ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޅުގައި އިންޑިއާ ސަރުކާރަށް ފުރަތަމަ ފަހަރަށް ފާޑުވިދާޅުވެއްޖެއެވެ.
މިހާރު ޕީޕީއެމް އިން ބާއްވަމުން ގެންދާ ޖަލްސަގައި ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާ އިން ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސް ކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނޫންނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމަށެވެ.
އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ އިން ފޮނުވާލަން ވެރިކަމުގައި ހުންނެވިއިރު މަސައްކަތް ކުރިއްވިކަން ވިދާޅުވެ ރައީސް ޔާމީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލަށް ވެސް ފާޑުވިދާޅުވެފައެވެ. "ޖެނެރަލް ޝަމާލަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެ. ކޮއްކޮއަކަށް ބޭބެއަކު ދޭ ނަސޭހަތް މިދެނީ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރުވެސް ރާއްޖެ އަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަރާތްތަކުން އިންޑިއާ އާއިއެކު މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް އިންޑިއާއަށް ފާޑުކިޔާފައިވެއެވެ. ނަމަވެސް އޭރު އެމަނިކުފާނު ވަނީ އިންޑިއާ އަށް ފާޑުނުކިޔަން އާއްމު ޖަލްސާތަކުގައި ވެސް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން މިހާރު އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން މަސައްކަތްތަކެއް ފަށާފައި މިވަނީ ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާ އަށް ހުރިހާ ކަމެއްގައި ވެސް ވަރަށް ބޮޑަށް ބަރޯސާވެފައި ވަނިކޮށެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ގޮވާލާ ގޮވާލުންތަކުގެ އަޑު ގަދަވާން ފެށުމުން ސަރުކާރުން ބުނަމުން ގެންދަނީ އެއީ "ބޮޓުންތަކެއް" ކުރަމުންގެންދާ ކަމެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ އަޑު ނޫން ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ޕީޕީއެމް އިން މިހާރު ވަނީ ފަށާފައެވެ. މިރޭ ވެސް ޕެޓިޝަންގައި ސޮއި ކުރުން ކުރިއަށް ގެންދިޔައެވެ.
ސާބަހޭ ރައީސް ޔާމީން
ތެދުފުޅެއް މަވެސް ތާޢީދު އިންޑިއާ ސިފައިން އައުޓް
ސާބަހޭ ރައީސް ޔާމީން!
ސާބަހޭ ރައީސް ޔާމީން. މަނިކުފާނު ފަދަ ޒައީމެއް މިއަދު މި ޤައުމުގެ ލީޑަރއަކަށް ނެތުމަކީ މިއަދު މި ޤައުމު ހިތާމަކުރާކަމެއް. ޤައުމު އެދި ގޮވަނީ ތިޔަ ޒައީމަށް.
ސާބަހޭ ގަޓު ރައީސް
ސާބަހޭ. ތިއީ ދިވެހި ޤައުމީލޭހިނގާ ދިވެހި ލީޑަރުންނަކީ. މިޤައުމަށް ބޭނުމީ ތިކަހަލަ ލީޑަރުން.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ސާބަހޭ ސާބަހޭ ރައީސްޔާމީން ބަޔަކު އަދި ކިތަންމެ ރުޅިއަޔަސް އަހަރެންނައް ކަމުދަނީ ގަޓު ހުންނާތި
ވަޠަން އެދޭ ގޮތަށް ދަމާ ކުރާށަ އިންޑިއާ އައުޓް
ވަޠަންގެ އާ ޒުވާނުނޭ ކުރާށެ އިންޑިއާ އައުޓް
ހިތުގެ އަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅައި
އިހުގެ ބަޠަލްތަކުން ފަދައިން ކުރާށެ އިންޑިއާ އައުޓް
އަލުން ނުދީ ފުރާނަތައް މި ގައުމު އައުވެވޭށިތޯ
ވަޠަންގެ މާތް ދަރީންތަކެއް ކުރާށެ އިންޑިއާ އައުޓް
ސާބަަހޭ ރައީސް ޔާމީން ތީ އަޅުގަނޑުމެން ބޭނުންވާ ބޭފުޅަކީ ބޭރު ގައުމު ތަކުގެ މީހުން ތިބީ ކުޑަ ކަކޫ ޖަހައިގެން މަަނިކުފާނުގެ ވެރިކަމުގަ އަދިވެސް ގައުމު އެދެނީ މަނިކުފާނަައް އިންޝާﷲ އަދި މަނިކުފާން މި ގައުމުގަ ވެރިކަން ކުރައްވާނެ
ބޭރު ގައުމުގެ މީހުން ކުޑކަކޫ ޖެއްސީމަ ކޮންފައިދާ އެއްތަ އަހަރުންނަށް ވަނީ...
ސާބަހޭ ޔާންޓޭ
#އިންޑިޔާ އައުޓު
# ކެނެރީގެ ބުއްޅަބޭ އައުޓު
# ހިންނވރު ބުއްޅަހުއްތު އައުޓް
އަފުގާނިސްތާނުން އެމެރިކާ ސިފައިން ފޭބިގޮތަށް އިންޑިޔާ ސިފައިންވެސް ޖެހޭނީ ރާއްޖެއިން ފައިބަން އަދި އިންޑިޔާ ސިފައިން އަދަދަކީ އެއްޗެއްނޫން މުހިންމީ ހިއްވަރާއި ކެރުން މިރާއްޖޭގަ ހުރި ކުދި ގައްދާރުން އުފައްދާ ކިއްލާ އިންޑިޔާ އެންބަސީ ބަންދުކުރާނަން އިރާދަކުރެއްވިއްޔާ!!!!! އިންޑިޔާ ދަންނަންވި ކަމަކީ ރާއްޖެކަނޑުގާ ފެމުނު ގިނަވެއްޖެކަން!!!!
އެހެންވެގެނޭ އަހަރެމެން މި ބުނަނީ އެއީ ގަޓު ރައީސެކޭ... ސާބަސް ރ ޔާމީން
ޢިންޑިއާ މިލްޓަރީ އައުޓް
ކޮންމެ މީހަކަށްވެސް ބުނެލަން ފަސޭހަވާނެ. ކީއްވެތަ އަމިއްލަ ވެރިކަމުގައި ތިކަން ނުވެއޮތީ. ތިއީވެސް ފައިސާއަށް ވިކޭނެ މީހެއް. ދުނިޔޭގައި އުޅެން ބޭނުންވާނީ ފައިސާ. ތިބޭފުޅާއަށްވެސް މުހިއްމުވީ ފައިސާނޫންތޯ ވަގުތުން އިންވެސްޓްކުރީ، އަތްނުލާށޭ ބުނީމާވެސް
ފިނޑިގޮލާ އަމިއްލަ ވެރިކަމުގަ ނުކެރުނޭ ތިބުނާހެން.
ހުސް އެކްސްކިއުޒް ދައްކާ ގޮލައެއް
2023 ޔަގީން
ދިވެހިީންނަށް ދިވެހިންގެ ކަންކަން ނިންމުމުގެ ގާބިލުކަން އެބަހުރި..އެގާބިލުކަން ހޯދޭނެ..މިއަދުވެސް ފެނިގެން ދިޔައީ ހަމަ ސީދާ ދިވެހި ގާބިލު ވަކީލުން ރ ޔާމީން މިނިވަން ކުރުމަށް ކުރިއިހުލާސްތެރި މަސައްކަތް..އެމަނިކުފާނު ކޯޓަށް ހާޒިރުކުރާ ކޮންމެ ދުވަހިކު މަގުމައްޗަށް ވެއްޓިވަޑައިގެން ސްޓަންޓެއް ނުޖައްސަވާ..އަދި މޮޅު ޑުރާމާކުޅެން ބޭރުގެ ދޮން ލޯޔަރުން ގެނެސްގެނެއްނޫން މިނިވަންވީ..ދިވެހި ދަރީންތަކެއް އެމަނިކުފާނުގެ ދިފާއުގަތިބީ..ބޭނުންނަމަ އަހަރެމެންނަށްވެސް ފައިސާ ދީގެން މަޝްހޫރު ތަރިންގެނެސްގެން ފިލްމުކުޅެވޭނެ..ބޭނުމެއްނޫން މެޑޯނާއަކާއި ،އާމާލަކާއި، ޖޫހީޗައުލާއެއް..ރ.ޔާމީންގެ ވަކީލުންނަށް ފައްފަށުން ޝުކުރު..މަނިކުފާނު ފަނޑިޔާރުގެތަކުގައި ކުރެއްވި ހިއްވަރާއި ދިފާއިގައި ދެއްކެވިވާހަކަތަކާއި ދެއްކެވި ސާބިތުކަމާއި، ނުހައްގު ހުކުމްކުރުމުންވެސް ކޯޓްތަކަށް އިހުތިރާމް ކުރައްވާ ކެތްތެރިކަމާއިއެކު ވަޑައިގަތީ ޖަލަށް..އެހެން މީހުން އުޅުނުގޮތް ވަރަށް އައްޗި ދެއްތޮ..މަރުހަބާ ރ.ޔާމީން.
ސާބަހޭ ރައީސް // ސާބަސް ،،،
ސާބަސް ރައީސް ޔާމިން
ސިޔާސީ ވަފާތެރި ކެހިވެރިން ސިޔާސީ ބޭނުންތަކަށް ބޭރުގެ ދެޤައުމަކުން ނެގި ބޮޑެތި ބިޔަ ލޯނުގެ ސަބަބުން މިއަދު ރާއްޖެ ވަނީ " ރަހީނު " ވެ އަޅުވެތިވެ ދަންތުރާގައި ޖެހި ތާށިވެފައި !
ރ ޔާމީން ވާހަކަފުޅަށް ތާއީ ދު ކުރަމެވެ އިންޑިއާ ސިފައިން
ރާއްޖެއިން ފައިބަން ގޮވާލަމެވެ ސަރުކާރުން އިނޑިއާ
އާއި އުކު ހަ ދާފައިވާ އަޑިނޭނގޭ އެއްބަސްވުންތައް ރޫލާލަން ވެސް ގޮވާލަމެވެ.
ސާބަހޭ ރައީސް ޔާމީން ތި ވިދާޅުވީ ހަމަ ހެޔޮކޮށް.
ހަގީގަތުގައިވެސް ކެނެރީގޭ ނަސީދުބެޔާ ހިންނަވަރު އިބުރާބެޔާ ސާހިދުބެޔާ މާރިޔާ މިހަތަރުމީހުން ވަނީ ދިވެހިރާއްޖޭ މިނަވަންކަމާއިސިޔާދަތު ގުނާ އަދަދުކުކުރެވޭ ހާ ބައިވަރުތައް އިންޑިޔާމީހުންގެ އަތުން ހޯދައިގެން މިހަތަރުމީހުންގެ ޖީބުތައްބަރުކޮށްގެންނެވެ. ކޮންމެ ދިވެއްސަކުވެސް އިންޑިޔާ ސިފައިން ބޭރުކުރުމަށް މަސައްކަތްކުރަންއެބަޖެހޭ
#އިންޑިއާ އައުޓް
އިންޑިއާގެ ރައްޔިިތުންނާ ޤައުމާ މިލިޓަރީއާ ދެންވެސް ހުރި ތަނަކާ ބަޔަކާ ނެތޭ މައްސަލައެއް. ގަބޫލު ކުރަން އެންމެ ފާސްޓް ރެސްޕޮންސް އަންނަނީ އިންޑިއާއިންކަން.ގާތް ބައެއް ވިޔަފާރިކޮށް ކިޔެވުމަށާ ބޭހަށް ޒަމާނުއްސުރެ މަގުބޫލު.މޯދީ ސަރުކާރުން މާ އަތްބާނަނީ ސިޔާސީ ކަންތަކާ ދާޚިލީ ކަންތަކަށް.ކަޝްމީރުގޮތަށް ރަންބިސް އަޅާ ކުކުޅެއް ރާއްޖެއަކީ އަތުލާފަ ޓޫރިޒަމަށް.ލޮޓްސް އޮފް ޕޮސިބިލިޓީސް.ރިޗް މީހުންނަށް ޕްރައިވެޓް ރަށް ވިއްކުމާ ފިލައިގެން އުޅޭމީހުނނަށް ހިމާޔަަތްދިނުމާ...ހިތަށް ވ އަސަރުކުރޭ ކާބަފައިންވީ ގުރުބާނީ މަތިން..ރ.ޔާމީން ކެއްތެރިވެ ހިކުމަތާއެކީ ކުރިޔއށް..ޖަލަށް އަނބުރާ ދާންނުޖެހޭ ވ ބަލައިގެން އުޅޭތި.އިންޑިއާގެ ދިފާއުގައި ނުކުންނަ ދިވެހި ލޭހުރި ދަރީންނޭބުނަން ސޭޑް