ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ހޯދައިދިނުމުގެ މަސައްކަތުގައި ޝަހީދުވި ބޭފުޅުންގެ ޒިކުރާ އެމަނިކުފާނަށް މުހިއްމު ނުވި ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދެ އަހަރު ޖަލުގައި ހުންނެވުމަށް ފަހު، މިނިވަން ވުމުގެ މުނާސަބަތުގައި "މަރުހަބާ ރައީސް ޔާމީން" ނަމުގައި ކުރިއަށްދާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު ގޯހަށް ދަނީ އެތައް ސިޔާސީ ލީޑަރުންގެ އިހުމާލުން ކަމަށެވެ.
އެމަނިކުފާނު ދެން އިޝާރާތް ކުރެއްވި ކަމަކީ ދައުލަތުގެ މީޑީއާ، ޕީއެސްއެމްގައި ނަސްރުގެ ދުވަހަކީ "ބީ ކެޓަގަރީ" ފެންވަރުގައި ފާހަގަ ކުރަން ކަނޑައަޅާފައި އޮތް އޮތުމަށެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާއިން ސަލާމަތްވެ ހޯދި ނަސްރު ފާހަގަ ކުރަން އޭރު ވެރިކަމުގައި ހުންނެވި ޔާމީންގެ ބޭބޭފުޅު މައުމޫން ވެސް މިހާރު ބޭނުން ނުވާ ކަމަށެވެ.
"ނަސްރުގެ ދުވަސް ފާހަގަ ކުރާ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތް، އޭރު ވެރިކަމުގައި ހުރީ އަޅުގަނޑުގެ ބޭބެ [ރައީސް މައުމޫން]، އަޅުގަނޑުގެ ބޭބެ ނޫޅުއްވާ މިއަދު މި ދުވަސް ފާހަގަ ނުކުރެވިގެންނެއް،" ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް މީގެ 33 އަހަރު ކުރިން ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅަ ޓައިގަރުން މާލެ އަރައި ދިވެހި ވެރިކަން ވައްޓާލަން ދިން އެ އުދުވާލީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާން ދިވެހި ރައްޔިތުން ހުންނަވާނެ ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ރާއްްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް އަސަރުކޮށް، މިނިވަންކަމަށް އަސަރު ކުރާނެ އެތައް ކަމެއް ސަރުކާރުން ހިނގަމުން ދާއިރު، މިފަދަ ހުރިހާ ކަމެއްގެ ޒިންމާ ސަރުކާރާ ވާގިވެރިވެގެން ތިއްބެވި ހުރިހާ ލީޑަރުން ނަންގަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އަހަރެމެންނަށް ތިޔަ މޫނެއް މިހާރު މުހިންމެއްނޫން
ޤައުމާދީނަށް އިޚްލާޞްތެރި ކަމެއްނެތީމަ އެއްބައިގައި ހުރެވޭނީ. ލަނޑަޔާއި ވަނީ ލަނޑަޔާ
މީމަގޭ ޚިޔާލު
މައުމޫނަކީ މިހާރު މަގުއޮޅިފަހުރި ބޭޗާރީއެއް.
މައުމޫނަށް މުހިންމުވަނީ ދަރިފުޅު ފާރިޝަށް ވެރިކަން ކޮންމެ ގޮތެއް ހަދައިގެންވިޔަސް ހޯދައިދެވޭތޯ މަސައްކަތްކިރުން
ލޯބިން ބަލާ ބޮޑުކުރި މައިންބަފައިންނަށް ހިތުހުރި އެއްޗެއް ކިޔާއިރު ޢައްސާން އަށް ވަރިހަމަވެފަ އެހުންނަނީ ކޯއްޗެއް ބޮވިގެންތަ؟
ލޯބިން ބަލާ ބޮޑުކުރި މައިންބަފައިންނަށް ހިތުހުރި އެއްޗެއް ކިޔާއިރު ޢައްސާން އަށް ވަރިހަމަވެފަ އެހުންނަނީ ކޯއްޗެއް ބޮވިގެންތަ؟ ވެރިކަމަށް އަންނަން ދަހިވެތިވެފަ ހުރިވަރުން އެހެން މީހަކަށް ކަމެއް ކުރެވޭ ކަމަށްވެސް މި ޔާމީން ނަހަދާ. ތަންކޮޅެއްބޮޑުވަރު.
މައުމޫނުގެ ވާހަކަ ނުދައްކާ މިހާރު ފެއްނަ މައުމޫނަކީ މިސްރުގެ އަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމު ހާސިލްކުރި މައުމޫނެއްނޫން މިހާރު މައުމޫނު އެހުރީ ގަންޖާބޯ އާއެކު
މަޢުމޫނު އާޢިލާ މީހަކުފެނުނަސް މިހާރު ފޫހިވޭ. ޔާމިނޫ މަޢުމޫނުގެ ބަފަޔަށް ރަނގަޅަށް އެތިވަރު ގޮވާލަބަލަ.
ވެރިކަމަށް ބޫތު ކާފައި ތިބޭމީހުންނަށް ފެންނަނީ އެގޮނޑި! އެހެން ކަމެއް އެމީހުންނަކަށް މުހިންމެއް ނުވާނެ!
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ މީހުން ކިޔާ އަޑު އަހަން. މީ ވަރަށް ވާހަކަ ވިސްނާލާ!!!
ރައީސްމައުމޫނުއާ ބެހިނުގަނެ މީނައަކަށް ހަމަ ނުހުރެވޭދޯ؟
ސާބަހޭ ރައީސް ޔާމީން
ނޮވެމްބަރު ތިނެއް ފާހަގަ ކުރަން ނުކެރޭނެ މިސަރުކާރަށް. ކިޔާނެ އެއްޗެ ނޯންނާނެ އެހެންވެ ފިލާރައްކާވީ ބޭރަށް . ނޮވެމްބަރު އެގާރަ ފާހަގަ ކުރިއެއްނު. ދިވެހިންނަށް ވ. ސާފު ނަވާރަ ޝަހީދުންގެ ލޭގެ އަޑީގައި ތިބީ ކޮންބައެއްކަން. ލުޠުފީ ފޮރުވައިގެން ގެންގުޅެނިކޮން ފަޅާއެރީމަ ގެނައީ ޢިތްޒަތުގައި.
ތާރީޚް އޮޅުވާލަށް ނޫޅޭ ބަޔަކު ފާހަގަނުކުރިއަސް މައްމޫނަށް ބުނެލަން އޮތީ ހާދަ ލޯބިވި ރައީސެކޭ
އެކަމަކު މިހާރު ހަނޑުލުގުޅަ ހަމަ ގިނަ ދިވެހިންނަށް ނުބައި ވެއްޖެއޭ
ސާބަހޭ ތީ ޤައުމީ ލީޑަރުންނަކީ ދެބަންދިހާރުން ދައްކާ ބޭކާރު ޑުރާމާ ބަލާނެ ކަމެއްނެތް ދިވެހި ވަންތަ ރަތްޔަތުން ބޭނުންވަނީ އަމިއްލަފައި މަށްޗަށްހިންދަމާލަން ޤައުމު ސަލާމަތް ކުރަން މަނިކުފާނުގެ އިރުޝާދު ވަރަށްމުހިންމު މީދިވެހިންގެ ލީޑަރު