ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެވަނަ ވަގުތީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

35 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ. ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުކުރެވޭނެއެވެ. ފިރިހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުން ހަމަޖެހިގެންދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު އެސަރަހައްދުގައި އެއްވެސް މިސްކިތެއް ނެތެވެ. އަމިއްލަ ފަރާތަކުން ދެވަނަ ފިޔަވަހީގައި ބިނާ ކުރި މިސްކިތެއް މިހާރު ވަނީ ހުޅުވާފައެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު ވަނީ 5000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސޭކު

  ޥަގުތީ މިސްކިތަކަށް 3 މިލިޔަން. ޢައުޓް ސޯސް ކޮށްލާނީ 5 ލައްކައަށް ބޮންދު ގްރޫޕަކަށް. ބާކީ ބައި ކަޓް
  މަބުނީތީވެސް ބަލާތި 3މިލިޔަން ރުފިޔާ ދާނެތޯ ތިތަން ނިމޭއިރު

 2. އަހްމަދު

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އަޅާފައި އެހެރަ މިސްކިތްފަދަ މިސްކިތެއް ނާޅާދިނުން އެދެން. އެމިސްކިތުގައި ވަރަށް ހޫނުގަދަ. ފިޔަތައްކުދި ފަންކާ ތަކެއް ލާފައި ހުރީ އުޑުގައި. އެއިން ވައިކޮޅެއް މީހުންނާ ހަމައަކަށް ނުފޯރާ. ހުޅަނގުފަރާތުގައި އެންމެ އަވިދޭ ފަޅީގައި އެކަށް ބިއްލޫރިލާފާ ހުރުމުން އަސުރު ނަމާދުގެ އެންމެ ހޫނުގަދަ ވަގުތު މިސްކިތު ތެރެއަށް އޮންނަނީ ގަދަ އަވި ދީފާ ސަފުތައް ހަދަން ޖެހެނީ އަވީގައި. ފަންކާ ތަކުގައި ބޮކި ހުރުމުން ދިއްލަން ނުޖެހޭ ވަގުތުވެސް ދިއްލިފައި ހުރުމުން ޚަރަދުބޮޑުވެ ކަރަންޓް އިސްރާފުވޭ. މިސްކިތް ހުރި ސަރަހައްދަކީ އެއްވެސް ހިޔަލެއް ނުލިބޭ ހިސާބެއްކަމުން ވަރަށް ހޫނުގަދަ. ﷲގެ ރަހުމަތުން ވައިރޯޅިއެއް މިސްކިތަށް ވަނީމާނޫނީ ފިނިކަމެއް ނުލިބޭ. އަބަދު ހިރަފުހުން ފުރިފާ. މިތަން ބަލަހައްޓާ މަސައްކަތުމީހެއްވެސް އެތާކުން ނުފެނޭ. ވުޟޫ ކުރާ ތަނުގެ ކާނުވެސް ބެދި ފެންބޮޑުވެ ހަޑިވެފާ. މިސްކިތެއް އެޅިއަސް އެތަނަކީ މީހުނަށް އުނދަގުލާ ދުއްތުރާލިބޭ ތަނަކަށް ވެގެން ނުވާނެ.

 3. މުރާސިލް

  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް އަޅާނުލުވުނު ބަޔަކު ނިކުމެ، ދާއިމީ 7000 ފުލެޓް ކުރީ ސަރުކާރުން އެޅީމައި އެފުލެޓްތައް ތަޅާލާ ވާހަކަ ދެއްކީމައި އަޅެ ޖޯކެއް ނޫންހެއްޔެވެ؟ މިސަރުކާރުގެ ހައުސިންގ މިނިސްޓަރަށް ލަދުގަންނަންވެސް ނޭންގެނީހެއްޔެވެ؟ މިވަރުގެ ބަޔަކަށް ކުރެވޭނެ ވެރިކަން މިދަނީ ކުރަމުން ޤައުމު ވިއްކަމުން ދަރަނި ނަގަމުން ދައުލަތް ލޫޓުވަމުން މިހެން މިގެންދަނީއެވެ.

 4. މޫސާ

  ހުޅުމާލޭގައި ނޫނީ ވަގުތީ މިސްކިތް އަޅާރަށެއް ނުދެކެން ފަނަރައަހަރު ފަންސަވިސް އަހަރުވާއިރުވެސް އެވަގުތީ މިސްކިތެއް ހަލާކުވެގެން ދާއިރުވެސް ވަގުތީކަމެއް ކެޑގެނެއް ނުދޭ މިހާރުވެސް ހުޅުމާލޭގައި ހުރި އެންމެ ބޮޑު ވަގުތީ މިސްކތް ހުންނަތާވެސް އެތައް އަހެއްވެ އެމިސްކތް އެދަނީ ބާވެ ހަލާކުވަމުން ދާއިރުގައިވެސް ދާއިމީ މިސްކތެއް ތެތާގައި ބިނާއެއް ނުކުރެވޭ މިގޮތަށް ކަންތައް ކުރަނީ ބަޔަކަށް މަންފާތަކެއް ހޯދައިދޭންވެގެން

 5. އާރިފު

  ދިވެހިރާއްޖޭގެ ރަށްތަކުގައިވެސް ރާއްޖޭގެ ބަތަލު މުހައްމަދުތަކުރުފާނަށް ނިސްބަތްވާ އިސްލާމީމަރުކަޒު ބިނާކުރަމުންދާއިރު ހުލުމާލޭގައިވެސް އިސްލާމީމަރުކަޒެއް ބިނާކުރާށެވެ