ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓު ހިމެނޭހެން ޝަރުއީ ކޯޓުތައް މިހާރު ބޭނުން ކުރަމުން ދަނީ މި ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަނެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި، އެމަނިކުފާނުގެ ގާނޫނީ އިސް ވަކީލު ޖަމީލް ވިދާޅުވީ ތަފާތު ނުކުރަން ގާނޫނު އަސާސީގައި ލިޔުނަސް ޔާމީންގެ މައްސަލާގައި އޮތީ މުޅިން ވެސް ތަފާތު ކުރުން ކަމަށެވެ.

"ޖިނާއީ އަދުލުގެ ނިޒާމު ފެށިގެން ތަންފީޒީ މަރުހަލާ ނިމޭ ހިސާބަށް ޔާމީންއާ ދޭތެރޭ ބިޔަކޮށް ވަށާލެވިފައިވާ އަނިޔާވެރިކަމުގެ ފާރެއް ވަނީ ރާނާލެވިފައި." ޔާމީންގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލައިން ފެނިގެން ދިޔަ ކަމަކީ ގާނޫނު އަސާސީގައި ލިޔެފައިވާ އެއްވެސް ތަހުޒީބު ކަމެއް ޖިނާއީ އަދުލުގެ ނިޒާމުގައި ނެތް ކަމެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްއިން ފެށިގެން ކްރިމިނަލް ކޯޓާ ހަމައަށް ޖަމީލު ފާޑުވިދާޅުވިއެވެ.

"ކޯޓުތަކަކީ ސަރުކާރުގެ އާރުކާރުޓީއެއް ނޫން، ސަރުކާރު ނަަގަހައްޓައިދޭ ތަންތަނެއް ނޫން، ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަނަކަށް ވެގެން ނުވާނެ، ޖިނާއީ ކޯޓު، ފެނިގެން ދަނީ ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަނެއް ގޮތަށް،" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން "ރައީސް ޔާމީނަކީ މައުސޫމެއް ގޮތުގައި ކަނޑައަޅައިފި" ނަމަވެސް ކުރިއަށް ވެސް އެތައް ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ. އެކަމަކު މި ގޮންޖެހުންތަކާއެކު ވެސް ޔާމީންގެ ހައްގުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ޖަމީލް ދެއްވިއެވެ.

ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި ޔާމީންގެ މައްޗަށް ހިންގި ތަހުގީގަކީ އުފެއްދި ތަހުގީގެކެވެ. އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއަކީ ވެސް އުފައްދާފައިވާ ދައުވާއެކެވެ. އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ދެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ހަގީގީ ބައިވެރިން ތިބީ ސަރުކާރާ އެކު "ޑީލް ހަދައިގެން" ސަލާމަތްވެފައެވެ. އޭނާ އިޝާރާތް ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އެ މީހުންނަށް ޖަލު ހުކުމް އިއްވި ނަމަވެސް ތިއްބެވީ ގޭބަންދުގައެވެ. އެ ކަމަށް ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވެސް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަޑަންޑޫ

    ތިމާމީހާ ނައިބުރައީސްކަމުން ވަކިކޮށް ޖަލަށް ގެންދަން މަސައްކަތްކުރި ޔާމީނުގެ ދިފާއީ ވަކީލަކަށްވެ އޭނައަށް ތައުރީފުކުރާތަން ފެނުމުން ދޭހަވަނީ ތިމާގެ އަގެއްނެތްކަން ފައިސާއަށް ލަގަންވިއްކާލަން ފަސްނުޖެހޭ މީހެއްކަން

    4
    7
    • ށަހާ

      ތީހަމަ ފައިސާޔާ ބޮޑާކަމަށް އަރާހުންނެވި ބޭކަލެއް! އަނެއްކާ މީނަދާ ޕާޓީއަކަށް މީނަގެ އާއިލާ މަލީހުމެން ދާނެ!

      3
      3
  2. އުންސުރު ކުޑޭ

    ކަލޯ ބުރޯ ހާސް ނުވޭ! ދާދި އަވަހަށް އެތަން ތަނުން ވެސް ބޮނޑި ބަތް ކައްކަން ފެށޭނެ!

    3
    3
  3. އަދުން

    ބަލަ ސްޕްރީމް ކޯޓުްން ކުރި ހުކުމް ކަމުނުގޮސްގެން ވެރިކަން ކުރެއްވި ދުވަސް ވަރު އެކޯޓުގެ ފުރާޅު ނަގައި ހިންގިޖަރީމާ ހަދާން ނެތުނިތޯ. މިހާރު ތިމާމެނާއި އެއްކޮޅަށް މައްސަލައެއް ނިމުމުން ކޯޓު ބަރާބަރު ތަނަކަށް ވެއްޖެ. ކިހާ ހެއްވަކަމެއް. ރައްޔިތުންވެސް ވެއްޖެ މިމިހުން ހަދާހާ ދޮގު ގަބޫލު ނުކޮށް ތިމެންނަމެންގެ ސިކުޑީގެ ބޭނެުން ހިފަން. ކިތައްމެ ބޯޑު ވައްކަމެއް ކޮށްފަވެސް އެކަމާއި އިންކާރު ކޮށް ބަހުސް ކޮށް ވަކީލުން ބޭނުން ކޮށްގެން ސަލާމަށް ވާންވީ. ދެން މީސްތަކުން ވީ އެވާހަކަ ގަބޫލުކުރަން. އަމިއްލަ ގުނަވަން ވައްކަން ކުރިކަމަށް އެއްބަސްވާ ދުވަހުވެސް ވަކީލުން ތިބޭނެ ދޯ ސަލާމަށް ކުރަން. ހޭ އަރާބަލަ ރައްޔިތުން.

    1
    5
    • ޢަލީބެ

      ސުޕްރީމްކޯޓުން މައްސަލައެއް ނުބަލާ މައްސަލައެއްގެ ޝަރީއަތެއް ނުހިންގާ ފާރުމަތިން އަމުރުތައް އަންނަންފެށީމާ ފުރާޅު ނަގައިގެންވެސް ވެގެންއުޅޭގޮތެއް ބަލަން ޖެހޭނެ. ދޮރުން އަމުރުތައް ނާންނަނީ ކީއްވެތޯ ބަލަން ޖެހޭނެ.
      ރައީސްޔާމީންގެ ޝަރީއަތުގައި ފުރާޅުނަގަން މިސަރުކާރަށް ގޮތް ހުސްވީ ޢާއްމުކޮށް ހުޅުވާލައިގެން ޝަރީއަތެއްކޮށް ހުރިހާކަމެއް ރައްޔިތުންގެ ކުރިމަތީ ހާމައަށް އޮތީމަ.

  4. Anonymous

    "އަދުން"ގެ ކޮމެންޓަށް ބުނެލެވޭނީ ކިތައްމެވަރަކަށް ފިތުނަފަސާދަ ފެތުރުވިޔަސް ރައްޔިތުން އޮޅުވާނުލެވޭނެއޭ، ސުޕްރިންކޯޓްގެ އެއްމެ އިސް ފަނޑިޔާރުން ވިޔަސް ހަވާލުވެފައިވާ މައްސޫލިއްޔަތަށް ޢައްދާރުވެ ގާނޫނާއި ޚިލާފު އަމުރުތައް ނެރެނެރެ ކޯޓުގެ ދޮރުތަޅުލައިގެންތިބި ޢައްދާރުންތަކެއް ނެރެން ފުރާޅުނަގަން ކީއްކުރަންތަ ވަށައިގެންވާ ފާރުތައް ތަޅާލައިގެންވެސް ވަދެ ބޭރުކޮށްގެން އިންސާފުގެ ކުރިމަތަްޗަށް ގެންދަންޖެހޭ، އަދި އެއައްދާރުން ބޭރުކުރީ އެތާގައިތިބެ ކައިބޮއެ ނިދާތާން 5 ދުވަސްވިފަހުން އެތައްފަހަރު ހުޅުވަން އެންގީމަވެސް ނުހުޅުވީމަ، މިހާވަރަށް ބަޔަކު އައްދާރުވީމަ ކޮށްމެ ސަރުކާރަކަށް ނުވަތަ ކޮންމެ ރައީސަކަށްވިޔަސް ލާޒިމުކުރާނެ، ނެރެވެންއޮތްގޮތަކަށްނެރެން،

  5. މަހައްތިޔަ

    ނޫނޭވާ ލަދުހަޔާތްވެސް ކުޑައިންސާނެއްމީ