މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާކުރައްވައިފިއެވެ.

ރައީސް މިއަދު ވަނީ އެ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ކޮމިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުވައިފައެވެ. މި ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ވަނީ މާލޭ ސިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ކޮމިޓީގެ މެންބަރުން ވަނީ ފާއިތުވި ހަ މަސްދުވަހު އެކޮމިޓީން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރައްވާފައެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ތަރުތީބުކޮށް، ފުރިހަމަކުރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ އެކަމުގައި ކޮމިޓީއަށް ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ.

އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ އާއި، ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެކަނބަލުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކުރައްވާފައި ވެއެވެ.

އޭގެ ތެރޭގައި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުންވެސް މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށްކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާ، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމަށް ވާހަކަދައްކަވާފައި ވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީށް ވަނީ މާލޭ ސިޓީގެ ތަރައްގީއަށް ރާވަފައިވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ހިއްޞާކުރައްވާފައެވެ. އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ވަކިވަކި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، ހައްލުކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    މިރާއްޖޭގައި ބޯހިޔާވަހިކަމުހެ މައްސަލަ ދިމާވެފައިވަނީ ހަމަ އެކަނި މާލޭގެ ރައްޔިތުންނަށްތޯ ؟ ބަލަ އަޅުގަޑަކީ ދެކުނަށް ނިސްބަތްވާ އުމުރުން 50 އަހަރުވެފައިވާ މީހެއް އަޅުގަޑުގެވެސް ބޯހިޔާވަހިކަމެއް ނެތް !

  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    3
    2
  3. ގައްދާރެެކޭ

    ރައީސް އިބޫ އަކީ އިންޑިއާ އަށް ރާއްޖޭގެ މިނިވަންކަން ވިއްކާލި ގައްދާރެކޭ ވީ މަސްޓް ރިއަލީ ކޯލް ހިމް ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ ގައްދާރެެކޭ

    3
    2
  4. ގުދުގުދާބެއްޔާ

    މާލޭ މިހުން ބޭނުންވަނީ ގޯތި! ކ.މާފުށި ވެސް ހިއްކާފައި ހިއްކިބިމުގެ %50 ވަނީ ގޯތި ދޭން ހަމަޖައްސާފައި! ގާނޫނަކީ ހަމަ އެކަނި ރައްރަށުގެ ރައްޔިތުންނަށް ތަންފީޒް ކުރަން އެކަނި އޮންނަ އެއްޗެއްނޫން! ރަށް ރަށުން އެރަށުގެ ރައްޔިތުންނަށް ގޯތި ދޭނަމަ މާލޭ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ދެވެންޖެހޭނީ! އެހެންނޫނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މާލޭ ސިޓީގެ ރައްޔިތުން ބޮއިކޮޓް ކޮއް ވޯޓްލާން ނުނިކުންނާނެ! މާލެ ސީޓީގެ ވޯޓް އިންތިހާބު ކާމިޔާބުކުރުމަށް ކޮންމެ ޕާޓީ އަކުންވެސް ބޭނުންވާނެ! ވަކިންޚާއްސްކޮށް ވެރިކަމުގައި ތިބި އެމްޑީޕީ! ގޯތި ނުދީ ވޯޓް ހޯދަން ނުގުޅާތި. #ނޯވޯޓް ނޯ ގޯތި

  5. މުފައްކިރު

    ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވީމަ ތިމާގެ ޕާޓީ ރަމްޒު ކޮށް ދޭން އަބަދު ރީދޫ ޓައީ އަޅުއްވަން ޖެހޭތޯ؟

    3
    1
  6. މަނާކުރާށޭ

    ކުދި ކުދި އާބާދީ ހުންނަ ރަށްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމާއި ސްކޫލް ތަކާއި ބަނދަރުތައް ހެދުމާއި ބިން ހިއްކުމަކީ އެއީ ކޮށްގެން އެއިން އެއްވެސް ނަތީޖާ އެއް ނިކުންނާނޭ ކަމެއް ނޫނޭ ބަދަލުގައި އެ ފައިސާ އިން މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ގޯތި ތައް މާލެ އަތޮޅު ތުލުސްދޫ އަދި ހިންމަފުށީގައި ހިއްކި ބިންތައް އެހެރީ އަދިވެސް ދައުލަތަށް އެންމެ ރުފިޔާ އެއްވެސް ނުލިބޭ އެއީ ކިހާ ބޮޑު ގެއްލުމެއް ނޫންތޭ ބަދަލުގައި ހުޅުމާލޭން ކިހާ ފައިސާ އެއްތޭ އެ ޚަރަދުވަނީ ދައުލަތުގެ ބަޖެޓުން ބޭކާރު ގޮތުގައި މިކަން ކަން މަނާކުރާށޭ...