އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަންބޮޑުވެ ހާސް ވާން ޖެހޭ ކަމެއް ނޫން ކަމަށް އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެއެވެ. ނާޒިމް ހިމެނޭހެން ރިޔާސީ ކެންޑިޑޭޓުންގެ އެންމެ ބޮޑު ވާދަވެރިޔަކަށް މިހާރު ހުންނެވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީނެވެ.

ނާޒިމް "ވަގުތު" އަށް ވިދާޅުވީ ކޮންމެ ހާލަތެއް ކުރިމަތިވި ނަމަވެސް އެމްއެންޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ. އަދި އެ ނިންމުމަށް ބަދަލު އަންނާނެ ހާލަތެއް އަދި އަދަށް ވެސް ކުރިމަތިވެފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ބޭފުޅަކު [ރައީސް ޔާމީން] ޖަލުން މިނިވަން ވުމަކީ އަދި އަޅުގަނޑުމެން އެއްވެސް ވަރަކަށް ހާސްވެ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން، ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅަކަށް ވެސް ޝަރުއީ މަރުހަލާއެއްގެ ތެރެއިން ލިބެން ޖެހޭ ހައްގެއް ބޭނުން ކުރުން އެއީ ބަލަން އޮތް ކަމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ސިޔާސީ ހަރަކާތްތައް ދުވަހުން ދުވަހަށް ފުޅާ ކުރަމުން ގެންދަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިހާރު ވެސް އެ ޕާޓީގެ ލީޑާޝިޕް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ރައްޔިތުންނާ އެންމެ ކައިރިން ރައްޔިތުންގެ އަޑުތައް އައްސަވަމުން ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި ކުރަނީ ގައުމީ މަސައްކަތެއް، މި މަސައްކަތް ކުރުމަކަށް ހުއްޓުމެއް ނެތް، އަޅުގަނޑުމެންގެ ފޯކަސް އޮތީ އަޅުގަނޑުމެންނަށް، އެހެން ބަޔަކަށް ނޫން، އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ހަމަ ކުރިއަށް ދާނެ،" މި ވަގުތު ކެމްޕޭނަށް ގދ. ތިނަދޫގައި ހުންނެވި ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީއަކީ ނާޒިމްއާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފަދަ އިސް ބޭފުޅުން ވެސް މި ޕާޓީއަށް ވަނީ ގުޅިވަޑައިގެންފައެވެ.

މިދިޔަ ދެ އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފް މަރުހަލާގައި ޔާމީން މިނިވަން ކުރަން ނިންމީ ޔާމީނަށް ފައިސާ ލިބުނު ޗެކްގެ ނަންބަރުގައި އޮޅުމެއް އުފެދި ޔާމީނަށް ލިބުނީ ދައުލަތުގެ ފައިސާ ކަން ދައުލަތުގެ ވަކީލުންނަށް ކަށަވަރު ނުކޮށްދެވުމުންނެވެ.

ނާޒިމްއަކީ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރެވެ. ނާޒިމްގެ ގެއަށް ފުލުހުން ވަދެ އެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި މަގާމުން ވަކިކޮށް، ދައުވާ އުފުލި، ޝަރީއަތް ހިންގައި 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

އެއީ ނާޒިމް "ފްރޭމް ކުރީ" ކަމުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރިއެވެ. ނާޒިމް ވެސް މިނިވަންވީ 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު، ކޯޓުން އޭނާގެ ހުކުމް ބާތިލް ކުރުމުންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތެވެ. މަޖިލިސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓުގައެވެ.

އެކަމަކު، ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްޓަކައި ނާޒިމް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކޮވިޑް

    ހާހެއްވާ ނުވޭ . ހާސް ނުވާތީތީތާ ފަޑިޔާރުގެއަށް އަތްބާނަން ފަހުވަގުތުވެސެ ހޭބޯނާރާ މި ސަރުކާރުގެ ތެރެއިން އުޅުނީ؟ ނާޒިމް ތިހެން ބުނީމަ ވެސް މި އެގެނީ ހާސްވާވަރު ނޫނީ ކޮބާ ތިހެން ބުނުމުގެ ބޭނުމަކީ ؟

    98
    1
  2. ސާރާ

    ނާޒިމަށް ބުއްދިވެރި ގޮތަކީ ޔާމީންގެ ފަހަތްޕުޅަށް އެރުން

    84
    3
    • ޔާން

      ބޭނުމެއް ނޫން ކުނި އެއްކުރާކައް ޕީޕީއެމައް..

      29
  3. އހ

    ތިބޭފުޅާގެ ހިތައް އަސަރު ކޮއްފި ދޯ

    86
    1
  4. ރަދީފް

    ކަލޯ މަހަށް.

    69
    2
  5. ފިޔަވަޅު

    ހާސް ވީކަން ޔަޤިން ވެއްޖެ .
    އެހެން ނޫންނަމަ ތިހެން ނުބުނާނެ .

    85
  6. Anonymous

    ކާކުބުނީ ރ.ޔާމީނު މިނިވަންވީމަ މިކަލޭގެމެން ހާސްވާނެޔޭ؟؟ މިފަދަވާހަކައެއް މީހަކު ނުބުނަނީސްވެސް ތިޔައުޅެގަތްގޮތުން އެނގިއްޖެ ވަރަށްބޮޑަށް ހާސްވެ ކަންބޮޑުވެއްޖެކަން، ކޔއްލިއަކަށް ފަޔަށް ހިނިއަރައިގެން ލޮލަށް ނިދިނައިސްގެން އުޅެކަހަލަ މަންޒަރެއް ތި ދައްކާލީ،، ތިބާޢީ ފިސްތޯލަމެން ސިޔާސީޕާޓީއަކާއިގެން އުޅޭކަން މިގައުމުގެ ގިނަބަޔަކަށްނެއެނގޭތީ އިޝްތިހާރުކޮއްލަނީ ދޮތެ؟؟

    75
  7. ދަރަނި ދަންތުރަ

    ހާސްނުވާތީތޯ ރޯމަހެއް ތެޅޭލެން ތެޅެންތިޔަފެށީ ، ހީވަނީ އެންކެޔޮޅު އެންވަތުން ރެހި ތަކެއްނަގާ ދޯނީގެ ތައްޓުމަށްޗަށް އޮއްސާލިހެން ތިޔޮން ތެޅިފޮޅެނީ

    27
  8. Anonymous

    ރައްޔިތުންގެ ތެރޭގައި ނާޒިމަށް އޮތް ތާއީދަށްވުރެ ރައީސް ޔާމީނަށް އޮތް ތާއީދު މާބޮޑު. މިވަގުތު ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ތާއީދު އޮތީ ރައީސް ޔާމީނަށް. ގިނިކަންޏާ ނުކުމެވަޑައިގަތަސް ރައީސް ޔާމީން މިވަގުތު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ރައްޔިތުންގެ ވިންދުން ހާމަވޭ.

    28
  9. Anonymous

    ސިފައިންގެ އިސްމަގާމެއް ފުރުއްވި ކޮމާންޑަރެއްތީ..ދިވެހި އެތައްބަޔަކު އުފައްދަމުން އަންނަށް ސުވާލުތަކަށް ޖަވާބެއް ބޭނުން އެބަވޭ..ވިދާޅުވާންވީ ނޫންތޯ އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުގަ ތިބޭތިބުން ގޯހެއްނޫނޭ ...ވިދާޅުވާންވީ ނޫންތޯ ގައުމީ ސަލާމަތައްވެސް އެއްވެސް ނުރައްކަލެއްނެތޭ..ވިދާޅުވާންވީ ނޫންތޯ އެގްރިމެންޓްތަކުގެ ސަބަބުން ރާއްޖެއަށްއޮތީ ފައިދާއޭ..ހާސްވާކަށް ނުޖެހޭނެކަން އެގެޔޭ..ހާސްނުވާތީވެތާ ބައެއްގެ ފިޔަގަޑުދަށުގަ ކޯލިޝަންއޭ ކިޔާފަ އަތްޖަހާލަ ޖަހާލަ ތިތިއްބެވީ..ހާސްނުވާކަން މާކުރިންވެސް އެގޭ ..

    30
    1
  10. ޢަދުރޭ

    ހާސްވާން ޖެހޭތީ ތިވާހަކަ ތި ދައްކަނީ . ސޯލިޙު ޖެހޭނެ ޒިންމާވާން ކަލޭމެން ދޫކޮށްލި މައްސަލައިގައި ، ސުޕްރީމް ކޯޓުން ކަލޭމެންގެ ޖަލު ޙުކުމް ބާތިލެއް ނުކުރޭ . މުރާޖަޢާ ކުރަން އަންގާފައި އޮތީ .

    24
  11. ބަގްދާދީ

    2023ގަ މަހަށް.

    23
  12. Anonymous

    ފިސްތޯލަ ކަލޭކާރީކާކުތަބުނީ ހާސްވާށޭ

    24
  13. ހުސެންބ

    ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ.ގުޑުގުޑު ލީމާ ފެލުނީ.ކަޑަ ދޯ ބުރޯ

    20
  14. ތިނަދޫ

    އެއްމެ ފުރަތަމަ މަނި ކުފާނަ ކީ ޝަރުއީ މަރުހަލާއިން ކުށެއްނެތް މީހެއް ކަން ސާފު ކޮށް ސާބިތު ކޮއްދޭންޖެހޭ...މި ކަން ކޮއްދެވޭނެ ހިއްވަރާ ކެރުން އެބަހުރިތަ.. ކުރިންބުނީ ރޔާމީންގެ ސަރު ކާރުން ތިމަންނަ ފްރޭމް ކުރީއޭ މިއަދު މިއޮތީ މަނި ކުފާނުގެ ބާރުހިގާ ސަރު ކާރެއް.. ކޯޓުތައްވެސް މިއަދު މަނި ކުފާނަށް ފަހިވާނެ..މައްސަލަ އަލުން ރިވިޔު ކުރަން ދައުލަތަށް އިލްތިމާސް ކުރޭ..ޕޖ އަމިއްލައަށް މި ކަން ނު ކުރަންޏާ މަނި ކުފާނު އިސްނަގާ ވެރިންނަ އަންނަ މީހުންނަ ކީ ހިއްވަހުރި މީހެއް ކަމަށް ވާން ރައްޔިތުން އެދޭ ކަންއިގޭނެ މިހާރު ރޔާމީން މިސާލު ދައް ކަމުންއެދަނީ..ގައުމީ މަސައް ކަތެ ކޭ ބުނުމުން ގައުމައްޓަ ކާ ސްމަގްލްވެސް ކުރެވިދާނެދޯ ބުނާ ބަހަ ކީ ބާރުހުރި ބަހަ ކަށް ހެދޭނީ އަމަލުން..

    17
    1
  15. ލުޓޭރުންގެ ސަރުކާރު

    ނޫސްވެރިން ކީއްވެ ނާޒިމަށް ސްޕްރީމް ކޯޓުން އިއްވާފައޮތް ހު ކުމާމެދު ސުވާލު ނުއުފައްދަނީ ދައުލަތަށް މަތީ ކޯޓުން އަމުރެއް ނެރެފަ ވަ ކި ކަމެ ކުރަން އަމުރު މުރުމުން އެ ކަމެ ކުރަން ލާޒިމުނުވަނީތަ ދައުލަތަށް...ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަނެއް ކޮޅުން ވެރި ކަމަށް ފައިނަގާފަހުރި މީހާގެވެސް ވޭ ވާޖިބެ ތިމާ މީހާއަ ކީ ކުށެއްނެތް ސާފު މީހެއް ކަން ސާބިތު ކޮއްދޭން...މިއީ ބޮޑު ސުވާލެއް ނާޒިމު ރނަޝީދު އިމުރާނު ފާރިޝް މި މީހުންނަށް ކޯޓުން ކޮއްފަ އޮތް އަމުރު ތަންފީޒުނު ކުރާ މައްސަލަ..

    16
  16. ޢަހާ

    ކާކު ޔާމީނަށް ވޯޓްދޭނީ. ރިޝްވަތާއި ވައްކަމާއި ފަސާދަ އަށް ހިތްވަރުދޭ އަދި ބައިވެރިވާ މީހަކު ނޫނީ ވޯޓެއްނުދޭނެ

    24
    • ލުޓޭރުންގެ ސަރުކާރު

      ރޭގަ ކާނިވާގަ ޖަލްސާގަތިބީ ހުސްވަގުންދޯ..ބާއީންނާ ޙާއިނުންނާ ވަގުވިޔަފާރިވެރިންނާ ސްމަގްލަރުން ނޫނީ އެހެންބަޔަ ކު ތިބުނާ މނޕއަށް ވޯޓެއް ނުދޭނޭވެސް ބުނެވިދާނެ...ރޔާމީން ކައިރީގަ ނާޒިމަށް މަހަށްވެސް ނުދެވޭނެ ތެދުވެރި ކަމާއެ ކު..ނާޒިމަ ކީ ކާ ކުތޯ އޮޅުންފިލުވަން ވަގުތުގެ އާ ކައިވް ހާވާލާ 2013 2014 2015ގަ ރިޔާސީލޯންޗް ގޮވުމާހަމަޔަށް..މިއީ ލައް ކަ ވާހަ ކަ..ވަގުތުނޫސް އަބަދު ކިޔާމީހުން ދެބަހެއް ނުވާނެ މި ކަމަ ކާ...

  17. ފެޑްރޯ ނޮވިޗް

    މިހާރުވެސް ހެސްކިޔާފައި ހަތިޔާރުގެ ވަގުވިޔަފާރި ކުރާ އިންޑިއާގެ އަޅެއް މި ބާޣީ ނާޒިމަކީ. ވިންޓަޝަޜީފަށް ލިބުނުވަރުވެސް މީނާއަކަށް ނުލިބޭނެ ވޯޓެއް. ގައުމުވެސް ވިއްކާލާފާނެ! ވިޔަފާރިއާއިގެން ބޫތުކައިފަ ހުންނަނީ. މުޅި މާލެ އާރުސީއެންސީން ހިސާރުކޮށްފި. މިމީހުންގެ ފުލެޓްތަކުގެ ކުލި އެހާބޮޑު. ކޮވިޑުގައި މުޅި ގައުމުން ތަންތަނުގެ ކުލި ކުޑަކުރިގޮތަށް އަދިވެސް ދަށްކުރި ކުލިގައިތިބީ. ޢާރުސީސީން ކުލިން ކަޑާލީ ކުޑައެއްޗެއް ހަމައެކަނި 2 މަސްދުވަހަށް އެކަނި. ޖޫން 2019 އިންފެށިގެން ހަަމަ ބޮޑުކުލި ނަގަންފެޓިއިރު އަދި ކޮވީޑް އޮތީ އެންމެގޯސްކޮށް. އެވަރުބައެއް މީ!!

    14
  18. ދއެެ

    ހާސްވާން ޖެހޭތީ ތިވާހަކަ ތި ދައްކަނީ . ސޯލިޙު ޖެހޭނެ ޒިންމާވާން ކަލޭމެން ދޫކޮށްލި މައްސަލައިގައި ، ސުޕްރީމް ކޯޓުން ކަލޭމެންގެ ޖަލު ޙުކުމް ބާތިލެއް ނުކުރޭ . މުރާޖަޢާ ކުރަން އަންގާފައި އޮތީ .

  19. ދާއޫދު

    ވަރަށްބޮޑަށް ހާސްވެ ކެކިފަ ތިހިރީ . ސޯލިޙު ޖެހޭނެ ޒިންމާވާން ކަލޭމެން ދޫކޮށްލި މައްސަލައިގައި ، ސުޕްރީމް ކޯޓުން ކަލޭމެންގެ ޖަލު ޙުކުމް ބާތިލެއް ނުކުރޭ . މުރާޖަޢާ ކުރަން އަންގާފައި އޮތީ .

    12
  20. ޖސކއ

    yameen minivanvumu biruganaakah nujehey. ehkamu ehmeehaku kurikamakah raees yameen adabudheyneh verikamah ehrumahfahu, yameen ekanyehnun aahirathugaves.

  21. ނާދިރާ

    ކަލޯ ރައީސް ޔާމީނަށް ނަފްރަތުކުރިޔަސް ލިބޭނެ މޮޅެއް ނޯންނާނެ

  22. އެމީހާ

    ކަލޭކައިރީ ހާސްވޭތޯއެހީކާކު އަހަރެމެންނައްހެޔޮ ކަލޭހާ ސްވިއަސް ނުވިއަސް ކަލޭތިވާހަކަދައްކަނީ ހަމަރަގަޅައް ވެސް ހާސްވެ ގޮތްހުސްވެގެން!!!!