ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ޕީޕީއެމް އިން ތައްޔާރުވާން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަލްސާގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. މިއީ ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވި ފަހުން ބާއްވާ ރަސްމީ ފުރަތަމަ ޖަލްސާއެވެ.

އަންގާރަ ދުވަހު ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވުމާއި އެކު ރައީސް ޔާމީން ވަނީ ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައެވެ. އަންގާރަ ދުވަހުގެ ރޭ ޕާޓީގެ ލީޑާޝިޕާއި ބައްދަލު ކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފެނިވަޑައިގަންނަވާ ގޮތް ލީޑާޝިޕާއި ހިއްސާކުރެއްވެވިއެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަރަކާތް އިތުރަށް ވަރުގަދަ ކުރެއްވުމަށް ވެސް ޕާޓީގެ ލީޑާޝިޕަށް އެންގެވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ވެސް ޕީޕީއެމް އިން މާލޭގައި ބޭއްވި ޖަލްސާތަކަށް ގިނަ ބަޔަކު ޖަމާވިއެވެ. މިރޭގެ ޖަލްސާގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާ ޕީޕީއެމްގެ އިސް ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭގެ ޖަލްސާ އަކީ 2018 ވަނަ އަހަރުގެ ކެމްޕޭނަށް ފަހު ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެން ދާނެ ކަމަށެވެ.

ދެއަހަރު ދުވަހަށް ފަހު ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ސާބިތުކުރި މަނީލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ކުރުމުގައި އެތައް ގޯހެއް ހަދާފައި އެބައޮތް ކަމަށެވެ.

ފުރަތަމަ މައްސަލަ އިން ރައީސް ޔާމީން ސަލާމާތްވެ ވަޑައިގެންނެވި ނަމަވެސް މިހާރު ވެސް އެމަނިކުފާނުގެ މައްޗަށް ދެމައްސަލައެއްގައި އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އިރާދަކުރެއްވިއްޔާ ސައިޒް ދައްކާލަންވާނެ
    މާތްވެގެންވާ އިސްލާމްދީނުގެ ނިޢުމަތާއި ފުރިހަމަ މިނިވަންކަމަކީ އަވައްޓިންނަށް އެއްވެސް ވަރަަކަށް ޖާގަ ދެވެން ޖެހޭނެ ކަންކަމެއްނޫން.
    އަވައްޓެރި ކަމުގައިވެސް ޙައްދެއް އޮންނަށްވާނެ
    މީގެ ކުރީގައިވެސް ރާއްޖެއާއި އަވައްޓެރި ޤައުމުތަކާއި ރަނގަޅު ގުޅުން އޮވޭ.
    އެކަމަކު މައިދޮރުއަށީގެ އިސްމަޤާމުތައް އަވައްޓެރިންނަށް ދީގެންނެއްނޫން. ދިވެހިންނަކީ ފުދުންތެރި މިނިވަން ޤައުމެއް. ދިވެހިން ކަނޑުފަޅު ބަލަހައްޓާނީ ދިވެހިން .

    36
    1
  2. Anonymous

    ސަރުކާރު ސިހިގެންދާވަރުގެ ކަމެއްތީ، އާދީއްތަދުވަހު ޖަލައް ނުގެންގޮއްސިއްޔާ ރަނގަޅު.

    34
    1
  3. އާދަމް ނަވާޒު

    ޔާމީނު ގެ ފަހުޖަލްސާ ވުން އެކަށީގެން ވޭ . ވަގު ދާންޖެހޭނީ ޖަލައް .

    2
    48
    • Anonymous

      މަގޭ ދުޢާއަކީ ތިމީހާ ޖަލައްދާވަރުގެ ކަމެއް މެދުވެރި ނުވުން. އަދި ވަގަކަށް ވެސް ނުވުން.

  4. ރީޒަންސް

    ރައީސް އިބޫގެ ވެރިކަމުގައި ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައި ހުރި ފައިސާ ކޮޅު ވެސް ވަނީ ކުދި ކުދި އާބާދީ ތަކަށް ބޭކާރު ޚަރަދު ތައް ކޮށް ގައުމު ބަނގުރޫޓް އަރުވާލާފައޭ މިރާއްޖޭގެ ވެރިކަމަށް އެމްޑީޕީން އަތުވެއްޖެނަމަ އެމެން ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާ ދަވާލާ އަދި ޓެކްސް ފީންނެއް ނަގަނީއޭ އެކަމަކު ވެސް ދުވަހަކު ވެސް ދައުލަތުގެ ބަޖެޓް އަރަނިވެގެން ނުދެއޭ މިވަރުގެ ކަނޑުކޮސް ގަމާރުން ރައީސުންނަށް ލައިގެން ރާއްޖެ ނުހިންގޭނެއޭ ރައީސް އިބޫ ނުކިޔަވާ ހުރުން އެއީއޭ ބޮޑު ރީޒަންއަކީ ރީޒަން އަކީ ރީޒަން އަކީ

  5. ތުން ތުނާ

    ބިރު ބޮޑު ބިޔަ ޖަލްސާ