ރާއްޖޭގެ މީޑިއާތަކަށް ރިޝްވަތުގެ ތުހުމަތު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ލަދުގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި އެކިއެކި ތުހުމަތުތައްކޮށް ޖަލަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި ވިސާމް ވެސް ހިމެނެއެވެ.

ޔާމީން މިނިވަންވުމާ ގުޅިގެން އެކަން ފާހަގަކޮށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބައެއް މީޑިއާތަކުން ފައިސާ ނަންގަވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނަށް މިހާރު ހުކުމް ކުރަނީ ނޫސްތަކުން ކަމަށް ވިދާޅުވެ މީޑިއާތަކަށް ބަހުގެ ހަމަލާތައް ޔާމިން ވަނީ ދެއްވައިފައެވެ. އެކަމަކު ޔާމީންގެ ވާހަކަފުޅުގައި ވަކި މީޑިއާއެއްގެ ނަން އެމަނިކުފާނު ފާހަގައެއް ނުކުރެއެވެ.

ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރުގެ ގާނޫނު ފާސްކޮށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީ ޔާމީން ވެރިކަމުގައި ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަން ކަން ނިގުޅައިގަތް އަބުރުގެ ގާނޫނު ފާސްކުރި 2016 ވަނަ އަހަރުއެވެ. އެ ގާނޫނޫ އުވާލާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ.

ވިސާމް ވިދާޅުވި ގޮތުގައި ނުހައްގުން ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލީ ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ބިރު ދައްކާށެވެ.

"މީޑިއާތަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ޔާމީން ލަދުގަންނަން ޖެހޭ" ވިސާމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ޕްރޮމޯޓޯކުރި ޓީވީ ޗެނަލްތައް ބްރޮޑްކާސްޓް ކޮމިޝަނުން ބޮޑެތި އަދަދުން ޖޫރިމަނާކުރިއެވެ. އަދި ބައެއް ނޫސްތައް ބަންދު ކުރަންވެސް ޖެހުނެވެ. މުޒާހަރާކަވާކުރަން އުޅުނު ބައެއް ނޫސްވެރިންނަށް ހުރަސްއަޅާ ބައެއް މީހުން ހައްޔަރުކޮށް އެތައް ނޫސްވެރިންތަކަކަށް އަނިޔާވެސް ލިބުނެވެ.

ބައެއް ނޫސްތަކާއި މެދު ވަކި ގޮތަކަށް ކަންތައްތައް ކުރާކަމުގެ ޝަކުވާތައްވެސް އޭރު ދިޔައީ ލިބެމުންނެވެ. ކުރީ ސަރުކާރުގައި ރައީސްގެ އަބުރާ ބެހިގެން މީސް މީޑިއާގައި ފާޑުކީ ބައެއް މީހުންނަށް ދައުވާވެސް އުފުލާފައިވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަދިވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮވިޑް

    ލަދޭ؟ މައިކަލާކޯ ކަލެއަށް ތިހެން ބުނަން ކެރިއްޖެދޯ ؟ ކަލޭ މަޖިލީސް މެމްބަރަކަށް އެމްޑީޕީގެ ފަރާތުން އައިސް ހުރެ ކަލޭމެންގެ ސަރުކާރެއްގަ މިހާރު ނޫސްވެރިން ގައިގާ ފުލުހުން ފިރުމަނީ ދެއްތޯ؟ ކަޑަވިޔަސް ލަދުގަތަސް އިންޑިއާ ހައިކޮމިޝަން އިން ބައެއް ނޫސްތަށް ޖީބަށް ލައިގެން ނޫޅޭ ކަމަކަށް ނުވާނެ.

    72
    2
  2. އަބުދުﷲ

    ލަދުހަޔާތް މިގައުމުގަ އޮތްނަމަ ވަކިބަޔަކު މުސާރައޭ ކިޔައިގެން ދައުލަތް ލޫޓުވައިގެން ގެޔަކައް ނުގެންދާނެ. ދިރުމެއް އޮތްބަޔަކު އުޅެނަމަ މިގޮތަކައް ގަބޫލުވެ ރުހިގެން ނުތިބޭނެ.

    60
  3. ލަދުކޮބާ ކަލޯ

    ކަލޯ ،އަބުރުގެ ގާނޫނު ފާސްކޮށް ރައްޔިތުންނާއި މީޑިޔާގެ އަޑު ކަޑުވާލަން މި މަޖިލީހުން ސަރުކާރުގެ ސުޕަމެޖޯރިޓީގައި ތިބޭފުޅާ ވޯޓުދީގެން ފާސްކުރީ އިހަށް ދުވަހު ދެއްތޮ.ކޮބާތޯ މިނިވަން މީޑިޔާ އޭ ކިޔަން ކަލޯގެ ލަދު.ކުރީގެ ނޫސްވރިޔަކަށް ވީތީވެސް ލަދު ހަޔާތެއް ހުރި ނަމަ އެ ބިލަށް ވޯޓުނުދިނީސް. މާމޮޅު ވާހަކަ ނުދައްކާ!

    64
    3
  4. މުފައްކިރު

    ޕާޓީގެ ސަޕޯރޓް ހިފަހައްޓަން ދޮގު ހެދިޔަސް އެކަމެއް ދެން ނުވާނެ. ޔާމީންގެ ފިކުރު ކުރިއަށް ދާނެ.

    68
    3
  5. ޔާމީން

    ހަހަހަ... "މިރައީސް" ވެރިކަމުގައި 'އިދިކޮޅު'ގެ ވާހަކަތައް މާގިނައިން ފެންނަންޏާ "ވަގުތު" ވެސް ވުޖޫދުގައި ނޯންނާނެ

    23
  6. ގޮތްކުޑަ

    މީނަވަރުގެ ލަދުހަޔާތް ކެނޑިފަހުރި ނޫސްވެރިއަކު ހިޔެއްނުވެ ނޫސްވެރިންގެތެރޭގައުޅޭހެން އެކަން އޮތީ މިމީހުން މަގުމަތިވެގެންއުޅުނުދުވަސްކޮޅު ފެނިފަ

    31
  7. އެހެންތަ

    ހަގީގަތަށް ބުނީމާ، އަދި ލަދުގަންނަން ވެސް ޖެހެނީ ހަގީގަތް ހާމަކުރިމީހާތަ؟

    29
  8. ސލ

    އެންމެގިނައިން ރިޝްވަތާއި ވަގު ފައިސާ ބޭނުން ކޮށް
    ރައްޔިތުންނަށް މަ ކަރާހީލަތް ހެދުމުގައި އެއްވަނައިގާ އޮތް
    ރ ޓީވީގައި އުޅުނު މީހަ ކު ތިޔަހެންބުންޏެއް ކަމަ ކު އެ ކަން
    ބަލަ އިގަންނާނެ މީހަ ކު ނެތެވެ.

    34
  9. އަހުމަދު

    ނޫސްވެރިޔަ ކަށް އުޅެނިކޮށް އުއްމީދު ވެސް ނުކުރާ ތިމާގެ ނެތް ފެންވަރުގެ މަގާމަކަށް ލިބުނީމާ ލަދު ގަންނަން ވީ ރ ޔާމީނު އުތަ؟

    31
  10. Anonymous

    ކޮންން އެއްޗެއްކިޔާކަށް ތީން ކޮންމެ މީހަކުވެސްމުއްސަދިވަނީ ޝޯޓުކަޓް ނަގައިގެން

    18
  11. އައިޝާ

    ރާއްޖެ ޓީވީގަ ދޮގު ރިޕޯޓް ހަދަން އުޅެނިކޮށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަން ލިބުނީމަ ހާދަ ފޮނިތިވަނީ... ބަލަ! ތިކަހަލަ ގަމާރުން ކުރާ ޓުވީޓަކީ އެއްވެސް ބުރަދަނެށް ހުންނަ އެއްޗެއް ނޫނޭ.. ތިޔަށް ކިޔަނީ ރޯނު އެދުރު.. ރ ޔާމީނާ ގެޅިގެން ނޫޅެ ބަލަ! އެއީ ތި ގަމާރުގެ ލެވެލެއްނޫން.. ކަލޭ ގެ ލަދުހަޔާތް ކޮބާ؟

    22
  12. އަފީ

    އިސްލާމް ދީނުގައި ކަނޑައެޅިގެން އަނބުރު ރައްކަ ކުރުމަށް އަންގަވަފައި ވަނިކޮށް. މިކަމާ ދެކޮޅު ހެދުމަކީ މުސްލިމަކަށް ކުފޫ ހަމަނުވުން.

  13. މުހަންމަދު

    ޖަލްސާއަސް ދިޔަމީހުން ގިނަކަމުން އަސަރު ކުރީތޯ؟؟

  14. ޙަަަހަ

    ވިސާމް ރުޅިއަޔަސް ކެރެންޏާ ﷲ ގަންދީ ހުވާކޮށްފަ ބުނެބަަލަ ރާއްޖެޓީވީ ހިންގަން އިންޑިއާއިން ފައިސާނުދޭތޯ ،