މުހިންމު މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހެނދުނު 10:00 އިން 11:30 އާއި ދެމެދު ހެންވޭރުގެ ދޫހިމެރިމަގާއި ކާސިންޖީމަގު އަދި ކަށިމާހިނގުމުގެ އިތުރުން އިރުދޭމާހިނގުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.