ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް

ރާއްޖެ ޖަލުތަކުގައި މި ވޭތުވެދިޔަ ދެ އަހަރު ތެރޭ 14 މީހުން މަރުވުމަކީ އިހުމާލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވުމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޖަލުގައި ގައިދީން މަރުވަނީކީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާނުދީ މަރާލަނީ ކަމަށެވެ.

"ޖަލުގައި ދެ އަހަރު ތެރޭ 14 މީހުން މަރުވުމަކީ އިހުމާލެއްވާކަން ކަށަވަރުކޮއްދޭ, ޖަލަށް ލިޔަސް މިވާހަކަ ދައްކާނަން, ގައިދީންގެ އާއިލާ, ޖަލު އޮފިސަރުން, ޖަލު ގައިދީން, އަދި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން މިކަން އިނގޭ" މަހުލޫފު ވިދާޅުވިއެވެ.

ޖަލުގައި މީހުން މަރަނީ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެން މަހުލޫފުގެ މައްޗަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ދަނީ ދައުވާ ކުރަމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ އިރު މަހުލޫފަށް ފަސް މަހެއްހާ ދުވަހުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް ހާލު ސީރިއަސްވެ އޭޑީކޭގައު ފަރުވާ ދެމުން ދިޔަ ގައިދީ އަކު އިއްޔެ ނިޔާވެފައިވާއިރު ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވީ، ހާލު ސީރިއަސްވެގެން އޭޑީކޭގައި ފަރުވާދެމުންދިޔަ ގައިދީ ނިޔާވީ ރޭ 21:50 ހާއިރު ކަމަށެވެ.

ނިޔާވެފައި ވަނީ ގދ. ތިނަދޫ ސިލްވަރު ހަމްޒަތު އަހުމަދެވެ. އޭނާގެ ހާލު ސީރިއަސްވީ ސްޓްރޯކެއް ޖެހުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އަކީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

ހާލު ސީރިއަސްވުމާއި ގުޅިގެން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އައިޖީއެމްއެޗްގައި ނަމަވެސް ފަހުން އޭނާ ވަނީ އޭޑީކޭއަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ.

2015 ވަނަ އަހަރު ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވާއިރު އޭގެ ފަހުން 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކެކުރިޢަލީ

    ޖަލުގައި ހުއްޓަސް ބޮޑޫފޮށީގައ ހުއްޓަސް މަރުވާނީ އަޖަލު ހަމަވުމުންނެވެ! ވަރަށް ސަލާމް!

  2. ޖަލުގަ މީހުން ގިނަ ވީމަ މަރުގެ އަދަދުވެސް ގިނަ ވާނެ ދެއްތޯ. ޜާއްޖޭގެ އާންމުކޮށް މީހުން އުޅޭ ކުޑަ ރަށަކަށްވުރެ ޖަލުގަ މީހުން ގިނަ.

  3. ކަލޭ ގޭގެ ބޮޑު ފޮއްޓަށް އެރި އޮތަސް އަޖަލު ހަމަވުމުން ޖެހޭނީ، ފުރާނަ ދޫކޮށްދާން، މޮޔަސޮރާ

  4. އަޖާބު އެމީހުން މަރު އޮތީ ޖަލުތޭރި ތަކުތެރޭގައި ކަމަށް ވަންޔާ މަރުވާނީ ޖަލުގަ...ކަލޭ އުނގަކު ނޫން

  5. މަހުލޫފު އަކަށް ނޭންގޭ މަރު އައިސް ބައްދަލު ކޮށްފިއްޔާމު ކޮންމެތާކު އޮތަސް ގެންދާނެކަމެއް. މެހޭމެން އިސްލާހުވާން ވެއްޖެނުން. ދެއުޅިއެއް ނުވާ ވާހަކަ ނުދައްކާ

  6. މިރަށުގެ އާބާދީއަކީ 2476 އެވެ. މިރަށުން މިވޭތުވެދިޔަ 3 އަހަރުތެރޭގައި 25 މީހުން މަރުވެފައިވެއެވެ. އިހްމާލުވީ ކާކުހެއްޔެވެ؟ މަރަކީ ވަގުތުޖެހުމުމުން އެމީހަކު ހުރިތަނަކުން ބައްދަލުކުރާ ކަމެކެވެ. އެކަމުގައި ޖަލެއް ، ގެޔެއް ، ކަނޑެއް ، ފަޅެއް ނޯންނާނެއެވެ.

  7. ﷲ ވޮޑި ގެން ވާކަން ހަމަނޭގެނީބާ؟ އެންމެ ގާތުގަ ވަނީ މަރުކަންނޭގެނީދޯ ތުންތުނާ

  8. މަހުލޫފޫ ބަލަގަ ކަމލެއަށް މިހާރަކު ތާޢީދެއްނެތޭ މޮޔަ ނުގޮވާ ހެ ހެހެ ހެ ހެހެ ހެ ހެހެ

  9. މަނޭކަންސް

    ރަޝީދޫ އެވަރު ނުދަނެޔޭ މިއުޅޭ ގަމާރުން

  10. މި މަހުލޫފުމީ މޮޔައެއް.ކޮސްވާހަކަ ނުދައްކާ ބޭގަނޑާ މަރުވަންވީމަ ވަކި ތަނެއް އޮވޭތަ؟؟

  11. ވަގުތު ހަމަވުމުން ކޮންމެ ފުރާނައެއްވެސް ގެންދަވާނެ! މަރުވެސް ސިޔާސީކޮށްލީދޯ.

  12. މަހުލޫފަކީމޮޔަސޮރެއްތަ؟؟؟؟؟؟؟؟؟
    މަހުލޫފުގެވެރިކަމެއްގަ ޖަލުގަ އެއްވެސް
    މީހަކު މަރެއްނުވާނެތ؟؟؟؟

  13. ޙެެހެެެހހެހހ

    ޥެރިކަން ނުލިބިގެން. މޮޔަ ގޮވަނީ

  14. މުހައްމަދު

    މަހުލޫފް ތީ ޢައިބަށް އީމާންވާ މީހެއްވެސް ނޫން ދޯ؟

  15. މީނާ ހުންނާނީ އީވާހުންނަގޮތަކަށް އީވާގެފިކުރުގަ ،، އެއީ ހިތާވެފަތިބޭދެމީހުން ސާބެއަށް އޯކޭ....

  16. މަހޭ ކަލޭ މީހުން މަރުވިޔަނުދީ ހިފަހައްޓަބަލަ ކަލޭ ތިހާ މޮޅިއްޔާ ކޮންމެ ތާކު ހުއްޓަސް މަހޭ ގޯތި ކޮޓަރީގަހުއްޓަސް މަރުވަންހުރި މީހަކު މަރުވާނެ .

  17. މަރުވެސް ކަލޭ ސިޔާސީ ކުރަނީދޯ އެހެންވިއްޔާ ރާއްޖޭގައި މަރުވާ ހުރިހާ އެންމެން މަރުވަނީ ކަލޭގެ އިހުމާލުން ކަމައް ބެލެވޭ.

  18. ބަލަ މަހުލޫފުއަށް ހަމަ ނޭނގެނީތަ މަރު އެމީހަކާ ބައްދަލުކުރާކަށް ވަކި ތަނެއް ނޯންނާނެ އެއީ ޖަލުކަމުގައިވިޔަސް، ގަނޑުވަރެއްކަމުގައިވިޔަސް، އަދި ރައްޔިތުންގެ މަޖިލިސްކަމުގައިވިޔަސްމެއެވެ. މަހުލޫފުއަށް އަހަރެން ހމަ އަޖާއިބު ވެއްޖެ.

  19. ޖަލުގައި މާ ގިނަ މީހުން މަރުވަންފެށީ ގޭގައި ލިއެފައި އޮތް ކިހަވަކެއްގެ ސަބަބުން ޖިންނި މޮޔަވި މީހަކު ޖަލަށްލުމުން. އެމީހާގެ ފަހަތުން އެމީހާޔާ ފާވެފައި ތިބި ޖިންނިތައްވެސް ޖަލަށް ވަތްކަމަށްވަނީ...... އޭގެ ފަހުން މާ ގިނައިމް މީހުން މަރުވަނީ. ބުނާތީ އަހަން އެ މޮޔަވި މީހާއަށް ވަރަށް ގިނައިން ރިލޯޑްކޮށްދޭން ޖެހެޔޭވެސް. އެކަމުގެ ޒިންމާ ނަގަންޖެހޭނީ މި ބުނި މޮޔަ މީހާ!

  20. މުސްކުޅިނުވާނެ، ބަލިނުވާނެ، މަރުނުވާނެ އިންސާނަކު ﷲ މިދުނިޔެއަށް ނުފޮނުއްވާނެ އެއީ ޖަލުގައި ހުރެގެންވާކަ،ެމެއްނޫން ޖަލަށްދާންޖެހެނީ
    ކުށެއްނެތި ރީތިކޮށްގޭގައި ހުއްޓައެއްނޫން ެއަހަރެންގެ އުމުރުން މިހާރު 70 އަހަރަށްވުރެ
    މައްޗަށްދަނީ ދުވަހަކުވެސް ޖަލަށްލާފައިނުވޭ އަދި ކުށްވެރިވެފައިނުވޭ ބުނަންމިއުޅެނީ
    ކުށްވެރިވަނީ، ޖަލަށްގެންދަންޖެހެނީ ކުށެއްކުރީމަަކަމަށް

  21. ނިމިދިޔަ ރޯދަމަހު މާލޭގެ އާސަހަރާގައި ވަޅުލި މީހުންގެ އަދަދު އެނގިލައްވާތޯ ؟ އެއީ ކާކުގެ އިހްމާލެއްތޯ؟

  22. ދިވެއްސެއް

    2 އަހަރު ތެރޭ 14 މަރު ވީމަ އިބުރަތެއް ހާސިލެއް ނުވޭބާ؟ 2 އަހަރު ތެރޭ މަރުވި 14 މީހުން ތެރޭ ތިބާ ނުވީމަ ދެންވެސް ތައުބާވެ ހެޔޮ އަމަލާ ބަސް އިތުރު ކުރަންވީ. ދެންވެސް ދުނިޔެއަކީ ވަގުތީ މަންޒިލެއްކަން ދެކިގެން ކުރިޔަތް އޮތްދުވަސްތަކުގައި އާޚިރަތަށް މަސައްކަތް ކުރަންވީ.

  23. މަހުލޫފޫ ދެއަހަރުތެރޭކިތަން މީހުން މަރުވަންޖެހޭނީ؟؟؟؟؟؟؟؟؟

  24. ބުރާންތި މަކޮލޫގު މަރުވެދިޔަ 14 މީހުންގެ ތެރޭ ކަލޭ ނުހިމެނުނީތީ ﷲ އށް ޝުކުރު ކޮށްބަލަ