ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ "އަނިޔާވެރި"އެއް ކަމަށާއި އެމަނިކުފާނަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެގޮތަށް ވިދާޅުވެފައި ވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއާ ދިމާކޮށް އެމްޓީސީސީގެ ބަސް ދަތުރުތައް ހުއްޓާލި ކަމަށް ބުނެ، އާންމު މީހަކު ކުރި ޝަކުވާއަކާ ގުޅިގެންނެވެ. އެމީހާ ތުހުމަތު ކުރި ގޮތުގައި ބަސް ދަތުރުތައް ހުއްޓާލީ ޖަލްސާ އަށް މީހުން ދިޔަ ނުދިނުމަށެވެ.
އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރު ކުރާ އިރު، އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ރޫޓަކީ ވެސް އެއީއެވެ.
Aniyaaveri (Raees Yameen)ah alhugaduge shaugu verikameh neh. @MTCCPlc ge hurihaa scheduled dhathuru thakeh huhtumeh nethi reygaves kuriyah dhiya. Raees @ibusolih akee hurihaa Raiyyithunge Raees. MTCCah naseyhaiy theri vefa vanee huiraa raiyyithunnah oagaatherikoh hidhumaiy dheyn. https://t.co/ZfJ6atf2nx
— Adam Azim (@adamazim) December 4, 2021
އެ ވާހަކަތަކަށް ރައްދު ދެއްވައި އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި އެމްޓީސީސީގެ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓުމެއް ނެތި ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުގައި، އާޒިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ ރައީސް. އެމްޓީސީސީ އަށް ނަސޭހަތްތެރިވެފައި ވަނީ ހުރިހާ ރައްޔިތުންނަށް އޯގާތެރި ހިދުމަތްދޭން،" އެމްޓީސީސީގެ ސީއީއޯ ކަމާ މިދިޔަ ޖެނުއަރީ މަހުގައި ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ. ޖަލްސާއަށް މީހުން ދިއުމަށް ހުރަސް އެޅުމަށް، އެމްޓީސީސީ އިން މާލޭގައި އޮޕަރޭޓް ކުރަމުން އަންނަ ބަސްތައް ހުއްޓާލި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.
މަތްކަލާކޯ ކަލޭގެ ޝައުގެ ހޯދަން ރޔ 2 އަހަރަށް ވުރެ ގިނަދުވަހު ޖަލުގަ ވެސް އެ އޮތީ. ބަލަ ރޔ ނޫޅޭ ހޭބަލި ވެގެން ތި ބައި ގަނޑުގެ ޝައުގުވެރިކަން ހޯދާކަށް. އިންޝާ ﷲ ރޔ އަށް ﷲ ރަޙުމަތުން ދުވަހެއް ދުވަހަކަށް އެ ދަނީ ތާޢީދު ބޮޑުވަމުން. އެކަން އެދަނީ ﷲ ގެ ރަޙުމަތުން ފެނި ހާމަ ވަމުން. ނޫހުން ޖާގަ އެއް ހޯދަން ކޮންމެސް އެހެން ވާހަކަ އެއް ކަލޭ ބުނިނަމަ ދޯ؟
މީނާގެ ޝައުގުވެރިކަމެއް ނުހުންނާނެކަން އެނގޭ!! ފުރަތަމަ ކަމަކީ މިސަރުކާރުގެ މުހިންމު ކުންފުންޏެއްގެ އެންމެ އިސްމާގާމެއްގަައި ހުރުން! ދެވަނަ ކަމަކީ ސަރުކަރުގެ ތެރެއިން އާއިލީ ވިޔަގާރި ކުންފުންޏަށް (އާރުސީސީ) އަށް ސަރުކާރުގެ ބޮޑެތި ބައެެއް މަޝްރޫޢުތައް ދެމުން ދިއުން! ތިންވަނަކަމަކީ ޒާތީ ހަސަދަވެރިކަން!! ހަކުރު ދެންޏާ ބޮޑުބޭބެ ހެދިގެން އުޅެނީ! ބުރުމާއަކީވެސް އޭގެ މީހެއް!! އެކަމަކު ބުރުމާ ސޭކު އިމްރާނު މާމޫނު މާރިޔާ ޝާހިދު ޝަމާލް ނަޝީދުމެން ސަލާމަތެއްނުވާނެ! އެތިބީ ބޮޑުތަނުނއ ގައުމަށް ޣައްދާރުވެގެން އެހުރީ! މިހާރު އަމިއްލަ އަންބޮނޑި ބޮޑުކުރަމުން އެގެންދަނީ!
ބޮޑު ބުރިޖަކާއި 25 ބުރީގެ ހޮސްޕިޓަލް އެޅުންފަދަ މަސައްކަތްތައް މިކުރީ ހަމަ އެކަނި ކަލޭގެ ތާއީދާއި ޝައުގުވެރިކަން ހޯދަން.. އަޅެ ޕުލީޒް.. ތިހެން ނުހަދާބަލަ.
ޙެހެ ކަލޭތީދެން ކާކު ކަލޭގެ ސައުގުވެރިކަން ހޯދަން
ޢާޒިމް ތީ ސިޔާސީ މައިދާނަށް ކުފޫހަމަ ނުވާ މީހެއް. ޢަދި އާޒިމް އަށް އިންސާނެއް ތާއީދެއް ނުކުރަަނެ
ކޮންމެހެން ކަލޭ ނުޖެހެޔޭ ޔާމިނުއަށް ސަގުވެރި ވާކަށެއް ދެންވެސް ވެރިކަން ބަދަލުވީމަ
ޔާމީނުގެ ސަރޮކާރެއް އަތުވެްޖެނަމަ އަދި މަޤާމެއް ލިބުނީމާ ތިބޫނާ ސައުގުވެރިކަމެއް ނުފެންނާނެބާ އަދި ފަހުން ސަނާ ވެސް ކިޔަންފަށާނެ
ތިޔަކަހަލަ ބޯގަޅި މީހުންގެ ސަޕޯޓެއް ޔާމީނު ބޭނުންފުޅު ނުވާނެ! ރައްޔިތުން ތިބީ ޔާމީނުގެ ފަހަތުގައި!ތިޔަދައްކާ ވާހަކައަކީ ކާނިވާ ފުރާލި މަންޒަރު ފެނުމުން ހަޖަމު ނުވެގެން ދައްކާ ވާހަކަ!
މާތްކަލާކޮ!!! ކަލޯމެން މޮޔަބޮލަށް އަރައިގަތީތަ ރ.ޔާމީނަށް ގައުމުގެ އޮތްތާއީދުފެނިފަ، ފިސްތޯލަ ބާޢީ އާއި މިދެބެއިން ރޭ ލޮލަށް ނިދިވެސް ނައަންނަފަދަ ފަޔަށް ހިނި އަރައިގަތްގަތީނުން، ތިކަހަލަ ކޮރަޕްޓް އައްދާރުންގެ ޝައުގެއް ބޭނުންވާނެ ބޭކަލެއްނޫން ރ.ޔާމީނަކީ، އެމަނިކުފާނާޖެހި މީއަދި ކާކު، މިސަރުކާރުން ކޮރަޕްޯް އަންބޮޑި ބޮޑުވާވަރު އަދިވެސް ކުޑައީހެން ހީވަނީ،😛😛
މިދެން ކާކު؟؟ މާ ގަދަ މިހެއްތަ މީ؟ ވަސްގަދައީ!!
ސަރު ކާރުގެ ޚަރަދުގައި ހިންގާ ޚިދުމަތް ސިޔާސީ ކޮށް،
ހާލަތާއި ވަގުތުގެ ނާޖާއިޒް ފައިދާ ނެގުމަ ކީ ތާހިރު ގޮތެއް
ނޫނެވެ.
އެހެންވެ ދޯ ލޮލަށް ނިދި ނައިސްގެން ތި ޓުވީޓް ކުރަނީ؟
ޝައުގުވެރިކަން ނެތްކަން އެބައެނގޭ.
އަނގަ މައިތިރި ނުވެވިގެެން ތިއުޅެނީ ކީއްވެތަ؟
މީދެން ކާކުތަ؟ ކަލެޔަށް ށައުގުހުރި މީހުން ރޭގަފެނުނުތާ.ކމ
މީނަ ފަހުން އުޅެނީ ސޯލިހަށް ޝައުގުވެރިވެގެންނޯ💘
ރައީސް ސޯލިހަކީ އިންޑިޔާ މިލިޓަރީގެ ޗޯކީދާރު.
ކަލޭމެން އެންމެން ތިތިބީ ސިހިސިހި.
ރައްޔިތުން ނުލާ ހުތި ވޯޓްތައް ވަގަށް ނަގައިގެން އީސީ ޝަރީފު އިންޑިޔާއިން 47 މިލިއަނަށް ދިން ވެރިކަމެއްގަ ތިބެގެން މަހާނަމައްޗޭ ނުވީދޭ.
މިފަހަރު ވަގު ސަރުކާރު ވައްޓާލާނެ ރައްޔިތުން ނުކުންނާނެ. ޝައުގުވެރިނުވާމީހާ ހުރެބަލަ. އަހަރެމެންގެ ޝައުގު ރައީސް ޔާމީނަށް ވަރަށް ބޮޑު.
މީދެން ކާކުތަ~! ކަލޭކާރި ކާކުބުނީ ޝައުގު ވެރިވާށޯ. ކަލޯ އެދުވަހު ސްޓާފުން އެއްކޮށްގެން ދެއްކިވާހަކަ ކަލޭ ހަދާން ނެތަސް އެތާގަ ތިބި މީހުން ހަދާން ހުންނާނެ. އެދުވަހު ކަލޭ ބުނީ ކީކޭ.
ޔާމިނު ބޭނުން ވާނީ ބޮޑިބަތް ޖަމީލު ފަދަ ކުރަފި ސީކުޑި ގެން ގުޅޭ މީހުންގެ ސައުގު ވެރިކަން...ތި ހަރުން ވެސް ނިކުމެ ކަށި ޖަހާލެވޭ ކަހަލަ ބޯގަޅިން ގެ ސައުގު ވެރިކަން
ރޔާމީން ކަރުނައަޅާ އެބަރޮއި މިބޭފުޅާ ޝައުގުވެރިނުގެން... ބަޔަ ކުނޫޅޭ ހޭބަލިވެގެނެ ތިއީ ބަޔަ ކު ބަލައިގަންނަބައެއްނޫން މިއަދު މަގާމެއްގަހުރީމަ އާދެ ލައްބަ ކިއެއް ކަމަ ކު...
ކަލޭގެ ސައުގުވެރިކަން ހުރިތޯބަލާކަށް ކަލެއަކީ މިގައުމުގައި މާމުހިތްމު މީހެއްނޫން މިހާރުވެސް.............
އަމިއްލަދަރީގެ ހައްގުގައި އަނބިމީހާއަށް ޝައުގުވެރިކަމެއް ނެތި ނަގައި އެއްލާލި މީހަކު ދެން ޝައުގުވެރިކަމެއް ހުންނާނީ ކާކަށް ؟
އޭމިހިރަމީހާ ކަލޭސައުގުވެރިކަމެއްނެތަސް އަދި ކަލޭގެ ކޮއްކޮ ހާސްނުވިއަސް އަހަރެމެންގެމަައްސަލައެއްނެތް ކަލޭމެން ދެމީހުންނަކައް އަހަރެމެންގެ އެކަކުވެސް ސައުގުވެރިކަމެއްނެއް!!!!
އާޒިމްގެ ޝައުގުވެރިކަން ހުރީ ބޭބެ ވެރިކަމަށް ގެންނަން. ސޯލިހުބސޯޓުބާލާނެ ދުވަސް ވަރަށް ކައިރި. އިންޝާﷲ.
ޕްލީޒް ޝައުގުވެރިވެބަލަ. ހަަ ދެރަވެއްޖެއޭ ސީނުކަރަންކާގޭ އާޒިމްގެ ޝައުގުވެރިކަން ނެތީމަ.
ކަލޯކަލެޔައް ރަނގަޅައް ޝައުގު ދައްކާންވީތޯ..؟
ކަލޭމެންގެ މި ނާޖާއިޒު ސަރުކާުރު ރައްޔިތުން މިފަހަރު ނުކުމެ ސަޓަނި ހަދާލާތަން ބަލަންތިބޭތި.. އޭރުން ޝައުގުވެރިކަން އޮންނާނެ ފިސާރި ރީތިކޮއް ފެންނަން.
ދެންފަހެ އަޅުގަނޑު ހަނދާންވަނީ އާރު،ސީ،ސީ😂
ފިރިހިނެއް ވީމަ؟
ނަސީބެއްނު. ފާތުން އަދި ދުނިޔޭގަ އެބަހުއްޓޭ
މައްސަލައެއްނެތް! އަހަރުމެންގެ ފުރިހަމަ ތާއީދު!!!
ދެރަވާނެ ކަމެއް ނެތް. ރޭގެ ޖަލްސާގައި ތިބީ ދިވެހި ރައްޔިތުން. ހާކާލި ބުރުވާލި މީހުންގެ ސައުގުވެރިކަން ހޯދަން ރައީސް ޔާމީން ބޭނުންނުވާނެ. ރައިސް ޔާމީން އަށް ދިވެހި ރައްޔިތުންގެ ސައުގުވެރިކަން އޮތީ ކޮޅުން ނުލައި.
ކަލޭ ޝައުގުހުރީ ހޯރަފުށީ ސަލިމަށްކަން އެނގޭ އަހަރެމެންނަށް ! އެހެންވީމަ ދޯ އަބަދު ދެމީހުން ހޯރަފުށީގަ ތިއުޅެނީ!
މަ ކަލޯ ރޯއްޖާ. ކަލޯއަކީ ކިހާފެންވަރެއްގެ މީހެއްތަ ރޔ ކަލޯ އަށް ނަޒަރު ހިންގަވަން. މިހާރު ވެސް ތިޔަ ތެޅޭހާ ގަނޑެއް ތިގަންނަީ ރައީސް ޔާމީން ގެންނަވާފައި ހުރި ތަރައްޤީ ބޭނުންކޮށްގެން. ރައީސް ޔާމީންގެ ބޫޓުކޯލު ފޮހެން ވެސް ކަލޭމެން ކަމަކު ނުދޭ. ދެން ކޮން ޝައުގެކޭ ކިޔާކަށް.
ހަސަދާގެ ޝައުގުވެރިކަން ހުރިވައްތަރު ތިބުނި ބަހުން ވެސް އެބައެގޭ.
ކަލޭގެޔާ ދޭތެރޭ ރައީސް ޔާމީންގެ ޝައުގުވެރިކަން ހުރިވަރު ބަލާލަން މިކޮމެންޓްތައް ކިޔާލަބަލަ އޭރުން އެނގޭނެ ކަލޭގެ ޝައުގުވެރިކަން ނުލިބިގެން ރައީސް ޔާމީން ވިސްނަވާވަރު
ކަލޭތީ ކާކުކަންވެސް މި އެނގުނީ ޔާމީންގެ ނަމާ އެކީ ސުރުހީގަ އިނީނމަ.. ލޮލް
މާތްކަލާކޯ ތީ ހަމަކޮންމެހެންވެސް ޝައުޤުވެރިކަންހޯދަންޖެހޭވަރުގެމީހެއްތަ؟
އާޒިމޫ، މޮޔަފުޅު ވީތޯ، އިރާދަކުރެއްވިއްޔާ ތިކަހަލަ 2 މީހެއްގެ ތާއީދު ޔާމީނަކަށް ބެނުމެއް ނުވާނެ ކަން ރޭގެ ޖަލްސާ ބަލައިލީމަ އެގޭނެ....ހަޖަމް ކޮށްލާ.
ޝައުޤު ނެތް ނަމަ ތިހެންވެސް ނުބުނީސް ހިރުވާތަން ކަހާވެސް ނުލީސް ހަހަހަ
މިދެން ކާކު ؟ އެއްޖިންސުން ގުޅުން ހިންގާ މީހުން ދައްކާ ކަހަލަ ވާހަކަ ތިދައްކަނީ
ޝެޑިއުލް ކުރެވިފަ ނެތީމަތޯ، ކޮވިޑާއި ގުޅިގެންނޭ ކިޔާފަ، މާލެއަތޮޅުގެ ޕަބްލިކް ފެރީ ހުއްޓާލައިގެން ތިއުޅެނީ…. އޭގެން ތި ބޭފުޅާޔަށް ރުފިޔާ ފޮއްޗެއް ޖީބައް ނުލެވޭތީ… ދަތުރުތައް ބާއްވަން ބޭނުން ނުވަނީތޯ…. މީކާކުތަ އަނގަ ފުޅާކުރަން…
ހެ ހެ ހެ....ތިދެން ކާކު؟ އަހަރެމެނަށް ރަނގަޅީ ވެސް ތި ކަހަލަ ކުނި ބުނިން ޝައުގު ވެރި ނުވިއްޔާ...