ސަތޭކަ އަހަރަށް ޖަލުގައި އޮންނަވަން ޖެހުނަސް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގައުމު ދޫކޮށް ނުފިއްލަވާނެ ކަމަށް ޕީއެންސީގެ އެޑްވައިޒަރު އަދި 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލި ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވުމުން އެންމެ އުފާވާނެ އެއް ބޭފުޅަކީ އޭނާ ކަމަށާއި 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިން މޭޓަކަށްވުމުން ގާތް އެކުވެރިން "ވަގަކާ އެއްކޮޅަށް އެރީމާ" ކަމަށްބުނެ ވަރަށް އެއްޗެހި ގޮވި ކަމަށެވެ.

ޝަހީމް ވިދާޅުވީ، "ވަގެއްގެ ދިފާއުގައި" ނުކުތުމުން ގާތް މީހުން އެއްޗެހި ގޮވި ނަމަވެސް ރައީސް ޔާމީނަކީ ދައުލަތުން ވައްކަން ކުރާނެ މީހެއް ނޫން ކަމުގެ ޔަގީންކަން އަބަދު ވެސް އޮތް ކަމަށެވެ. އެކަން ސުޕްރީމް ކޯޓުން ކުރި ހުކުމުން ސާބިތު ވެއްޖެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތާއިދު ކުރައްވަން ޖެހޭ އިތުރު ސަބަބެއް ކަމަށް ޝަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބޮލުގައި އެހާ ބޮޑު ތުހުމަތެއް އެޅުވުމުން ވެސް ޝަރުއީ މަރުހަލާގެ ތެރެއިން މައުސޫމްކަން ސާބިތު ކުރުމުން ކަމަށެވެ.

"ކުށްވެރިއެއް ގޮތުގައި ޖަލުގައި ސަތޭކަ އަހަރު ވެސް އޮންނަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް، އެމަނިކުފާނު ބޭނުމެއް ނުވޭ މައުސޫމް ކަން ޝަރުއީ މަރުހަލާ ތެރެއިން ސާބިތުނުކޮށް ފިއްލަވަން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމްއަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެވެ. ޔާމީންގެ ވެރިކަމުގައި ފުރަތަމަ އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވިއެވެ. އޭނާ އޭރު ހުންނެވި އަދާލަތު ޕާޓީއާ އުފެދުނު ޚިޔާލު ތަފާތުވުމާއެކު މަގާމުން އިސްތިއުފާ ދެއްވީއެވެ. އެކަމަކު އަނެއްކާ ވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް ވަޑައިގެން ސަރުކާރަށް ގުޅިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަމް ނަވާޒު

    ތިކަން އިގެނީ ޖަލައް ދިޔާމަ ރަގަޅައް

    3
    12
  2. ދަރަނި ދަންތުރަ

    ބަލަ ކަލޯ ރައީސް ޔާމީނު އެއައީ ޖަލުގައި އޮވެފައޭ ، ކެނެރީގޭ ބޮނޑު ފިނޑި ހެން މައިބަނދާގަ ރެދުލައިގެން ގޮނޑި ދުއްވާކަން ނުދާނޭ ، ރައީސް ޔާމީނުގެ ހިއްވަރާ ފަންވަރުހުންނާނޭ

    8
    1
  3. އަނިލް

    ކަލޯ ޖަލުގައި 700 ދުވަހަށްވުރެއް ގިނަދުވަހު ހުރެފައޭ އެ އައީ

    6
    1
  4. ކަހެރުވައް

    މީ ކޮންތާކުން ނުކުތް ކާކު؟ އަހަރެމެން ޔާންޓެއަށް ސަޕޯޓް ނުކުރަނީ މިކަހަލަ ޖާހިލު މުއްލާއިން ފުލުގަ ލައިގެން އުޅޭތީ.

    2
    2
  5. ޝިއުނާ

    ނާއިބް ރައީސްކަން ލިބޭތޯ ކުރާ މަސައްކަތައް ހަމަ ސާބަސް.

  6. ފާތުމަ

    އޭ މީކާކު. ޔާމީނުގެ އަންހެނުންތަ.