"ބޭބެ ގަރަޖުގައި ރޯވެއްޖެ، އަޅުގަނޑަށް އެތަނަށް ދެވެނުއިރު، ތަން އިނީ އަނދައި އަޅިއަށް ވެފައި" މިއީ ކުޅުދުއްފުށީ ސިޓީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މެސްކޮޓް ގަރާޖު ހިންގަމުން އަންނަ އެރަށު މެސްކޮޓް، ހަސަން އަލީ (58އ.)ގެ ގަރާޖްގައި ރޯވެ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބުނު ވާހަކައެވެ.
ކޮންމެ މީހަކީ ވެސް ދިރިއުޅުމަށް ބުރަ މަސައްކަތް ކޮށްގެން ލާރި ހޯދާ މީހުންނެވެ. އެގޮތުން އެރަށު މަގާންމަގުގައި ހުންނަ މެސްކޮޓް ގަރާޖަކީ ހަސަން އަލީ 26 އަހަރުވަންދެން ދިރިއުޅުމަށް ކުރަމުން އަންނަ ބުރަ މަސައްކަތެކެވެ. ރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަނދައި އަޅިއަށް ވެފައިވާއިރު، ހަސަން އަލީއަށް އަދިވެސް އެއީ ހިނގައިގެން އުޅޭ ހާދިސާއެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ނޭނގެއެވެ.
ހަސަން ގަރާޖުގެ މަސައްކަތުގައި އުޅޭތާ 26 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. މެސްކޮޓް ގަރާޖަކީ މި މަސައްކަތުގެ ނުވަ އަހަރުގެ ތަޖުރިބާއަށް ފަހު ގާއިމްވި ވިޔަފާރިއެކެވެ. އެ ތަނުގައި މަސައްކަތް ކުރަމުން އަންނަތާ 17 އަހަރުވީއެވެ. މީގެ ކުރިން އެހެން އެކި ތަންތަނުގައި މަސައްކަތް ކުރުމަށް ފަހު، މެސްކޮޓް ގަރާޖު އަޅާފައި ވަނީ އޭނަގެ ބައްޕަގެ ގޯތިން ބަހައިގެން އޭނައަށް ލިބުނު ތަންކޮޅުގައެވެ.
ބަންގްލަދޭޝް މީހަކާއި އެކީ މަސައްކަތް ކުރަމުން އަންނަ ހަސަން އަލީ ބުނެފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ދަންވަރު އޭނާ ގެއަށް ދިއުމުގެ ކުރިން އެތަން ރަނގަޅަށް ބަލާފައި ދާ ކަމަށެވެ.
"އެންމެ ފަހުން އެތަނަށް ވަނީ ރޭ ދަންވަރު 12:45 އެހާކަންހާއިރު، ކޮންމެ ރެއަކު ވެސް އަމަލު ކުރާ ގޮތަށް ރޭވެސް އެތަނުގައި ހުރި ހުރިހާ ސުވިޗުތަކާއި ސާކެޓްތައް ބަލާފައި ނިއްވަން ޖެހޭ އެއްޗެހި ނިވާލާފައި ގެއަށް ދިޔައީ"
އެތަނުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހާއަކީ ސައިކަލު ދޮންނަ މީހެކެވެ. އަދި އޭނާ އަކީ އެތަނުގައި ސައިކަލު މަރާމާތު ކުރާ މީހެކެވެ.
އާދައިގެ މަތިން އެތަނުގައި ހުރި ނިވާލަން ޖެހޭ އެއްޗެހި ނިވާލުމަށްފަހު ގެއަށް ދިޔައީ 1:00 ޖަހަނިކޮށެވެ. ނަމަވެސް ރޭ 1:30 އެހާކަންހާއިރު ނިދިފައި އޮއްވާ 2:45 ގައި ގަރާޖުގައި ރޯވެގެން ކުއްޖަކު ގުޅާފައި ބުނީ ކަމަށް ބުންޏެވެ.
އޭނާ ބުނީ އެ ހަބަރު ލިބުމާއި އެކީ އެތަނަށް ވަގުތުން ދިޔަ ކަމަށެވެ. އަދި އެތަނުގައި އޭނާ ހުއްޓާ 7 ވަރަކަށް މިނެޓު ފަހުން ފަޔަރުގެ 2 ލޮރީ އައިސް އަލިފާން ނިއްވާލެވުނު ކަމަށް ބުންޏެެވެ.
އެ އަލިފާންގަނޑު ނިއްވާލެވުނީ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ފަހުންނެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ މުހައްމަދު ވިދާޅުވީ އެ ތަނުގައި ރޯވެގެން އުޅޭ ކަމަށް ރިޕޯޓް ލިބިފައިވަނީ ރޭ 02:48 ހާއިރު ކަމަށެވެ.
އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން ހަރަކާތްތެރިވި ކަމަށް ވިދާޅުވިއެވެ.
މިގޮތުން ފަޔަރ ފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް ހަނާ ވިދާޅުވިއެވެ.
ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ހަނާ ވިދާޅުވިއެވެ
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
"އެމީހުންގެ މަސައްކަތުން އެއްކޮށް ނާނދަނީސް ނިވާލެވުނީ. ބައެއް ތަންތަނާއި ތަކެތި އެއްކޮށް އަނދާފައި ހުރީ"
އެގަރާޖަކީ ހޮންޑާ ސްޕެއާ ޕާޓްސް މުޅިންހެން ގޮތަކަށް ހުންނަ ތަނެކެވެ. މި ހާދިސާގައި މުޅިއަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި ފުށިދިއްގަރު ފަޅު ހިއްކާ އެތަނުން 60 ހާސް ގޯތި އެމެންނަށް ދީ ކުޅުދުއްފުށި ފަޅުކޮށްލަންވީއޭ އެއިރުން ދެން ތިޔާ ޒާތުގެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ތައް ނުހިނގާނެއޭ ދެން ކުޅުދުއްފުށި ދޭނީ މާލެ ސަަރަހައްދުގެ ކުންފުންނަކަށް އިންޑަސްޓްރިއަލް ޕާރކެއް ހަދަން އިނގޭތޭ...
4 މިލިއަން ހަމަ އިނިއަންނަނީ، 4 މިލިއަން ރުފިޔާގެ ކޯޗެއް އެތާހުރީ؟ ކާޗާ މެޝިން؟
ބޮޑު އަލިބެ އަށް: ސައިކަލު ސްޕެއަރ ޕާރޓްސް އަކީ1ރުފިޔާ 2ރުފިޔާ އައް ލިބޭ އެއްޗެހިތަ؟ ތަނުގަ ބޭނުންކުރާ މެޝިނަރީސް އެއީ ހިލޭ ބަޔަކު ބަހާއެއްޗެހިތަ؟ ތަނުގަ ސްޓޯރ ކޮއްފައި ހުންނަ އަމިއްލަ މުދަލަކީ ސަލާން ޖަހައިގެން ހޯދާ އެއްޗެހިތަ؟ ވާނުވާނޭންގި ތިފާޑައް ޖަޖް ނުކޮއް ރަށުތެރެއިން ކޮންމެވެސް އެހެން ކަމަކާ އުޅޭ..