16:58

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ކޮވިޑްގެ އާ ވައްތަރު "އޮމިކްރޮން" ފެތުރުން އަވަސް ކަމަށާއި އެހެން ކަމުން ބައްޔާއި މެދު ހާސްވާން ޖެހޭ ކަމަށް ދެކުނު އެފްރިކާގެ ޑޮކްޓަރެއް ކަމަށްވާ އެންޖެލީކް ކޯޓްޒީ ބުނެފި.

 

14:52

އިންޑިއާގައި ކޮވިޑް-19 ގެ ވޭރިއަންޓް "އޮމިކްރޮން" ގެ ނުރައްކާތެރިކަން ކުޑަވެދާނެ ކަމަށާއި، ސަބަބަކީ އެ ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމާއި ޑެލްޓާ ވޭރިއަންް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފި

11:06

ސްރީލަންކާ އިން ވެސް ކޮވިޑްގެ އާވައްތަރު ފެނިއްޖެ.

10:41

މެލޭޝިއާ އިން ވެސް ކޮވިޑްގެ އާވައްތަރު ފެނިއްޖެ.

08:45

ކުރިން ކޮވިޑް ޖެހިފައި ތިބި މީހުންނަށް ވެސް އޮމިކްރޮން ފަސޭހައިން ޖެހޭ – ދިރާސާ

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައި އޮތުމަށް ފަހު ބުރާސްފަތި ދުވަހު އަނެއްކާވެސް ވަނީ އަދަދު މައްޗަށް ގޮސްފައެވެ.

ބުރާސްފަތި ދުވަހު 143 މީހުން ކޮވިޑަށް ފައްސިވިއެވެ. ބުރާސްފަތި ދުވަހު މާލެ އިން ފައްސިވީ 22 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 117 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން ފައްސިވީ ހަތަރު މީހުންނެވެ.

ބުރާސްފަތި ދުވަހަކީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހަށް ފަހު އަތޮޅުތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ޖުލައި މަހުން ފެށިގެން މާލެއަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަނީ އަތޮޅުތެރެއިންނެވެ. ނަމަވެސް ގިނަ ރަށްރަށުގައި ކޮވިޑް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތައް އަޅަމުންނެއް ނުދެއެވެ. އަދި އެޗްޕީއޭގެ އުސޫލުތަކުގެ މަތިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ގިނަ ރަށްރަށުގައި ތަންފީޒެއް ވެސް ނުކުރެއެވެ.

އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު އަދިވެސް ނުރައްކާތެރި ހާލަތެއްގައި އޮތްއިރު މިހާރު ދުނިޔެ އަށް ވެސް ވަނީ ކޮވިޑްގެ އިތުރު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. އެފްރިކާ ބައްރުގެ ހަތް ގައުމަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައި ވީނަމަވެސް އެހެން އެއްވެސް ގައުމެއްގެ ބަޔަކު ރާއްޖެ އަށް އަންނަން ހުރަހެއް ނެތެވެ. ނަމަވެސް މިހާރު ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ވަނީ އޮމިކްރޮން ވޭރިއަންޓް ފެނިފައެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު