ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއާއެކު ސޮއިކުރެއްވި ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންގައި އޮތީ އަސްކަރީ މަރުކަޒެއްގެ ހުރިހާ ވަސީލަތެއް ގާއިމްކޮށް ތަރައްގީ ކުރާ ގޮތަށް ކަމަށް، އެ އެއްބަސްވުން ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ އެކުލަވާލި އެކްޝަން ޕްލޭންގެ ދަށުން އޮތް ގޮތާއި ފަހުން އެ ކަމަށް ޓަކައި އެކުލަވާލި އެއްބަސްވުމަށް ކުދި ބަދަލުތަކެއް ގެނެވިފައި އޮތް ކަމަށެވެ.

އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ އޮތީ މުޅި އުތުރުތިލަފަޅު ބޭނުންކޮށްގެން ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. އެކަމަކު، ފަހުން އެއްބަސްވުން ބަދަލުކުރީ އުތުތިލަފަޅުގެ ކުޑަ ސަރަހައްދެއް ބޭނުންކޮށް ޑޮކްޔާޑަކާއި މަދު ވަސީލަތެއް ގާއިމް ކުރާ ގޮތަށް ބަދަލު ކުރީ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މުޅި އުތުރުތިލަފަޅު ތަރައްގީ ކުރާ ގޮތަށް އޮތް ޕްލޭނެއް، މުޅި އެ ތާނގައި ރަންވޭއެއް ވެސް އަޅާ ގޮތަށް، އެއީ ހަމަ މިލިޓަރީ ބޭސްއެއްގައި ބޭނުން ކުރާ ކަހަލަ ރަންވޭއެއް، މިލިޓަރީ ބޭސްއެއްގެ ވަސީލަތްތައް ވެސް ގާއިމް ކުރާ ކަހަލަ ގޮތަކަށް،" އަސްލަމް ވިދާލުވިއެވެ.

އަސްލަމް ވިދާޅުވީ، ކުރިން ހިމެނޭ ގިނަ ކަންކަން އުނި ވެސް ކުރުމަށް ފަހު، މިހާރު މަސައްކަތް ދަނީ އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަކަށް ކަމަށެވެ. އަދި އެއިން ރާއްޖޭގެ ސިޔާދަތަށް ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން އޮތް ޕްލޭން ވެސް ވަކި ގޯހެކޭ ދަންނަވާކަށް އަޅުގަނޑު ނެތިން، އެކަމަކު އަޅުގަނޑުމެން މަޝްވަރާކޮށްފައި މި ގޮތަށް ފަހުން ބަދަލު ކުރީ،" ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާއި، އިންޑިއާއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ ދިރާސާގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުން 241 ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ސަލާމަތީ ޚިދުމަތްތަކަށް އުފައްދާފައިވާ އެ ކޮމިޓީން ނިންމީ އެއިން އެއްބަސްވުމެއްގައި ގޯހެއް ނެތް ކަމަށެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް ކޮމިޓީގެ ރިޕޯޓް އެ ގޮތަށް ފާސްކުރިއެވެ.

އެކަމަކު، ކޮމިޓީގެ މެންބަރުންގެ އަތަށް އެއްބަސްވުމުގެ ކޮޕީއެއް ދީގެން އެއްބަސްވުން ދިރާސާ ނުކުރާތީ ކޮމިޓީއާއި މަޖިލީހުގައި ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އަވައްޓެރި އިންޑިއާއާއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

މިފަދަ އެއްބަސްވުންތަކާއި، ޑިފެންސް އެކްޝަންގެ އެއްބަސްވުންތައް މި ސަރުކާރުގައި ގާއިމްކޮށްފައި އޮތީ އިންޑިއާގެ ޖާސޫސީ މީހުނާއި އަސްކަރީ މީހުން ދާއިމީ ގޮތަކަށް ރާއްޖޭގާއި ގާއިމްވެ ތިބެވޭ ގޮތަކަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް އެކަން ދޮގު ކުރެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި ބޮޑު ކެމްޕޭން ހަރަކާތެއް ވެސް ހިންގަމުންނެވެ. ރާއްޖޭގާއި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ސޮއި ހޯދުމުގެ ކަންކަން ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް އިންޑިއާ އައުޓް އަަސްލަމް އައުޓް

    41
  2. އަތޮޅުމީހާ

    ތިޔައީ ކަލޭމެންގެ ރޭވުމެއް މަކަރުވެރިކަމާ ހިޔަޅުކަން ކަލޭމެންގެކިބައިގައި ހުރިހާދުވަހަކު ތިޔަ ސަރުކާރަކަށް ކުރިއެރުމެއްނެތް މިހާރުވެސް ރަށްޔަތުން ވަނީ ތިޔަ ސަރުކާރުދެކެ ފޫހިވެފަ ކޮންމެހެން ރައީސްޔާމީނު ބޮލުގަ ތެތްގޯނި އަޅުވާނެކަމެއްނެތް އެއީ މިސަރުކާރަށްވުރެ ވިސްނުންތޫނު ލީޑަރެއް 2023 ޔަގީން އިންޝާ ﷲ.

    63
    1
  3. ހހހހހ

    އެކަން ތިފުރިހަމަކޮއްދިނީ. ތިމީހުން އަހަރެމެން ދަންނަން. އަބަދުވެސް އަޅުވަނީ އެހެންމީހުންގެ ބޮލުގަ. އެމްއެމް ޕީއާރުސީ ލާރިގަނޑުކެއީވެސް ޔާމީން ބުނެގެން

    50
  4. ޙ

    ޕްލޭން އަކީ އެއްބަސްވުމެއްތަ؟ އެއްބަސްވުން ހެދީ ކާކު؟

    46
  5. ދިވެހިލޭ

    އާން. ދެން ހުރިހާކަމެއް ޔާމީން ބޮލަށް ކަނޑާލާ.
    އެކަމަކު ތީތި ކަޑައޭ ބްރޯ. ތިއެއް ދެން ނުހިނގާނެ. އިންޑިޔާ އައުޓް

    55
  6. ނާހަމަ ތެދެއް

    އަސްލު ސޮއެކުރީ ތިބޭފުޅުން ޔާމީން އެއްބަސް ނުވީމަ މައްސަލަޖެހުނީ އިންޑިޔާއާ

    55
  7. އަފީ

    ރައީސް ޔާމީން ސޮއިކުރި ޕްލޭން އޮތީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް ހަދަން ކަމަށްވަނީނަމަ ކީވެގެންތޯ ތި އެއްބަސްވުން އަންބޮނޑިއަށް ލައި ފޮރުވައިގެން ތި އުޅުއްވަނީ! މިއަދު ސަރުކަރުގައި ތި ތިއްބެވީ ހުރިހާ އާރާ ބާރު ލިބިގެން! އެއްބަސްވުން އޮތީ ރައީސް ޔަމީން ސަރުކަރުގެ ސޮއި ތޯ ބަލަން ރައްޔިތުންނަށް ހަމަ ކުރަންވީ ނޫންތޯ؟

    51
  8. އަހްމަދު

    ކަލޭމެން ހަދާ އެއްޗެއް ނުބުނެ ތިބެ ،،، ހައްހައްހައްހާ 😂 ޔާމީނު ހަދާ އެއްޗެއްގެ ވާހަކަ ބުނާ ސަބަބުގެ ސިއްރު ވަރަށް ސާފު... އަސްލަމްގެ ބަސްމަގު ހުރިގޮތުން މިއެނގުނީ... އިންޑިޔާ ހަމަ އުއުޓް..

    42
  9. އަފިއްކޯ

    ބަލަގަ. ރައީސް ޔާމީން ސަރުކާރުގައި އޮތީ ދިވެހި އަސްކަރިއްޔާއަށް އެތަން ދީފައި. އިންޑިއާ އަކަށް ނޫން.

    44
  10. Anonymous

    އެހެންތަ. އޯކޭ

    18
  11. Anonymous

    އެ ދައްކަން ކެރޭނެތަ؟

    36
  12. މަ

    ނޮޓް އިންޓްރެސްޓެޑް

    24
  13. Anonymous

    އައްޑޫ ރާބޮކި ދުވަހަކުވެސް ތެދެއް ހެދިތަ؟

    35
  14. އައުޓް

    ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް

    31
  15. ސސ

    ސިޔާސީން މީހުން މީ މުޅިންވެސް ވަފާތެރި ކެހިވެރިން މީހަމަ މުޅިންވެސް އެއްބަޔެއް ކާދަރު އުޅެނީ މީ ސިޔާސީ ފިލްމު ކުޅޭބަޔެއް ރައްޔިތުންނަށް ދޯކާ ދޭބަޔެއް !

    16
    2
  16. ލލ

    ސިޔާސީ މީހުން ހަދަނީ ދޮގު ކަމެއް ތެދުކަމެއް ކިހިނެއް އެގެނީ މުޅިން ވެސް ވަފާތެރި ކެހިވެރިން !

    17
  17. އިބްރާހިމް

    ޢަސްލަމްމެންގެ ވާހަކަ ގަބޫލު ކުރާނޭ ބައެއް ނެތެވެ.އަދި އައްޑޫގެ ރައްޔިތުންވެސް މިހާރު ތިދައްކާވާހަކައެއް ގަބޫލެއް ނުކުރާނެއެވެ.ނިކަން ކެރެއްޏާ ދެންވެސް ޔާމިން ގެ ސަރުކާރުން ހެދި އެއްބަސްވުމާއި މިސަރުކާރުން ހެދި އެއްބަސްވުން އާއްމުކޮށްބަލަ. އެއިރުން ތިދައްކާ ވާހަކައިގެ ތެދު ދޮގު ރައްޔިތުންނަށް އެގިގެންދާނެއެވެ.

    31
  18. ރާއްޖެ

    ކަލޭމެން ދައްކާ ވާހަލަ ގަބޫލު ކުރަނީ ކާކު؟

    28
  19. ސަރީފް

    ޔާމީނު ކަމެއް ގޯސްކޮށް ކޮށްފައި އޮތީ އެވާހަކަ ދައްކަން ދުވާނެކަމެއްނެތެ. ތިމާމެން ގޯސްކޮށް ނުކުރީމަވީނު

    30
  20. ޙަސަނުގެދަރި

    ތީ ވަރަށްބޮޑު އޮޅުވާލުމެއް. ހަމައެކަނި ރީދޫކުދިން ތިޔަ އެއްބަސްވުން ބަލާފަ ހިތުހުރި ވާހަކައެއް ތިޔަ ދައްކަނީ ކީއްވެގެންތަ ތިޔަ އެއްބަސްވުން އެހެން ޕާޓީ ތަކުގެ މެމްބަރުންނަށް ދައްކަން ނުކެރިގެން ތިޔަ އުޅެނީ. މަޖްލިސް މެމްބަރުންގެ ތެރޭގައިވެސް ތަފާތުކުރުންތައް ގެންގުޅެނީ. ޢެމެރިކާގަ ކަޅުމީހުނަށް ތަފާތުކުރާހެން . މިއޮތީވޤ ސަރުކާރެއް.

    31
  21. ށަވިޔަނި

    ރައީސްޔާމީނުގެ ސަޕޯޓަރުން ގިނަވާވަރަކަށް ނަފްރަތު ކުރުވާ ދޮގު ވާހަކަތައް ގިނަވަނީ

    35
  22. Anonymous

    ދޮގުވެރި މޑޕ. އޙަރެމރން ގަބުލުކުރާވާހަކައެއްނޫން ތިއީ. ގައުމަށް ދެރަވާނެ އެއްކަމެއްވެސް ރައީސް ޔާމީން ނުކުރައްވާނެ.

    35
  23. ހގފދގ

    ޖޫޓާ ޖޫޓާ ޖޫޓާ. ހުން. މީދީކާ ޗަމްޗާ.😝

    27
  24. Anonymous

    ރައީސް ޔާމިން އަކީކަލެެޭ ކަހަލަ މުޖުރިމެއްނޫން ކަލޭ ދޮގުނަހަދާ ދިވެހިފަސްގަޑުން އެްމެ ވެލިފުކއްގެއްލޭނެ ގޮތަކައްވެސް އެމަނިކުފާނު ކަމެއްނުކުރާނެ

  25. Anonymous

    ޢެމްޑީޕީ އެއުޅެނީ ރ.ޔާމީނު މިނިވަންވިތާ މިވީ އެއްމެ ދެދުވަސް ތެރެއިންވެސް އެމަނިކުފާނަށް ރައްޔިތުންގެ ސަޕޯޓް އޮތްވަރުފެނިފަ ހަޖަމުނުވެގެން ގޮތްހުސްވެގެން ފަޔަށްހިނިއަރައިގެން، ކިތައްމެވަރަޖަށް ރައްޔިތުން އޮޅުވާލަން އުޅުނަސް އެމަނިކުފާނަށް ރައްޔިތުންގެ އޮތް މަގުބޫލުކަން ނުގެއްލޭނެ

  26. އަރުމާޒު

    ޣައްދާރުންގެ ލިސްޓުގައި ހިމެނޭ، ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން ކުޑަ މީސްމީހުން މީޑިއާއަށް އަރާ ދައްކާ ވާހަކަ ގަބޫލުކުރާ މީސްކޮޅު ވަރަށް މަދުވެއްޖެ. މަރުފަލި ޖަހައިގެންވެސް ފަރެއްވިޔަސް އަތު ޖެހޭތޯ ބަލާތި. އައްޑޫ މީހުންގެ ބޮލަށް ޗިޕް ޖަހައިގެން ވޯޓް ހޯދި ޒަމާން ފާއިތުވެ ހިނގައްޖެ.

  27. ހަސަން

    އަސްލަމު ކަލޭތީ މުޅި އައްޑޫއަށް ހުރި ހަލާކެއް. ކަލޭ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ބަގުޑި ބައްދައިގެން އުމުރު ދުވަހު ހުރެ ވީކަމެއް ކަލޭ ދެކިބަލަ. އައްޑު އަށް އަންނަންހުރި ހުރިހާ ތަރައްޤީއެއް އަޔަނުދޭން ކަލެއާއި ކަލޭގެ އައްޔާރުން މަސައްކަތްކުރީ ރައްޔަތަތުން ނަށް ފައިސާދީގެން ވޯޓު ވިއްކަން ވެގެން. ތިއައީ މި ޤައުމުގެ ޚާއިނުން. ތިޔައީ މަކަރުވެރި ޖާހިލުން މި ޤައުމު ދުވަހަކު ވެސް ކަލޭމެނަށް މާފެއް ނުކުރާނެ. ރައީސް ޔާމީން ގަލަންކޮޅުން ދަންމަވާ ހިމަ ރޮނގެއްހާ ވަރު ވެސް ކަލޭމެން ނުވާނެ. ޤައުޟި ދީނީ އިޖުރތިމާ ނަޒަރަކުން ބެއްޔަސް. ސޮރީ އަސްލަމް. ތިޔަ ކުޅި ދެނެއް ނުކުޅެވޭނެ.

  28. އަސް

    ވަޠަން އެދޭ ގޮތަށް ދަމާ ކުރާށަ އިންޑިއާ އައުޓް
    ވަޠަންގެ އާ ޒުވާނުނޭ ކުރާށެ އިންޑިއާ އައުޓް
    ހިތުގެ އަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅައި
    އިހުގެ ބަޠަލްތަކުން ފަދައިން ކުރާށެ އިންޑިއާ އައުޓް
    އަލުން ނުދީ ފުރާނަތައް މި ގައުމު އައުވެވޭށިތޯ
    ވަޠަންގެ މާތް ދަރީންތަކެއް ކުރާށެ އިންޑިއާ އައުޓް