މިއަދު ރާއްޖެ އިން އިތުރު 100 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 19 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 71 މީހަކު ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ ދިހަ މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3769 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.65 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންނަށްވުރެ ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. މިއަދު ވެސް ކޮވިޑުން ރަނގަޅުވީ 90 މީހުންނެވެ. އެއާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1726 އަށް އިތުރު ވެފައެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު 17 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 91993 އަށް އަރައެވެ. އޭގެތެރެއިން ކޮވިޑުން ރަނގަޅުވެފައި ވަނީ 90003 މީހުންނެވެ. ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 251 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.