކެރޭނެ ޢެމްޑީއެން މުރުތަ....ދު ބައިގަނޑައް އެކަންކުރާކައް..!؟ އަދިވެސް ބޭރައްދާކޮއްމެފަހަރަކު ސޭހްހަސީނާއާބައްދަލުކޮއް މިގައުމައް ބަންގާޅީންގެބަލާވެރިކަން އިތުރުކޮއްފަބަހައްޓާ..!!!
ތިފުލުހުން ތިބުނަމީ ތެދެއްކަމެއް ކިހިނެއްޤަބޫލުކުރާނީ ތިފުލުހުންނަކީ ދެފާސިޤުންގެ ހެކިބަހަށް އެއްބާރުލުން ދީ އެއްވެސް ކުށެއްނެތް ނިކަމެތި މައުސޫމު އިންސާނަކު ދެއަހަރު ދުވަހު ރަހީހުކޮށްގެން އުޅުމުގައި މިސަރުކާރަށް ހުރިހާގޮތަކުން އެއްބާރުލުން ދިންބައިގަނޑެއް އެހެން ވީމަ ތިފުލުހުންގެ މުއައްސަސާއިން ދައްކާވާހަކަ ޤަބޫލުކުރާނީ ފާސިޤުން:
މުޅި ގައުމު ގައުމީޓީމުގެ މެޗު ބަލަން ފޯރީގައި ތިއްބައި ޜަށެއްގެ އެކަނި ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްސަ ހުރި ބަންގާޅު ބޭފުޅެއް ގުޅާލީމައި ރަށެއްގައި ހުރި އެންމެ ގަދަރުވެރި މުއްސަދި މީހާ އެކަނިމާ އެކަނި ބޯ ވާރޭ ތެރޭގައި ދާން ޖެހޭ ސަބަބެއް އޮންނަން ވާނެ.. ސާލިމް ކީކޭ ބުނެގެން ކަމާއި ، ސާލިމް އާއި މަހްމޫދާއި އެކަނި ބައްދަލު ކުރާ ވަރުގެ ގުޅުމެއް ކުރިން އުފެދިފައިވޭތޯ..؟ ތަޙްޤީޤަށް ހޯދެންޖެހޭ.. އެވަރަށް އަމިއްލަ އަމިއްލަ ޖީބުގައި ފައިސާ ގެންގުޅޭ މީހަކު އެކަނިމާ އެކަނި ގޮތްނޭނގޭ ބަންގާޅު ބޭފުޅެއް ކައިރިއަށް ދާން މިޒަމާނުގައި ދާނީ ކޮންމެވެސް ސަބަބެއް އޮތީމަދޯ..
ބަންގާޅީ ކަލޭގެ ގެއްނާންވީ މަހުމޫދުގެއާއިލާހަމައށް އެއިރުން އެގޭނީ ތިދަށްކާވާހަކައިގެ ތެދު ދޮގު
ވަރަސް ރަގަޅު ވާހަކައެއް.ތާކު ބަންގާޅަކު ހުއްޓަސް އޭނަގެ ސިކުޑިއަކަށް ހަމަ ކުއްލިއަކަށް ނައަންނާނެ މީހަކު މަރަން. އަދި ފައިސާގެ ބެނުނަށޭ ބުނާއިރު އެބަ އެގެންޖެހޭ އެބޭބެގެ އަތުގައި އެގަޑީގައި ފައިސާ ހުރިކަން ބަންގާޅަށް އެގުނު ގޮތްވެސް ހޮދެން އަދި ތިއަށްވުރެން ބޮޑަށް ތިކަން ތަހުގިކު ކުރެވެން ޖެހޭނެ. ވެދާނެ ނު ބަންގާޅު މީހާ ބުނެގެން އެވަރަށް ފައިސާ ގެނައީކަމަށްވެސް. ކާކު ޣަބޫލުކުރާނީ ބަްނގާޅަކަށް މީހަކު ގެއަށް ގެނެސްގެން ތިވަރުގެ ކަމެއް ކުރެވިދާނެކަމަށް. މިރާއްޖޭގަ މިވާ ގޮތަކީ މީހަކު މެރިޔަސް ތަނެއް ގޮއްވިޔަސް އެކަންކުރި މީހާ ހައްޔަރު ކުރަނީ އަދި އެމީހާ ހިސާބުން އެކަން ނިމުނީ. ވައްކަމެއްކުރިޔަސް އެކަން ކުރުވި މިހާ ހޯދެެ ގޮތހެއް ނޯވޭ. ގައިމު ތަހުގީގޭ ކިޔަނީ ނަމަކަށް ނުން. ފޯނު ކޯލް އެކަނި ބެލިނަމަވެސް ތިއަށްވުރެން ފުނަށް ގެންދެވޭނެ. ދެން ބަންގާޅި މީހާ ޑީޕޯޓު ކުރުމުން ނިމުނީ. ނުކޮށް ވާކަށްވެސް ނޯންނާނެ. ބަންގާޅަށް ސަލާން ޖަހަން ޖެހޭ ފެންވަރުގެ ގައުމެއް ވިއްޔާ މީ.
މޮޅު ފޮޓޯތަކެއް ދައްކާނެ ކަމެއް ނެތް. ތީ ބަންގާލު މީހަކަށް ވީމަ އޭނަ ބުނެދިން ވަރު. އިތުރަށް ހޯދުނު ހަމަ އެއްކަމެއްވެސް ހަރާމް. ތީ މުއްސަދި ދިވެއްސެއްނަމަ ތީނަގެ ބޮޑު ވަކިލުންގެ ޓީމެއް އޮންނާނެ. އަދި ދައުލަތުގެ ވަކީލުން މައްސަލަ ނިމޭއިރު ބޮޑުތަނުން ގޯސްހަދާފަ އޮވެގެން އެންމެ ފަހުން ދޫވާނީ. މިރާއްޖޭގެ ޕޮލިހުން ކުރާ ތަހުގީގުގެ ފެންވަރަކި މީހަކު ހިތުން ރުހުމުން ތިމެންނަ ކުރި ކަމަކަށް އެއްބަސް ވެއްޖެނަމަ އޭނަ ދެއްކި މިންވަރެއް ފެންނަނީ. އެވަރު އެގޭނެ އަހަރުމެނަށްވެސް. ތިމެން ނައޭ ތިތަން ފެޅީ ބުނުމުން ޅަކުއްޖަކަށްވެސް އެވަރު ނޫސް ކޮންފަރެންސަކަށް އަރާ ބުނަން އެގޭނެ. މިއަށްވުރެން އިތުރަށް ހޯދުނު އެއްޗެއް ހަރާމުން ހަރާމް. ސަލާމް ފުލުހުންނަށް.