ފުރާނާއަށް ނުރައްކާވާ ހިތުގެ މައްސަލައެއް ހުރި ދިވެހި ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު އިންޑިއާގައި ފުރިހަމަކޮށްފިއެވެ.

ކުރީގެ މަޝްހޫރު ފިލްމި ތަރި މަރިޔަމް ނިޝާގެ ހަތަރުވަނަ ދަރިފުޅު ކައިސް ބިން އަހަމަދު އުފަންވިތާ މަސްތަކެއް ފަހުން ލޭގެ ސީރިއަސް ހާލަތަކާއި ހިތުގެ އާދަޔާ ހިލާފު ކަމެއް ހުރިކަން ފާހަގަވެ ފަސް މަސް ފުރުނު އިރު، އޭނާ އަށް ބީޓާ ތެލެސީމިއާ މޭޖާގެ ބަލި ޖެހިފައިވާކަން އެނގުނެވެ.

މިއީ އާދައިގެ ލޭ ޓްރާންސްފިއުޝަންތައް މެނުއީޓިން ނޯމަލް ހިމޮގްލޮބިންގެ ހަށިގަނޑަށް ސިންތެސައިޒް ނުކުރެވޭ ސީރިއަސް ހާލަތެކެވެ. އޭގެ ސަބަބުން އަވަހަށް މަރުވުން ފަދަ ބޮޑެތި މައްސަލަތައް ވެސް ދިމާވެއެވެ. ކައިސްގެ އެޓްރަޔަލް ސެޕްޓަލް ޑިފެކްޓް (ހިތުގެ މަތީ ޗެމްބަރުތަކުގެ މެދުގައި ހުންނަ ހޮޅިއެއް) ވެސް ހުރިކަން ޑޮކްޓަރުން ދެނެގަތެވެ.

ނިޝާ ދަރިފުޅު، ކައިސްއާ އެކު/ފޮޓޯ: އަވަސް

ސާޖަރީ ނުކޮށް ބަންދު ކުރެވޭ ވަރަށް ވުރެ ބޮޑު ހޮޅިއަކަށް ވާތީ ޑޮކްޓަރުން ލަފާދިން ހަމައެކަނި ގޮތަކީ އޯޕަން ހާޓް ސާޖަރީއެވެ. އެ

ކަމަކު ކާޑިއޯޕަލްމޮނަރީ ބައިޕާސް އާ އެކު އޯޕަން ހާޓް ސާޖަރީ އެއް ހަދައިގެން ބީޓާ ތެލެސީމިއާ މޭޖާ ހުންނަ ކޮންމެ މީހަކަށް ވެސް ވަރަށް ބޮޑު ރިސްކެއް އުފުލަން ޖެހިދާނެ ކަމަށް އޭރު ޑޮކްޓަރުންވެސް ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ހިތްދަތި އަދި ނާއުންމީދުވި. އެކަމަކު އުންމީދު ގެއްލުވާނުލާ، ތަޖުރިބާކާރު ޑޮކްޓަރުންގެ ދޮރުގައި ޓަކި ޖަހާލައިގެން ބެހެއްޓީ" ނިޝާ ބުންޏެވެ.

ރާއްޖޭގެ ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ އައިޝަތު އަލީނާ ލަފާ ދިނީ ސާޖަރީކުރަން ކޮޗީގައި ހުންނަ ލިސީ ހޮސްޕިޓަލަށް ދިއުމަށެވެ. ލިސީ ހޮސްޕިޓަލުގައި ކައިސްގެ އޮޕަރޭޝަންކުރުމުގައި އުޅުއްވީ ޑޮކްޓާ އެޑްވިން ފްރާންސިސް އިސްކޮށް ހުންނަވައިގެން، ކުޑަކުދިންގެ ކާޑިއޮލޮޖީ ޓީމުންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެ ހޮޅި އަކީ ތިން ސެންޓިމީޓަރުގެ ހޮޅިއެކެވެ. ކުއްޖާގެ ބަރުދަނުގައި 14 ކިލޯ ހުރި ނަމަވެސް، ސާޖަރީއެއް ނުކޮށް އެ ޑިފެކްޓް ބަންދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ކީހޯލް ޕްރޮސީޖާއިން ޑިފެކްޓް ކާމިޔާބުކަމާއެކު ބަންދުކޮށް، ނޮވެމްބަރު މަހު ކައިސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    ޢަލްހަމްދުލިﷲ

    56
    1
  2. ކިޔުންތެރިއެއް

    ޢަލްޙަމްދުލިﷲި ޝުކުރު!

    22
    1
  3. ހައްވަ

    އަލްހަމްދު ލިއްﷲ

    20
    1
  4. ތަކުރު

    ޢަލްހަމްދުލިﷲ

    19
  5. Anonymous

    އަލްޙަމްދުލިﷲ

    21
  6. ާއައިޝް

    ޢަލްހަމްދުލިﷲ