ރިރާޒަށް "ޗިޕު" ޖެހޭވަރަށް ވުރެ ސަލާމަތީ ބާރުތަކުގައި ތިބޭ މީހުންމާ ހަރުދަނާ ވާނެކަމަށް ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމަށް ހުރެވޭނީ ރައީސް ޔާމީނުގެ އަޅަކަށް ވެގެންކަމަށް ރައީސް ވަހީދު ދައުރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމް ފުރުއްވި، މިހާރުގެ ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ރިޔާޒު، ސީޕީ އަކަށް ހުރެވޭނީ ރައީސްގެ އަޅަކަށް ކަމަށް ބުނި ބުނުމަށް ރައްދުދެއްވަވާ، މިރޭ ޕީ.ޕީ.އެމްއިން ބޭއްވި ނޫސް ކޮންފަރެންސްއެއްގައި އަދުރޭ ވިދާޅުވީ "ޗިޕު" ޖެހޭވަރަށް ވުރެ ސަލާމަތީ ބާރުތަކުގައި ތިބޭ މީހުން މާ ހަރުދަނާ ވާނެކަމަށެވެ.

އަބްދުﷲ ރިޔާޒަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަކުރައްވާފައެވެ. އަދުރޭ ވިދާޅުވީ އަބްދުﷲ ރިޔާޒް ދަނީ ދިވެހި ރާއްޖޭގެ ސަލާމަތީ ޚިދުމަތްްތަކުގެ ތެރޭގައި ފިރުނަުފައްދަން މަސައްކަތްޕުޅު ކުރައްވަމުންކަމަށް ބުނެފައެވެ. އަދި އަދުރޭ ވިދާޅުވީ މިފަދަ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްފައި ތިބުމަކީ ނުރައްކާތެރި ކަމެއްކަމަށެވެ.

އަދުރޭ މިރޭވަނީ ފުލުހުންނަށް އޯޑަރު ދެއްވާކަމަށް އިދިކޮޅުފަރާތަކުން ދައްކަވާ ވާާހަކައަށްވެސް ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ ސަލާމަތީ ބާރަށް އޯޑަރު ދެއްވަނީ ނޫންކަމަށާއި ތަކުރާރުކޮށް ވިދާޅުވަމުން މިގެންދަވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ އަދި ސީދާ ޤައުމުގެ ހަލާކަށް ނިކުމެތިބިކަން އަމަލާ ބަހުން ސާބިތު ކުރަމުންދާ ބޭފުޅުން ހައްޔަރު ކުރަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަފަ

    ޔާމިނު އެންމެ ނުރައްކަލީ...

  2. އައްޔަ

    ތިމަރަ

  3. ވަގތުނޫސް

    ޗިޕު ކިޔަނީ ކޯނޗަކަށް ހޭ؟ ނުކިޔާވާ ވަކަރުގެއިން ވޮށިފިލާ އެޅިގެން މީނަ ދެން މާ އިނގިގަނެގެން!!!!!! ބުރޯ ދެބަލާ ޓައިގެ ގޮއް ޖަހަން ދަސް ކުރަން........ އަދިވެސް މަޖލީހައް ތި ދަނީ މީހުން ލައްވާ ގޮއްޖައްސައިން.!!!..

  4. ހުމާމު

    ތެދެއް ހަމަ މިހާރު ކުރީގެ ތި ފިތުނަވެރި ފިތުނަކުރުވާ ސީޕީ ގަނޑު ހައްޔަރުކުރަޭ!

  5. ޙަފްޞާ / މާލެ

    ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަންވެސް އުޅުނީ ރިޔާޟު! އަންނިގެ ވެރިކަން ވައްޓާލަންވެސް އުޅުނީ ރިޔާޟު ! ޔާމީންގެ ވެރިކަން ވައްޓާލަންވެސް އުޅުނީ ރިޔާޟު! މިއީ އޭނަގެ ފެންވަރަކީ! މައުމޫނާއި އަންނިގެ ވެރިކަން ވައްޓާލުމަށް ޕޯޑިޔަމްތަކަށް އަރާ ގޮވި އެއްޗެތި މިހާރުވެސް އެގޮވަނީ!