އައްޑޫގެ މިސްކިތްތައް ހިލޭ މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އައްޑޫސިޓީގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ދަރުމައަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 29 ޑިސެންބަރުވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ މިސްކިތެއް ހުރި އަވަށެއްގެ އަވަށު އޮފީހަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަވަށު އޮފީހުގައި ނަންނޯޓުކުރެއްވުން އެދޭ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މަރާމާތު ކުރަން ބޭނުން ވަނީ ކިތައް މިސްކިތް ކަމެއް އިއުލާނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އައްޑޫގައި ޖުމްލަ 60 އަށް ވުރެ ގިނަ މިސްކިތް ހުރެއެވެ.

މިސްކިތްތައް ބެލެހެއްޓުން ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހަމަޖައްސާފައި ވަނިކޮށް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ފުރަތަމަ ނިންމެވި ނިންމެވުންތަކުގެ ތެރޭގައި މިސްކިތްތަކަކީ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަންތަން ކަމުގައި ހަމަޖެއްސެވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ވަރަށް ގިނަ ކައުންސިލްތަކުން ގެންދަނީ މިސްކިތްތައް މަރާމާތު ކުރުމަށް ބަޖެޓް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖާމުނަގަރު

  މިސަރުކާރުގެ އަސްލާއި ހަގީގަތް ފެންނަން // އިސްތިއުފާ //

  14
 2. ދެރަކަމެއް

  ކުޅިވަރު ދަނޑު، މިއުޒިކް ޝޯވ، އެކިއެކި ދުވަސްތައްފާހަނގަ ކުރަން ލާރި ހުރޭ!

  17
  • ކަޅުވަކަރުމިސްކިތްގެއްލިގެންލޮލަށްނިދިނައިގްރޫޕްކޮބާ

   ކުރުފިލްމްވެސް

 3. އަހުމަދު

  ތިހުރިހާ މިސްކިތެއް މަރާމާތު ކުރރެވޭވަރައް އިހަކައްުދުވަހު އެމެރިކާ ދަތުރައް ވެސް ހަރދުކޮއްފި

 4. ނަމްޒާ

  އަވަށު އޮފީސް ނަމްބަރު ހޯދަނީ ކޮންތާކުންތޯ. ؟ ކޮންމެ އަވަށަކައް ވެބްސައިޓެއް ހުރޭތޯ.؟ ކީކޭ ދެން ބުނާނީ.. ތަންކޮޅެއް ޒިންމާދާރުކޮއް މައުލޫމާތު ދޭން އެބަޖެހެއެއްނުން. ކަަމާއި އެކަށީގެންނުވާ މީހުން މަގާމުތަކާއި މަސައްކަތައް ލާފަތިބޭތީއޭ މިހެން ވަނީ. ހޯދައިގެން ގުޅާށޭ ބުނާއިރު ފަސޭހައިން ހޯދޭނެ ގޮތެއް ބުނެދޭން އެބަޖެހެއެއްނުން.

 5. އަހުމަދު

  ﷲ އަކުބަރު، ކަޅުވަކަރު މިސްކިއް ގެއްލިގެން ހޭބޯނާރާ އުޅުނު މީހުން. ކިހިނެއްމިވީ. މާތްﷲ ދިވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށި