ގިނަ ބަޔަކާއި އެކީ ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިޔަށް ގޮސްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވަނީ އދ. މަންދޫން ފުރައިގެން އއ. ހިމަންދޫ އަށް ދިޔަ ދޯންޏެކެވެ. ދޯނި އަޑިއަށް ގޮސްފައިވަނީ ތުނޑުފުށި އާއި އދ. އަތޮޅުގައި އޮންނަ 'ބުޅަލިހި' ނަމަކަށް ކިޔާ ފަޅު ރަށެއްގެ ދެމެދަށެވެ.

މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު "ވަގުތަށް" ވިދާޅުވީ، 65 ފޫޓުގެ އެދޯނި އަޑިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ކަމަށާއި އެވަގުތު ދޯނީގައި 60 ވަރަކަށް މީހުން ތިބި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މުހައްމަދު ސައީދު ވިދާޅުވީ، ދޯނި އަޑިއަށް ދިޔަ ނަމަވެސް މިވަގުތު ދޯނި ތިލަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިވަގުތު އިންނަފުށި ރިސޯޓު ގޮނޑުދޮށަށް ދޯނި އެރުވުމުގެ މަސައްކަތް ކުރަމުން އަންނަނީ" މުހައްމަދު ސައީދު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވީ ނަމަވެސް އެމްއެންޑީއެފުން ހާދިސާގެ މައުލޫމާތު އާއްމު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮލުރޮދި

    މަދެއްނު މީހުން

  2. ހައިރާން

    ހެނދުނު ވީމަކެއް ދެން ކީއްވެ މިހާރު ކުއްލި ޙަބަރަކަށް ވާންވީ! މީހަކު އަޅެ ހައިރާނެއް ނުވާނެތަ؟

  3. އަމްނާ

    ކޮންމެ ފޫޓަކަށް މީހަކު

  4. ރައްޔިތުމީހާ

    އެއީ ކޮންރަށެއް ކޮންނަމެއްކިޔާ ކާކުގެ ދޯންޏެއްކަން ހާމަކޮށްފާނެތޯ
    މި ތިން ކާފުގެ ޖަވާބު ލިބިދާނެތޯ؟

  5. ކަމަނަ

    ޥަގުތުކުދިންނޭ މިހާރު ރަށްރަށުގެ މެދުތެރެއަށް ވެސް އޮޑިދޯނިފަހަރު ެަޑިއަށް ދާންފެށީތަ؟ ތނޑުފުށި އާއި ނުކިޔާނެ ކިޔާނީ ތުނޑުފުއްޓާއި، ރަށުގެ ދެމެދަށް ކިހިނެއް އަޑިއަށް ދާނީ އެރަށް ކައިރިއަށް އަޑިއަށް ގޮސްދާނެ